ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
އެނގިފައިވާގޮތުގައި މި އެކްސިޑެންޓު ހިނގީ ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެންނެވެ.
ހުޅުމާލޭގައި ހުންނަ އުރީދޫ ފިހާރަ ކުރިމަތިން ހިނގި މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވިއިރު އޭގެތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް މަޢުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި މީހާގެ ބޮލަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. އޭނާއަށް އިމަޖެންސީގައި ފަރުވާދެމުންދާއިރު، އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެ މީހުންގެ ހާލު ރަނގަޅު ކަމަށް މަޢުލޫމާތު ލިބެއެވެ. އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އެ ދެމީހުންގެ އަތަށެވެ.
މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ އެކްސިޑެންޓުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަން ފާހަގަކޮށްލެވެއެވެ.
ބާރައް ދުއްވާ މީހުން ނުހުއްޓު ވެއެވެ.