އަތޮޅުތެރޭގެ ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ސީނިއަރ މެޑިކަލް އޮފިސަރުން ނުވަތަ މެޑިކަލް އޮފިސަރުންގެ މަޤާމަށް 385 ދިވެހިން ހޯދުމަށް ހެލްތު މިނިސްޓްރީ އިން މިއަދު އިއުލާން ކޮށްފިއެވެ.

އިއުލާނުގައި ވިދާޅުވެފައި ވަނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީ އިން މަރުޙަބާ ދަންނަވާ ކަމަށެވެ.

ދިވެހި ޑޮކްޓަރުން ބޭނުންވާ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ މައުލޫމާތު ވެސް އިއުލާނުގައި ހިމަނާފައިވެއެވެ. އެންމެ ގިނަ ދިވެހި ޑޮކްޓަރުން ބޭނުން ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. އެހޮސްޕިޓަލަށް 17 ޑޮކްޓަރަކު ބޭނުންވާ ކަމަށް އިއުލާނުގައި ވެއެވެ. ދެން އެންމެ ގިނަ ދިވެހި ޑޮކްޓަރުން ބޭނުން ވަނީ ލ.ގަން ރީޖަނަލް ހޮސްޕިޓަލަށާއި ތިނަދޫގައި ހުންނަ އަބްދުލް ޞަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ. އެ ދެ ހޮސްޕިޓަލްގެ ތެރެއިން ކޮންމެ ހޮސްޕިޓަލަކަށް ވެސް 14 ޑޮކްޓަރުން ބޭނުން ވެއެވެ.

އިއުލާނުގައި ވަނީ ނުވަ ރޭންކެއްގެ ޑޮކްޓަރުންނަށް ލިބޭނެ މުސާރަ އާއި ޝަރުތުތައް ބަޔާން ކޮށްފައެވެ. އެންމެ މަތީ ރޭންކްގެ ޑޮކްޓަރަކަށް މުސާރަ އާއި ސާވިލް އެލަވަންސާއި އެކު މަހަކު -/30290 ރުފިޔާ ލިބޭނެއެވެ. އެންމެ ދަށް ރޭންކްގެ ޑޮކްޓަރަކަށް މުސާރަ އާއި ސާވިލް އެލަވަންސާއި އެކު މަހަކު -/23340 ރުފިޔާ ލިބޭނެއެވެ. އެހެން ރޭންކްތަކުގެ ޑޮކްޓަރުންނަށް ލިބޭނީ މިދެމެދުގެ މުސާރަތަކެވެ.

އިތުރު އިނާޔަތްތަކުގެ ގޮތުގައި ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ.

މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 09 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ނުވަތަ މަރުކަޒަކަށެވެ. މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 ޖޫން 16 އާއި 2019 ޖުލައި 04 އާ ދެމެދު ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ނުވަތަ މަރުކަޒެއް ގައި ކަމަށް އިއުލާނުގައި ވެއެވެ.

މިއީ ރައީސް ޞާލިހްގެ ސަރުކާރުން މިހައި ގިނަ ޑޮކްޓަރުން ހޯދަން އިއުލާން ކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަކަލަސް

    ބަލަ ތިޔަކަން ކުރެވޭނީ ޑޮކްޓަރުކަން ކިވައިގެން އައިމާ ސަރުކާރައްހިދުމަތް ކުރަން ގާނޫނަކުން ބާރުލިބިގެންނޫނީ ނުވާނެ މިހާރުވެސް ސަރުކާރުގެ ހަރަދުގާ މުއްސަދިންގެ ދަރިން ކިޔަވީމާ ހިދުމަތް ކުރާކަންނުޗެހޭ ؟؟ ދެން ފަގީރު މީހާގެ ދަރިންނައް މިކަންކުރައްމަޖުބޫރުވަނީ ދެން މިސަރުކާރުން އަމީނު ވަނީ ފޭލިވެފައި އިސްތިއުފާ؟؟

