ލ. ގަމުގައި އުމުރުން ދުވަސްވީ މީހަކު ރަހީނުކުރި މައްސަލައެއްގައި، މީގެ ކުރިން ކައްދޫއިން މާމެންދޫއަށް ދަތުރު ކުރަނިކޮށް އުމުރުން 19 އަހަރުގެ އާމިނަތު ޝިމާ ގެއްލުނު މައްސަލައިގައި ތުހުމަތު ކުރެވޭ ފަޒީލް ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އުމުރުން ދުވަސްވީ މީހަކު ރަހީނުކުރި މައްސަލައެއްގައި ފަޒީލް ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށް ހުޅުމާލެއިން ކަމަށެވެ. އިއްޔެ ފަޒީލް އާއި އެކު އިތުރު މީހަކުވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މި ދެމީހުންގެ ބަންދަށްވެސް ކޯޓުން ދިހަ ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ރޭ ފަޒީލް އާއި އިތުރު މީހަކު، އުމުރުން ދުވަސްވީ މީހަކު ރަހީނުކުރި މައްސަލައެއްގައި ހައްޔަރުކުރިއިރު، އެދެމީހުން އުޅުނީ އެމީހާ ރަހީނުކޮށްގެން ފައިސާތަކެއް ފޭރިގަތުމަށް ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
ޝިމާ ގެއްލުނު ފަހުން، މީގެ ކުރިންވެސް މިފަދަ މައްސަލައެއްގައި ފަޒީލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ، ގެއްލުނު ޝިމާގެ އުމުރުން 16 އަހަރުގެ އަންހެން ކޮއްކޮއެއް ރަހީނުކޮށްގެން އުޅޭކަމުގެ ޚަބަރު ފެތުރުމާއި ގުޅިގެންނެވެ. އެ ދުވަހު ފަޒީލް ހައްޔަރުކޮށްފައިވަނީ ޝިމާގެ ކޮއްކޮ ގޮވައިގެން އިތުރު ބަޔަކާއެކު ޑިންގީއެއްގައި ދަނިކޮށް ކަނޑުމަތިންނެވެ. އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި ނަމަވެސް ގިނަ ދުވަހެއް ނުވެ ފަޒީލް ވަނީ ދޫކޮށްލާފައެވެ.
ފަޒީލަކީ ކުށުގެ ރެކޯޑު ކުރިންވެސް އޮތް މީހެކެވެ. ވައްކަން ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީ ހިންގުން ފަދަ އެތައް މައްސަލައެއްގައި އޭނާ ކުރިންވެސް ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން ގިނަ މަސައްލަތަކުންވެސް އޭނާ ވަނީ ސަލާމަތްވެފައެވެ. އޭގެ ފަހުން ޝިމާގެ މައްސަލައިގައި ފަޒީލަށް ތުހުމަތުތަކެއް ކުރެވިފައި ވީނަމަވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ. ބައެއް ފަރާތްތަކުން އެކަމާއި ގުޅިގެން ބުނެފައިވަނީ ފަޒީލް ހައްޔަރުނުކޮށް ދޫކޮށްލާފައިވަނީ ސިޔާސީ ފަރާތެއްގެ ނުފޫޒު ބޭނުންކޮށްގެން ކަމަށެވެ.
ޝިމާ ގެއްލުނު މައްސަލައިގެ ތަހުޤީޤު ކުރިޔަށްދާއިރު އެ ތަހުޤީޤާއި ގުޅޭގޮތުން ފުލުހުން ވަނީ ދާދި ފަހުން މައުލުމާތު ޙިއްސާކޮށްފައެވެ. އެ ތަހުޤީޤުގެ މައުލޫމާތު ހާމަކޮށް ފުލުހުން ވިދާޅުވެފައި ވަނީ ގެއްލުނު ޝިމާ ފަޒީލާއެކު އުޅުނީ ރުހުމުގައި ކަން އެނގިފައިވާ ކަމަށެވެ. އާކަމެއްގެ ގޮތުގައި އެ ތަހުޤީޤުގައި ފުލުހުން ކުރަމުންދާ ކަމެއްގެ ގޮތުން ފާހަގަކޮށްފައި ވަނީ ޝިމާގެ ފޭސްބުކް މެސެންޖާއިން ކޮށްފައިވާ މުޢާމަލާތްތަކެއް ހޯދުމަށް ފޭސްބުކަށް ރިކްއެސްޓުކޮށްފައިވާ ކަމެވެ.
