މާލޭގައި ގުރޫޕަކުން ފުލުހުންނާއި މާރާމާރީ ހިންގުމަށްފަހު ފިލައިފިއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން މި މާރާމާރީ ހިނގާފައި ވަނީ އައިޖީއެމްއެޗް ކުރިމަތީ އޮންނަ ޝަހީދު އަލީ ގޯޅި ތެރޭގައެވެ. މި މާރާމާރީ ހިންގުމަށް އެ ގުރޫޕް ވަނީ ފިލާފައެވެ.
މަންޒަރު ދުށް މީހަކު"ވަގުތު"އަށް މައުލޫމާތުދެމުން ބުނީ، މި މާރާމާރީ ހިނގާފައި ވަނީ މަސްތުހާލުގައި ހުރި މީހަކު އަމިއްލަ އަތުގައި ވަޅިއަޅައިގެން އޭޑީކޭއަށް ދާން ބޭނުންވެގެން އުޅެނިކޮށް އެކަން ހުއްޓުވި ފުލުހަކު ފޮޅުވާލުމަށްފަހު އަނެއްކާވެސް ދާން ހިނގައިގަތުމުން ހުއްޓުވުމާއި ގުޅިގެން ކަމަށެވެ.
“އެކަން ހުއްޓުވީމަ ގުރޫޕަކުން އައިސް އެ ފުލުސް މީހާގެ ގައިގާ ތަޅައިގަތީ ފުރަތަމަ". މަންޒަރު ދުށް މީހާ ބުންޏެވެ.
އަދި އެކަން ހުއްޓުވުމަށް އެ ސަރަހައްދަށް ދިޔަ ފުުލުހުންގެ ގައިގާވެސް މި ގުރޫޕުން ތަޅައި މާރާމާރީ ހިންގުމަށްފަހު ފިލާފާއިވާކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.
އޭނާ ބުނީ، އަތުގައި ވަޅި އެޅި މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާގެ އަތުގައި ވަޅި އެޅީ ކީއްވެގެން ކަމެއް ނޭގެއެވެ.
މަންޒަރު ދުށް މީހާ ބުނީ، އެ ސަރަހައްދުގައި ލޭވެސް އެބަހުރި ކަމަށެވެ. އަދި އެ މަގު ބަންދުކޮށްފައިވާކަމަށްވެސް ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
ރަނގަޅށް ހެދީ
ބްރޯ މޮޔަވެބަލަ
ތިއެއްޗިތި ހިފައިފަ ކުދި ކުދި ގޮޅިގޮޅިއަޅައިފަ ބައިތިއްބަލަބަލަ މަރުވަންދެން. ތިއާހުރެ ނެތެންނު މިގައުމުގަ މީހަކަށް ހަމަޖެހިލައިގެން އުޅެވޭކަށްވެސް.
މިއަދުގެ ހާލަތާ މެދު ދެރަނުވޭތޯ އެވެ. ހައްލު ނުވަތަ ރަގަޅު ކުރެވުނު އެންމެ ކަމެއް ނަމަވެސް ބުނެދީ ބަލާށެވެ. މިއީން އެބުނި ދިވެހިންނަށް ހައްގު މިންވަރުތޯ ސުވާލު ކުރަންޖެހެއެވެ. އަމިއްލަ ހިމާޔަތް ހޯދަން އުގައްވެއްޓި ނުނިމޭ ތޯއެވެ.
ދިވެހިފުލުހުންގެ ނިކަމެތިކަން މިފެންނަނީ ބާރެއްނެތް
ކުށުގެ ވެށިން މުޖުތަމަޢު ސަލާމަތްކުރުމުގެ ބިޑު ޒިންމާ އުފުލުމުގެ ޤާނޫނީ ޒިންމާ ނަގަން ޖެހޭ ފުލުހުން ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް އެއީ ރިވިއުކުރަންޖެހޭ އިޖުރާޢަތްތަކެއް ކަމަށް ޤަބޫލުކުރެވެއެވެ. އެ އިޖުރާއަތްތައް އެއީ ކުށްވެރުން ކުށުގެ ޒިންމާއިން ބަރީއްޔަވުމަށް އޮތް ފަސޭހަމެއްކަމުގައި ވާނަމަ ޤާނޫނުގައި ހުންނަ މިފަދަ ބޮޑެތި ލޯވަޅުތަކުން ކުށްވެރިން ނުކުމެ ގައުމުގެ އަމަން އަމާންކަން މުޅީން ނެތި ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ؟
ސަރުކާރުގެ އިޚްލާސްތެރިކަމެއް އޮވެއްޖެނަމަ މިކަމަކީ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ހައްލު ކުރެވިދާނެ ކަމެކެވެ. ޤާނޫނުތައް ހަދަނީ އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށްޓަކައެވެ. ނަމަވެސް އަދުލުވެރިކަމާ އިންސާފު ޤާއިމު ކުރުމުގެ ނަމުގައި ސަލާމަތީ ބާރުތައް ތަޅު އަޅުވާ ކުށްވެރިންގެ ހައްގު ނޫން އެހެން ހައްގެއް ނުވާކަމަށް ހީވެ، މަޖިލީހާ ސިޔާސީ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުމާ އެކު ޤާނޫނުތައް ކޮށާ މެށުމުގެ ނަތީޖާ މިފެންނަނީއެވެ.