  2. ޒާ

    މަ އަޖައިބުވޭ ސަރުކާރުގެ ކަންތައް މިހިރަގޮތުން. މަހިތަށް އަރަނީ އެބުނާ އަދަދަށް 385 ދިވެހި ޑަކްޓަރުން ތަމްރީންވެފައި ރާއްޖޭގައި އެބަތިބިބާއޭ. މަށަށް އިނގިފައިވާ ގޮތުގައި އެއަދަށް ދިވެހި ޑަކްޓަރުން ތަމްރީން ވެފައި ރާއްޖެއަކު ނެތް. އެކަން އެންމެ ރަނގަޅަށް އެނގޭނީވެސް ހެލްތު މިނިސްޓްރީއާށް. އެކަމަކު އެވަނީ އެގޮތަށް އިޢުލާން ކޮށްފައި. މީ ކިހާ ދެރަކަމެއް؟

  3. ފައްޓަރިބައޮ

    ތިއިޢުލާނުކުރިބަޔަކުތިބީ ކޮންފަދަ ޙާލަތެއްގަބާއޭ ހިތަށްއެބައަރައެވެ! ޙައިރާން ވެއްޖައީމެވެ. ޢަދަދު ކަނޑައަޅައި އިޢުލާނުކޮށްލަން ކެރުނުކަމަށްޓަކައެވެ! ނުތިބޭނެކަން ދަންނަންވާނެނޫހްހެއްޔެވެ! ނޫނޭ! ނޫނޭ! ސާބަސް!

  4. ޟިރާރު

    އިންޑިއާ ގެ 600 ޑޮކްޓަރަކު ރާއްޖެއިން ވަޒީފާ ހަމޖައްސައި ދިނުމައް އިންޑިއާ ހައިކޮމިޝަން އިން އެފިފައިވާ ކަމައް އިންޑިއަން ހައި ކޮމިޝަން ތެރެއިންމައުލޫމާތު ލިބޭ

    6
    2
  5. ާެައަލީ

    ނުލިބޭނެކަން ޔަގީންވާވަރުޖެހީ ދެން ގެންނާނީ އިންޑިޔާއިން. ރާއްޖޭގަތިބި ހުރިހާމުސްލިމު ޑޮކްޓަރުން ބޭރުކޮށް އިނޑިޔާއިން ގެންނަންޖެހި ރޮކެޓެއް.

  6. އޮޑީ ސޮރު

    ދިވެއްސަކު އެބައުޅޭތަ މިގައުމުގައި! މާލެ ތެރޭ އެއްއަޑަކަށް އެހުންނަނީ ބަންގާޅު އަޑު! މިއީ ޑާކާގެ ޓައުނެއް ނޫންބާ!

  7. ޢަޅީން

    ދިވެހި ޑޮކްޓަރުންގެ ދަފުތަރު ހެލްތު މިނިސްޓްރީއަށް ނޭގޭނަމަ ދެން........... ހީނުވޭ ވަޒީފާއަށްނުގޮސް ތިހާގިނަ ޑރ އިިiންތިބޭނެެހެނއ.ޑޮކްޓަރުން ތަންރީނު ނުކުރޭ

  8. ޑރ. ރާމީ މ.ވައިނުޖެހޭގެއާގެ

    ދެއުޅި އެއް ނުވާ އިއުލާން އެއް ކުރުމަށް ހުއްދަ ދިން ވެރިޔަކު އިސްތިއުފާ ދޭން ޖެހޭނެ ! މިވަރަށް ޑޮކްޓަރުން ވަޒީފާ ނެތިފަ ނުތިބޭނެ ކަން މިނިސްޓްރީ އަށް ނޭނގޭ ކަމަށް ވަންޏާ ތި އިއުލާން ޑްރާފްޓް ކުރި މީހަކު ތިހިރީ ހަމަހެޔަކު ނޫން. ވަޒީފާ ނެތިފަ އެކަންޏެއް ނޫން. ޑޮކްޓަރ ކަން ކިޔަވަން އަދި މިހާތަނަށް މެޑިކަލް ޔުނިވަރސިޓީ ތަކަށް ދިޔަ ކުދިންގެ އަދަދު ވެސް 385 އަށް ނާރާނެ!!!!!