ފިނިފެންމާ ލޯންޗް ގޮއްވާލި މައްސަލައިގައި އޭރުގެ ނައިބު ރައީސް އަހްމަދު އަދީބަށް އިއްވާފައިވާ 15 އަހަރު ދުވަހުގެ ޖަލު ޙުކުމް ހައި ކޯޓުން ބާތިލްކޮށް އެމައްސަލަ އަލުން ބަލަން އަމުރު ކުރި ޚަބަރު ބައިނަލްއަޤުވާމީ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

"ވޮޝިންޓަން ޕޯސްޓް" އާއި "ޑެއިލީ މެއިލް" ފަދަ މަޝްހޫރު ގިނަ މީޑިއާތަކުން ވަނީ އަދީބު ލޯންޗް މައްސަލައިގެ ޖަލު ޙުކުމުން ސަލާމަތްވި ޚަބަރު ގެނެސްދީފައެވެ.

މީޑިއާތަކުން ފާހަގަކޮށްފައިވާ ގޮތުގައި އަދީބުގެ މައްޗަށް ޙުކުމް އިއްވާފައި ވަނީ ވެސް ފިނިފެންމާ ލޯންޗްގައި ބޮމެއް ގޮއްވާލި ކަމުގެ ހެއްކެތް ނެތް ކަމަށް އެމެރިކާގެ އެފްބީއައި އިން ވެސް ލަފާ ދީފައި ވަނިކޮށެވެ.

ތަފާތު މައްސަލަތަކުގައި އަދީބުގެ މައްޗަށް 33 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވާ ކަމަށާއި އޭގެ ތެރެއިން ޙުކުމެއް ބާތިލް ކުރުމުން މިހާރު އަދީބުގެ މައްޗަށް އޮތީ 18 އަހަރުގެ ޖަލު ޙުކުމެއް ކަން ވެސް މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.

ހައިކޯޓުގެ ޙުކުމުގައި ވިދާޅުވެފައި ވަނީ އަދީބާއި ގުޅޭ ގޮތުން ނިންމުން ބިނާވެފައިވާ ޙުކުމުގެ ބައި ބާޠިލުކޮށް، އެބަޔަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން އަލުން ބަލައި ޝަރީޢަތުން ގޮތް ކަނޑައަޅަންޖެހޭ ބަޔަކަށް ވާތީ، އެ ބަޔާމެދު ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން އަލުން ގޮތް ކަނޑައެޅުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން މިބައި ކްރިމިނަލް ކޯޓަށް ތަޙްވީލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާ ކަމަށެވެ.

ހައިކޯޓުގެ ޙުކުމުގައި ވިދާޅުވީ ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބްރުއަރީ 01 ވަނަ ދުވަހު ނެރުނު އަމުރު އެކީގައި ބާޠިލުކޮށްފައި ނެތްކަމާއި، އެއަމުރުގައި ހިމެނިފައިވާ ބައިތަކުގެ ތެރެއިން ބާޠިލު ކޮށްފައިވަނީ، އެއަމުރުގެ 5 ވަނަ ނަންބަރުގައި ބަޔާން ކުރެވިފައިވާ ފަރާތްތަކާބެހޭ މައްސަލަތައް އަލުން ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެފަރާތްތައް ވަގުތުން ދޫކޮށް މިނިވަންކުރުމަށް ކަނޑައަޅާފައިވާ ބައި އެކަނިކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރުގެ 05 ވަނަ ނަންބަރުން ބާޠިލުކުރި ބައި ފިޔަވައި ދެން އެނަންބަރުގައި ހުރި ބައިތަކުގެ ޞައްޙަކަން އެގޮތުގައި ދެމިގެންދާނެ ކަމަށް ހައިކޯޓުގެ ޙުކުމުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރައްޔިތުން

    މައްސަލައެއްގެ ޒައްރާއެއް ނުރަނގަޅު ގޮތެއްގައި ހިނގާފައިވާ ކަމަށް ކާފިއު ހެއްކާއެެކު ފެނިއްޖެނަމަ އެމުޅި މައްސަލައަށް އޭގެ ނުރަނގަޅު ލާއިންސާނީ އަސަރު ކޮށްފައިވާނެ ކަމީ ބުއްދި ހުރި ކޮންމެ މީހަކު ގާބޫލުކުރާނެ ހަޤީޤަތެއް ވީމާ އަދީބު އަށް ކުރެވިފައިވާ ހުރިހާ ޙުކުމެއް ބާޠިލުކޮށް އަދުލު އިންސާފުގެ ހަމަތަކުން އަލުން އެކަންކަން ބެލުމަށް ގޮވާލަން.

    8
    21
  2. ޜައްޔިތެއް

    އަދީބަކީ މިހާރު ހުދުފޮތި ކޮޅެއްދޯ،،، ކޯޓްތަކައް ލާރިބަހައިގެން ހުރިހާކަމެއް މިހާރު ކުރެވިދާނެ މިނޫން ދުވަހެއްވެސް އޮތްކަން ހަދާންކުރޭ. އެދުވަހަކުން ތިހެން ނުރެކެވޭނެ ކުރިކުށަކައް ....... ފިނިފެންމާ ލޯންޗް ގޮއްވާލީ ދެންކާކުބާ؟

    28
    2
    • ???

      ދަރިންނޭ މިއީ ދިވެހިން ބާރު އޮތްކޮޅަކަށް ހަމަ އެންމެން އަރާނެ ފެތެންކައިރިވާއިރަށް ބޮލުގަ އަތްއަޅާފަ ގަންބާލާނީ. ޙަމަކޮސްވެއްޖެ.

  3. ހުސޭނުބޭ

    ޓެރަރިސްޓަކު މިނިވަންކުރީމާ ދުނިޔޭގެ ސަމާލުކަމަށްވެސް އަންނާނެ!

    13
  4. ކޮރަލް

    ކޯޓުން 15 އަހަރަށް ހުކުމް ކޮށް 4 ވަރަކަށް އަހަރު ފަހު ހަމަ އެކޯޓުން އެމީހާ ދޫކޮށްލަނީއެވެވ. މައްސަލަ އެއް އެބައުޅެއެވެ.

    12
  5. ލަދުކުޑަ

    ފަގީރުންނަށް އިއްވާ ޙުކުމްތައް ޞައްހަ އެކަމު މުއްސަދިންނަށް އިއްވާ ހުކުމް ގޯސް އަޖައިބެއް. ހުކުމްކުރަނީ އެއްކޯޓަކުން އެއްގާޒީއެއް

  6. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ރައްޔިތުން ކުރިމަތީ ބަރިޔަކަށް 100 މީހުން މަރާފަ ހުރިމީހަކަސް. ވެރިމީހާޔާ ސަދޫމުގެ ގާނޫނުން އޭނައަކީ ކުއްވެރިއެއްނޫނޭ ބުނީމަ އޭނަ އެހެރީ ސަލާމަތްވެފަ. މިތާގެ ގާނޫނަކީ އެއީ މިހާރު.