މިހާރު ދެން ތިކަހަލަ ހުރިހާކަމެއްވެސް ހިނގާނެ.. އެހެނީ ގައުމުގެ ވެރިކަމާ ހަވާލުވެފަ އޮތީ މިގައުމުގެ ފުލުހުން ގައިގަ ތަޅާނެ ކުދިންކޮޅެއް ހޯދަންބޭނުންވާ ބައެއް... ދުވަސް ކޮޅަކުން ގޮވަން ފަށާފާނެ ފުލުހުންނަކަށް ރައްޔިތުން އިތުބާރެއް ނުކުރޭ އެހެންވީމަ އިންޑިޔާ ފުލުހުން މިތާނގަ ބައިތިއްބަން އެބަޖެހެޔޭ
މިއީ ވާ ޤައުމެއް. !
މަސްތުވުމަކީ ބޮޑުހަރާމް ކަމަކަށްވާއިރު އެކަމުގައި ޒުވާންޖީލެއް ނެތިވެ ދާތަން ބަލަން ތިބޭތަން މިފެންނަނީ.
ތިއޮތީ ޖަޒީރާވެފަ.. ކިހާ ޖަޒީރާ.. ލަދެއްނުގަނެއޭ..
ޑްރަގް ވިއްކާ ގުރޫޕުތަކުގަ އުޅޭ މީހުންގެ އާއިލާތަކުން އެމީހުން މައިތިރި ކޮށްބަލަ މިނޫނަސް ދުނިޔެއެއް އެބައޮތޭ!
މެކްސިކޯ ފުލުހުން ނަށް ހެދި ގޮތައް ދިވެހި ފުލުހުންނަށް ހަދަން ފުރުސަތެއް ނުދެވޭނެއެވެ.
ތިބަޔަކަށް އެނގޭނެ ފުލުހުންގެ އަތު ޖެހިއްޖެޔާ ދެން ކޮށްލާނެ ވަރު.. ތީ މަދު ހާލަތެއް... ފުލުހުންނަކާ ނުކުޅެވޭނެ .. އެ ކަން ކުރި ބަޔަކު އިސްޖަހާނެ... އަހަރަމެން ނުކުތީމަ ޤަޢުމަށް އިނގުންވާނެ.. ކުރިންވެސް އެކަން ފެނިކަ އޮންނާނީ.. ޑޯންޓް މޭކް އަސް އެނގްރީ..
އަތު ޖެހޭނެބާ ދުވަހަކު.
ކަމިޝަނަރ އޮފް ޕޮލިސް އެމް.ސީ ހަމީދުގެ ފެއިލިޔާރ ވެއްޖެކަން އެންގިހާމަވީ.. މިހެން ވާނީ އެތިކަލް މައްސަލަ ތަކުގަ ވަޒީފާއިން ވަކިކޮށްފަ ތިބި މީހުންނަށް އެ ވަޒީފާ އަނބުރާ އިޔާދަކުރީމަ.. އިސްތިއުފާ އެމް.ސީ
! ހޫން މީ ފިލޭ ވަރުގެ ބިން އޮތް ތަނެއް!
އިދިކޮޅުގަ ތިބިއިރު ފުލުހުންނަށް ހަމަލާދީ ބޮޑެތި އަނިޔާ ލިބި ނުކުޅެދުންތެރިވި މީހުން މިހާރުވެސް އެބަތިބި. ކަލޭމެން ނަގައިދިން ފިލާވަޅުގެ ބޭނުން "އެކުދިން" އެ ހިފަނީ. ދެން ތިބޭ އޮޓޯ މޯޑަށް ލައިގެން. ގައުމެއްވާ ނެތް.
އަހަރެމެން ނިކުންނައިރަށް މިމީހުން ސައިޒުވާނެ ކުރިންވެސް ކަންތަށް ވެފައޮތީ މިހެން މިމީހުންގެ އަށްޑާޔަށް ވަދެ އެތަން ފުންޑާލީމަވެސް ސައިޒުގަހުރީ
އެޖެންޑާ 19 އޯކޭ
މާރާމާރީއެއް ހުއްޓުވަން ދިޔަ ފުލުހުންނަށް ހަމަލާދީފި ނަމަ އެކަމަކީ އެއީ ހުއްޓުވެން ޖެހޭނެ ކަމެކޭ ފުލުހުންނަށް ހަމަލާ ދޭ މީހުން އެދެނީ ރައްޔިތުންނަށް ކަމަށޭ މަމެން ގަބޫލުކުރާނީ މިފަދަ ކަންކަމަކީ ޒީރޯ ޓޮލެެރެންސް ގައި ޕޮލިހުން ކުރަން ޖެހޭނެ ކަމެކޭ ޕޮލިހުންނާއި ގުޅޭ ގޮތުން ދޮގު ވާހަކަ ފަތުރާ ފުލުހުންނާއި މެދު ނަފްރަތު އުފައްދައިގެން ނުވާނެއޭ މަމެން އަދި ވެރިކަމުގައި ނެތަސް ފުލުހުން އެއީ އެންމެންގެ ސަލާމަތާއި ރައްކަލަށް ޓަކައި ޓެކްސް ޕޭޔަރ ޚަރަދު ކުރާ ބަޔެކޭ ދިސް އިޒް ދަ ފީލިންގް...
ދައްކަވަން ހުރި ތަނެއް ދައްކަވާނެ....
ނަސީދު ދައުރުގައި ޕޮލިހުންގެ ބާރު ކަނޑާލި ޕޮލިހުންގެ ގައިގައި ތަޅާ ހެދިއިރުވެސް ޕޮލިހުން ތިބެންޖެހުނީ އަތްއުރާލާގެން ނަތީޖާއަކީ ވާންވިގޮތައް ނަސީދުގެ ގަޅި ވެެރިކަން ނިމުން ހަމަ ޕޮލިހުންގެ އަތުން އެޔަކީ ބަގާވަތެއްނޫން