ފަޒީލާއެކު ކަނޑުމަގުން ޑިންގީއެއްގައި ދަތުރުކުރި ޝިމާ ގެއްލުނުތާ ތިން މަސްވެފައިވާއިރު އެ މައްސަލައިގައި ފުލުހުން ކުރިޔަށްގެންދާ ތަހުޤީޤަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނެތެވެ.
މިކަހަލަ ކުއްވެރިން ހައްޔަރުކޮއްފަ ދެން ކީކުރަންތޯ އިރުކޮޅުކޮޅުން ދޫކުރަނީ. ހީވަނީ ލާނެ ޖަލެއް ނެތިގެން އުޅޭހެން.
ނުބައި ލާބެ ޖަލެއް ނޫން
ލާފަ ބާލާ ޖަނގިޔަލެއް ކަހަލަ އިންސާފު ވެރި ތަހުގީގު
ދޫކޮއްލާ ދެން މާގިނައިރު ކުރާނެކަމެއް ނެތް
ތިކަމުންވެސް ސަލަމާތްވާނެ.... އަޅާނުލާ........މިގައުމު އޮތީ ތިކަހަލަ ދަރިންނާއެކު....
މިކަހަލަ މުޖުރިމުން އެއްކުށަށްފަހު އަނެއްކުށް ކުރަމުން މިނިވަންކަމާއި އެކު އުޅެމުން ދަނީ..ހުރިހާ ބިރުވެރި ކަމެއް އާއްމު ނިކަމެތިންނަށް.. މުލިއާގެއާ ހިލާލީ ގޭ ދޮށުގަ ބަޑި ހިފައިގެން 24 ގަޑިއިރު ތިއްބަސް އާއްމު ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތް.. ކޮންކަހަލަ ޤާނޫނު ތަކެއް މިގެންގުޅެނީ؟ ކިހާ ދެރަ ކަމެއް.. ކޮމިޝަން ތައް ހަދައިގެން ކޯންޗެއްތޯ ހޯދަންވީ؟ ފަޒީލް ފަދަ މުޖުރިމުން ހިފާ ހައްޔަރުކޮށް އާއްމު ރައްޔިތުންނަށް ވެސް ރައްކާތެރިކަން ހޯއްދަވާ ދެއްވާ...
އަދުލުއިންސާފުނެތްތާކު އޮންނާނީ ސަދޫމުގެ ގާނޫނު އެކަން ފެންނަމުން ތިދަނީ
އަދިވެސް ދެތިން މީހަކު މަރަންދެން ދޫކޮށްފަ ބަހައްޓާ
މިނިސްޓްރީގަ ނޫނަސް މަގުމަތީގަ ވެސް މިނިސްޓަރުން އުޅެއެވެ. އެމީހުން ބަންދު ކޮށްފަ ނުބެހެއްޓެއެވެ. ހަދަނީ ބޭނުން އެއްޗެކެވެ.
ހުސްނު ސުޢޫދުގެ ޤާނޫނީ އަތަށްވުރެ އެސޮރުގެ ޤަނޫނީ ހަތަރެސްފައި މާދިގުވާނެ! ދޫކޮށލާނެ! ބަލަންތިބޭ!
ޖިނާއީ އިޖުރާއަތުގެ ނިޒާމު، ހަމަޖެހޭ ގޮތަކަށް ބައްޓަންވެގެން ނޫނީ ތިކަމެއް ރަގަޅެއް ނުވާނެ.
ރާދިކުމާރު ސާލިހު މިކަލޭގެ ހައްޔަރު ކުރާކަށް ނުވޭތަ
ޤާނޫންތައް ހަދަނީ މެންބަރުންގެ ޖީބަށް ބޮޑުކުރަން އެކަނި. ކުށްވެރިންނަށް ސަލާމަތްވޭވޭގޮތަށް ހުރިހާ ކަމެއް ހުރިއިރު އެކަންކަން އިސްލާޙްކުރަން ކާކު ކޮންކަމެއް ކުރީ. ގިނަމީހުން ކަންކަން ހިނގާގޮތެއް ނުބަލާ ކޮމެންޓްކުރެވުނީމަ ނިމުނީ. ދެން ބުނާނީ ފުލުހުން އެވެނިހެންނޭ ކަންކަން ކުރީ. މިގައުމުގަ ކުށްވެރިން ވީ މަޖިލީހަށް ހޮވަންވެސް... ޗުކި!! މިހާރުވެސް އޭގެ މީހުން އެބައުޅޭ ތޯއްޗެ???
