މަސްވެރިކަމަށްފަހު ދ.ކުޑަހުވަދޫއަށް ދަތުރުކުރަމުންދިޔަ "ޖިހާދު" ނަމަކަށް ކިޔާ ދޯންޏެއް މ.އަތޮޅުގައި އޮންނަ ޗާޔާ ލެގޫން ހަކުރާ ހުރާ ކައިރީ އޮތް ގިރިއަކަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ފުންކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ، މިރޭ 23:50 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު ސެންޓްރަލް އޭރިއާގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
މި ހާދިސާގައި ފަރަށް އެރި 65 ފޫޓުގެ ޖިހާދު ދޯނި ފުން ވެފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންނާއި ދޯނީގެ ކުރޫއިން ކުރި މަސައްކަތުން މިރޭ 00:50 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު ދޯންނަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ފުލުހުން ކުރި އެއްވެސް ކަމެއްނެތް ދެރަކަމެއް. އެމްއެންޑީއެފް ލޯންޗް އައިސް މަޑުކޮށްގެން އޮށްވައި ޕޮލިސް ލޯންޗްއައީ އޭގެން ދެފުލުހުން އައިސް އަޅުގަނޑުމެން ދޯންޏަށް އެންމެ ފުރަތަމަވެސް އައިސްއެރީ އޭގެފަހުގަ ޕޮލިސް ލޯންޗްއިން އައި އެއްކުއްޖަކު އެމްއެންޑީއެފް ލޯންޗް މީހުނަށްވެސް އަދި ޕޮލިސް ލޯންޗް މީހުނަށްވެސްގޮވީ ވަލަށް ދަމައިގެން ފުންކުރެވޭތޯ ބަލަން އަންނާށޭ އިރާދަކުރެވިއްޔާ ފުންކުރެވޭނޭ ދެން އެމްއެންޑީއެފް ލޯންޗުން އައީ އެކަކު ޕޮލިސް ލޯންޗް އަދި އިތުރަށް އައީ 3 މީހުން މުޅިއެކު ޕޮލިސް 5 މީހުން އެމްއެންޑީއެފް ގެ އެންމެ މީހެއް އަޅުގަނޑު މެންނާއިއެކު ހަރަކާތްތެރިވީ މިހެން މި ކޮމެންޓް ނުޖަހާނެކަންވެސް އަޅުގަނޑަށް އިނގޭ އެކަމު ދޯނީގައި ހުރި މީހެއްގެ ހައިސިއްޔަތުން އަސް ވަރަށް ދެރަވެއްޖެ ބޮޑުބަޔެއްމީގައި އަދާ ކުރީ ފުލުހުންނަށްވެފައި ހަބަރުގައި އެ ބޭފުޅުންގެ ނަން އޮންނަންޖެހޭނެ. ޝުކުރިއްޔާ މީމް ޕޮލިސް އަށް ޖިހާދު ދޯނީގެ އެންމެންގެ ފަރާތުން
ސިފައިން މުޅިން ހަދާނީ މިހެން ފޮނިކޮޅު ބޯން އުޅޭނީ