ޒުވާނުންގެ ތެރޭގައި މަގްބޫލުކަން ހޯދާފައިވާ ހެމާ ޖިމް އިން ދޭ ހިދުމަތްތައް ހިލޭ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު މިރޭ ހުޅުވާލަން ނިންމައިފިއެވެ.

އެ ޖިމްގެ އޮފިޝަލަކު ވިދާޅުވީ އެގޮތައް ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

އެއް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ އެ ހަރަކާތުގައި ޖިމުގައި ރަޖިސްޓްރީވެފައިވާ މީހުން ނޫން ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. ހެމަރއިން ބުނީ މި ފުރުސަތު މިރޭ ހަތްގަޑި ސުންމިނެޓުން ފެށިގެން މެންދަމު 12 އާއި ހަމައަށް ހުޅުވިފައި ހުންނާނެ ކަމަށެވެ.

އެއްގަޑިއިރާއި ފަނަރަ މިނެޓަށް ހިލޭ ކަސްރަތުކޮށް ޖިމް ތަޖުރިބާ ކޮށްލަން ލިބޭ އިރު ޕާސަނަލް ޓްރޭނަރުންގެ އެހީވެސް ހިލޭ ލިބޭނެ ކަމަށް ހެމާއިން ބުނެއެވެ. އަދި މި ފުރުސަތުގައި އެތަނަށް ވަޑައިގަންނަވާ ފަރާތްތަކުން ޖިމްގެ ޤަވައިދުތަކަށް ބޯލެނބުމަށް އެ ޖިމުން ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރުވެސް އެތައް ބަޔަކު ހިދުމަތް ހޯދަމުންދާ ހެމާ ޖިމްގެ މަހުފީ އަކީ 1060 ރުފިޔާއެވެ. ނަމަވެސް ރޯދައާއި ދިމާކޮށް މެންބަރުންނަށް މަހު ފީގެ ގޮތުގައި ދައްކަން ޖެހޭނީ 850ރުފިޔާއެވެ.