ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޚުގެ ސަރުކާރުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް އިހުމާލުވަމުންދާ ކަމަށާއި، ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްގެ ހާލަތު ދިވެހި ރައްޔިތުންގެ ފުރާނައަށް ނުރައްކާވާފަދަ ހާލަތަކަށް ވެއްޓިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްއިން މިހެން ބުނެފައި ވަނީ ރާއްޖޭގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުން ޕީޕީއެމްއިން ނެރުނު ބަޔާނެއް ގައެވެ.
"ދިވެހިރާއްޖޭގެ އެތައްހާސް ރައްޔިތުންނެއް ކޮންމެދުވަހަކު ޚިދުމަތް ހޯދުމަށް ދާ ރާއްޖޭގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ނުބެލެހެއްޓި ޚިދުމަތްތަކުގެ ފެންވަރު ދައްވަމުންދާތީ މި ޕާޓީއިން ކަންބޮޑުވުން ފާޅުކުރަމެވެ. މިގޮތުން ސިއްހީ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާހާލުދެރަ ފަރާތްތަކަށް ހިދުމަތްދޭން ބޭނުންކުރާ އައިސީޔޫގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުކުރެވި ދިވެހި ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ދަރަޖައަށް އެތަން ވެއްޓި ހާލުދެރަ ބަލި މީހުން ތިބޭ ސަރަހައްދުގެ އޭސީތައް ހަލާކުވެފަ ހުންނަތާ އެތައް މަސްތަކެއް ވޭތުވެގެން ދިޔަ އިރުވެސް މި ކަންކަމަށް ހައްލެއް ގެނެސްފައި ނުވާތީ ކަންބޮޑުވުން މި ޕާޓީއިން ފާޅުކުރަމެވެ." ޕީޕީއެމްގެ ބަޔާނުގައިވެއެވެ.
ޕީޕީއެމްއިން ބުނެފައި ވަނީ ރާއްޖޭގެ މައި ހޮސްޕިޓަލް ނުބެލެހެއްޓި ހާލަތު މިހާ ދަށުދަރަޖައަކަށް ވެއްޓިފައި ވުމަކީ ސަރުކާރުގެ ދޯހަޅިކަން ރަމުޒުކޮށްދޭ ކަމެއްކަމަށާއި، އެ ކަންކަން ވީހާވެސް އަވަހަށް ހައްލު ކޮށްދިނުމަށް ގޮވާލާ ކަމަށެވެ. ޕީޕީއެމްއިން ބުނެފައި ވަނީ ސިއްޙީ ދާއިރާއަކީ ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމައަށް ޚިދުމަތް ލިބެން ޖެހޭ ދާއިރާއަށްވެފައި، އެ ދާއިރާއިން ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ފުރިހަމަ ޚިދުމަތް ނުލިބުމަކީ އެޕާޓީން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
ޕީޕީއެމްއިން ބުނެފައި ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެޒައާމަތުގައި ސިއްހީ ދާއިރާއިންޤިލާބީ ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ މައި ހޮސްޕިޓަލް އިންދިރާ ގަންދީ މެމޯރިއަލް ހޮސްޕިޓަލަށް ޢުމްރާނީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާފައިވެސް ވާނެ ކަމަށެވެ.
މި ފެންނަނީ އިބުގެ ނާގާބިލު ޑްރާމާގެ މަލަމަތި އިބު އިސްތިއުފާ
ޕިޕީއެމުން ތިޔަވާހަކަ ދައްކާނެ ކަމެއްނެތް .އައިޖީއެމްއެޗްގެ ހާލަތު އެގެންދަނީ ރައްޔިތުން ބޭނުންވި ގޮތަށް .2008 ގެ ވެރިކަމުގާ ސިއްހީހާލަތު ދަށަށްގޮސް ފަ އޮތަވަރު ރައްޔިތުންނަށް ހާމަކޮށްދިނުމާ ގައުމުގެ ހާލަތު އޭރު ދަށްވެގެން ދިޔަ ހިސާބު ކެމްޕޭނުގާ ހާމަކޮށްދިނުމުގެ ބަދަލުގާ މަސައްކަތް ކުިރެއްވީ އަންހެނެއްގެ އަތަށް މުގޫދެއްވައިގެން އިހްލާސްތެރިން ޖަލަށްލެވޭތޯ ވިއްޔަ. އޭގެ ނަތީޖާ މިފެންނަނީ ރައްޔިތުންގެ އިހުލާސްތެރިކަމެއްނެތްތާގަ ވެރިކަމަށް ވެނައުމަށް މަސައްކަތް ކޮށްދިންމީހުނާމެދު އެޅިފިޔަވަޅުގެ ސަބަބނުން ގައުމު މިހާލަތަށް ވައްޓާލުމުގެ ޒިންމާ ޕީޕީއެމުންވެސް ނަގަންޖެހޭނެ.