ފަޒީލް ދެކެ ބިރުގެންފަތޯ ކަމާބެހޭ ފަރާތްތައް ތިތިއްބެވީ؟ އެކަމަކު ހާދަ ސީރިއަސް މައްސަލަތަކެއް؟ މިހާރު އެބަ ހީވޭ ފަޒީލް ބަޠަލެއްގެ ދަރަޖައަށް ޕްރޮމޯޓުވެސް ވެއްޖެހެން. ދޫކޮށްލާފަ ބެހެއްޓުން ރައްކާތެރިއެއްނޫން، ތިޔަ ތުހުމަތުތަކަށް ބަލާއިރު. ކުރިންވެސް ޖަރީމާ ހިންގިޔޯ. މީހަކު ވަގަށް ނެގިޔޯ؟ އިތުރު މީހަކު ވަގަށް ނަގަންވެސް އުޅުނޯ؟ މިހާރު އެއުޅެނީ މުސްކުޅިޔަކު ރަހީނުކޮށްގެންނޯ؟ ކޮބައިތޯ އިންޞާފުވެރި ނިޔާ؟
އަދިވެސް މީނަ ހައްޔަރުކޮށްފަ ހުމުމެއް ކުރާކަށް ނުވޭތަ؟ މާދަމާ ބަޔާނެއް ނަގާފަ ދޫކޮށްލާނެ. އަނެއްކާ އަނެކަކަށް އަނެއް މުސީބާތާ ޖެހޭނެ. ސަރުކާރުވެސް ދުވަނީ ސިޔާސީ މީހުންގެ ކަންކަމުގަ މީހުން ގޭބަންދާ ޖަލުގަ ބޭތިއްބުމުގަ. މިކަހަލަ ނުރައްކާތެރި މީހުން ހައްޔަކުކުރުމަށް ވަނީ ފެއިލްވެފަ.
ސިޔާސީ މީހެއްގެ ބާރުގަ ހުރިކަން ޔާގީން
މިފަޒީލް މައްސަލައިގަ ޕޮލިހުން ނާއި ކޯޓުތައް ސޫދު ބުނިގޮތައްވެފަ
މީހަކު ރަހީނު ކުރުމަކީ ޓެރެރިސްޓް ކުށުގެ އަމަލެއް އެކަމު 10 ދުވަސް އިގޭ ކޯޓުތަކުގެ ފެންވަރު
މީހާދަ ބާރުގަދަ ފަޒީލް އެކޭ ދޯ..ޕޮލިހުން ނައްވެސް ކުރެވުނު ކަމެއް ނެތް..ފަޒީލް ދެމި ގުއިރޯނެއްގަ ކޮންމެވެސް ވެރިންތަކެއް ޖެހި ތާށިވެފަ
ސިމާ ވަގައް ނަގާފަ.ސިމާ ކޮއްކޮ ވަގައް ނަގާފަ.މުސްކުޅިއެއް ވަގައްނަގާފަ ވީ ކަމެއް ހަރާން.ސޫދު ބުނީ ވަރައްބޮޑު ތެދެއް
ދޫކޮއްލާ އަނެއްމީހާ މަރާލަން
ދޫކޮއްލާ އަނެއްމީހާ މަރާލަން
މީހަކު ރަހީނު ކުރިޔަސް ޓެރަރިސްޓް ޢަމަލަކަށް ނުވެޔޯ. ޢަބްދުﷲ ޤާޟީ ރަހީނުކުރި މީހުންތައްވެސް އެތިބީ ދޫކޮށްލާފައި.
މިއީ ޕައިރޭޓުންއަރާ އާބަދުކޮށްފަ އޮތްތަނެއް.
ރައްޔިތުން ނުކުމެ ހަމައަކަށް އަޅުވަންވެއްޖެ ފަޒީލެއްތީ ??
މިއީ ރާއްޖޭގެ ޑޯންތަ؟؟؟ މިއީ ހައުދަހައި ވަރުގަދަ މީހެއްތާ؟؟؟ މީނާ އަށް ހައްގު އަދަބު ނުދެވިގެން މިއުޅެނީ ކީއެއްވެތަ!!!!
ރާއްޖޭގައި ބޮޑު ކުށްތަކެއްކޮށްގެން ޖަލަށް ހުކުމްކުރި މީހުން ހުދުކާފޫރަށްވެ ސްޕްރީމް ކޯޓުން ދޫކޮށްލީ އެންމެންގެ ލޯމަތީގަ. ވީމާ ފަޒީލެއް ކާސިމެއް ކިޔާނެ ކަމެއްނެތް. ދޫކޮށްފައި ބަހައްޓާ.
