ހުޅުމާލޭގައި އެޗްޑީސީ އިން ތަރައްގީ ކޮށްފައިވާ "ރަށު މާރުކޭޓު"ގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

އެޗްޑީސީ އިން މިއަދު ނެރުނު އިއުލާނުގައި ބުނީ ޕްރީ މިޑް މީޓިން އޮންނާނީ އަންނަ ބުރާސްފަތު ދުވަހުގެ 13:00 ގައި ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އިމާރާތުގައި ކަމަށެވެ. އަދި ބިޑަށް އަންނަ އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ރަށު މާރުކޭޓުގައި ދެ ވައްތަރެެއްގެ ގޮޅި ތަކެއް ގާއިމްކޮށްފައި ވެއެވެ. އެއީ ޑްރައި ސްޓޯލާއި ވެޓް ސްޓޯލެެވެ. މިސްޓޯލުތަކަކީ ކާބޯތަކެތި ވިއްކުމަށް ހަމަޖައްސާފައިވާ ގޮޅިތަކެވެ. އަދި ވެޓް ސްޓޯލުތަކަކީ ރޯ މަސް ވިއްކުމަށް ހަމަޖައްސާފައިވާ ގޮޅިތަކެވެ.

މިއީ ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފަސޭހައިން ކާބާތަކެތި ލިބޭނެގޮތް ހެދުމަށް ހަދާފައިވާ މާރުކޭޓެކެވެ.