ބުނެވޭ ގޮތުގައި އެއްވެސް ކަމެއް އަދި ހިނގައި ނުގަނެއެވެ. ކަންތައްތައް ހިނގަން ފަށާނީ މަޖިލިސްގެ ޖަލްސާތަކަށް ފަހުއެވެ. ވެރިކަމަށް ހޮވައިދިނުމާ، ފެނިފެސްޓޯ ތަންފީޒު ކުރުމަށް ބޭނުންވާ މަޖިލީހުގެ މެޖޯރިޓީ ދެއްވުމާ މިކަންކަން ރައްޔިތުން ކޮށްދެއްވައިފިއެވެ.
ފިވެހިން ބޭސްފަރުވާ ބޭނުމެއްނޫން. ދިވެހިން ބޭނުމީ ރޯމާ ދުވާލު ފޭރޭ ސަރުކާރެއް. ރައްޔިތުންގެ މުދާ ހަލާކުކޮށް ތިޖޫރީ އެކޒި މުސާރައިގެ ނަމުގައި ގެއަށް ބަންޑުން ޖަހާލާ ސަރުކާރެއް.
ތީ ވަރަށް ރަގަޅުވާހަކައެއް އައި.ސީ.ޔޫ އަށް ލާން ގެނައި ބަލި މީހާ ބަލާ އެއަރޕޯޓަށް އެމްބިއުލަންސް ފޮނުވާ ނުލެވޭ، ބަލިމީހާ ގެނެސް ވައްދަންވީ ރޫމެއް ނޭނގި ތިބެންޖެހުނު މީ ތޯ ހެޔޮވެރިކަމަކީ މީތޯ ގުޅުން ރަގަޅުވުމަކީ މީތޯ ދެ ފުށް ފެންނަ ގޮތަކީ މީގެއިން އެނގެނީ އެއްވެސް އެކްސްޕީރިއަންސެއްނެތި އަދި ކޯޑިނޭޓް ނުކުރެވޭކަން ނުވަންޔާ ނުވާނޭ ކިޔާފައި އިސްތިޢުފާ ދީފައި ދާންވީނު
ރައްޔިތުންނަށް ކިތަންމެ އުނދަގުލަކާއި ދެރައެއް ދިމާވިޔަސް މިސަރުކާރަކުން އަޅައެއް ނުލާނެ. މަގުމަތީގައި ހަޅޭއްލަވައިގެން ގެނައި ސަރުކާރުގެ ރަނގަޅުކަން ތިފެންންނީ.
ތިޔައީ މިހާރު އިންޑިޔާ ތަނެއްހެން ހީވަނީ، ދިވެހި ރީތި ސާފުތާހިރު ސިފާ ގެއްލިއްޖެ ބޮޑަށް ވައްތަރީ ބޮޑު ރޯގާއެއް އަރައިގެން އަންނަ އިރު އެންމެން އެއްވެެގެން ކުއްލި ފަރުވާ ދޭ ތަނަކާދޯ؟
ޢަހަރެން ނަކީ އެމްޑީޕީ މީހެ އެކަމަކު މިހާރު އަހަރެން ވެސް މިސަރުކާރު ދެކެ ފޫހި ވެއްޖެ ހުރިހާ ކަމެވެސް ދަނީ ކަހަބު އިސްޕީޑު ގަ ކަމަކު ނުދޭ
އިންޑިޔާ ސިފައިން ގެ ޖާސޫސީ އިދާރާ ރޯ އިން ހިންގާ ކުންފުނޏަކާ ހަވާލު ކުރަން ވަނީ ރޭވިފަ.....
ޖަޒީރާ ވެރިކަމުގާ ހޮސްޕިޓަލްވެސް ހިގާނީ ޖަޒީރާ ފަރުވާގެ ދަށުން. ޢެގޮތް ރައްޔިތުން ބޭނުންވީ.ދެން އޮތީ އެޖެންޑާ ނަވާރަ. ޢެމާސަޅިވާނެ.ޢޭގެ ދަށުން ހޮސްޕިޓަލްގެ ކަންކަން އިސްލާހުވަމުން އެދަނީ.