އަހަރެން ހަމަ އަޖައިބު ވެއްޖައިން. ކޮށްވެރިޔާ އަބަދުވެސް އެނގޭ ހޯދާ އެކަމަކު އާދައިގެ ކުށެއްނުކުރާ މީހަކަށްވުރެ އެމީހުންނަށް ހިމާޔަތް ދެވޭލޭ ބޮޑު. މީ އަރަތެއް. ދުވަހަކު މިކަމަކަށް ޙައްލެއްނައި. މިކަން ހައްލު ކުރެވޭނެ މިރާއްޖޭގައި ހުރީ ސިޔާސީ އެންމެ މީހެއް. އެއީ ޢުމަރު ނަޞީރު. މިކަމާ ކިތަންމެ މީހަކު ދެކޮޅު ހެދިޔަސް އަހަރެން ނބުނަން ބޭނުންއެތި އެއޮތީ ބުނެފައި. ހައްލަކީ ޢުމަރު
10 ދުވަސް ވެސް ޖަހަން ޖެހޭތަ ވަގުތުން ދޫކޮއްލާ ތީ އަދި ކުށެއް ނޫނޭ
ކުށަކަށް ވާނީ ސިޔާސީ މީހަކާ ބެހިފިއްޔާ
އަވަހަށް ޝަރުޢީ ނިޒާމް ހަމަޔަކަށް އަޅުވަދީ
އޭނަ ހައްޔަރުގައި ނުބެހެއްޓޭނެ. މެމްބަރު ހޮވާދިނީ އޭނަގެ ކުޅަދާނަކަމުން ކަން މޯޑިސް މީހުންނަށް ނޭނގޭތަ. ޖެހޭނީ ހަމަ ދޫކުރަން. ޝޭކެއް ޖީޕީއެސް އެއް މިކަމުގައި ނޯންނާނެ. ޢެޖެންޑާ 19 ގެ ދަށުން ހުރިހާ ކަމެއް މިހިންގަނީ. މައްސަލައަކީ އެޖެންޑާ 19 ދަށުން ގަނޑުކޮށް ގެންނަ ޑްރަގްކޮޅު މިވެރިން އަތުލާތީ. ނޫނީ އެއީ ރަސްމީކޮށް އެތެރެކޮށްދެނީ ކަމަށްވެސް ވެދާނެ. ޢެއްދޮރުން ވައްދާފަ އަނެއް ދޮރުން ނެރެ އެޖެންޑާ 19 އާ ޙަވާލުުކުރުން
ޢެއްގޮތަކީ ލޯވް އެންފޯސްމަންޓް އިދާރާ ތަކުން މި ކަލޭގެ އިސްތިހާރުކޮށް ޕޮޕް ސްޓާރ އަކަށް ހަދައިދޭން އުޅެނީ ! އަނެއްގޮތަކީ މީނަ ޕޮޕް ސްޓާރ އަކަށް ވާން އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ނޫސްތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަމުން މިދަނީ . މީނަޔަށް އެނގޭ ކޯޓުން ދޫކޮށްލާނެ ކަން . އެހެން އެކަން އޮންނަންޏާ މިކަހަލަ މީހުންނަށް މަޝްހޫރުވެލަން ލިބޭ ރަނުގެ ފުރުޞަތެއް މީހުން މެރުމާ މީހުން ރަހީނުކުރުން އެއީ . މީނަ ނޭނގޭ މީހަކު މިހާރު ނެތް . ދެން މާލެ އައިސް ސިޔާސީ ޕާޓީ އަކާ ކޮންޓްރެކްޓް
ހަދައިގެން ދެތިންން މަރާފަ ލިބޭ ފައިސާއިން "ހެމާ " ނޫނީ ބޮޑު ކީސް ކިޔާ ޖިމް އެއް ނޫނީ ފިހާރައެއް ހުޅުވައިގެން ބޮޑެތި ސައިކަލްތައް ގަނެގެން ގައްޑާވެފަ އުޅެންވީނު . މިކަހަހަލަ މީހުން މި އުފައްދަނީ މި ޤައުމުގަ މިއޮށް ނޭއްގާނީ ސިސްޓަމް ނޫންތަ އަޅެ ؟ މިކަހަލަ ގަބުޅި އަޅަން ވަލުތެރޭގަ ހުސްފަޔާ އުޅުނު ގަބުޅި ބާދަލާއިން މިހާރު މާލެ އައިސް މީހުން މަރާފަ އަތް ނުދޮވެ ބޮޑެތި މުއްސަދިންނަށް ވެފަ ތިބީ ؟