ޅ.ކުރެންދޫ ހެލްތް ސެންޓަރުގައި ބޭނުންކުރާ އެމްބިއުލާންސް ހަލާކުވެ، ގާޑިޔަލުގައި ބަލި މީހުން އުފުލާތާ ތިން މަސްދުވަސް ވެފައިވާ ކަމުގެ މަޢުލޫމާތު ލިބިއްޖެ އެެވެ.
މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، ކުރެންދޫ ހެތްލް ސެންޓަރ ހިންގުމާއި ހަވާލުވެ ހުންނެވި، އިބްރާހިމް މުޙައްމަދު ވިދާޅުވީ، އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ ތިން މަސް ވެފައިވާ ކަމަށާއި، ނަމަވެސް މިހާރު އެމްބިއުލަންސް ހެދުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.
"އެމްބިއުލާންސް ހަލާކުވެފައި އޮންނާތީ ވަރަށް އުނދަގޫވޭ. އެކި ފަހަރު އެކި ގޮތަށް ބަލިމީހުން މިހާރު އުފުލަނީ. ބައެއް ފަހަރަށް މިތަނުގައި އޮންނަ އަށިގަނޑު ގެންގޮސްގެން. އަނެއްބައި ފަހަރަށް ރަށު ފިކަޕްތަކުގައި." އިބްރާޙިމް ވިދާޅުވިއެވެ.
މިއަދުވެސް އެރަށު ބަލި މީހަކު ހެލްތް ސެންޓަރަކަށް ގެންގޮސްފައިވަނީ ގާޑިޔަލަކަށް އަރުވައިގެންނެވެ.
މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ކުރެންދޫ ކައުންސިލްގެ ރައީސް އިސްމާޢިލް މަދީހް ވިދާޅުވީ، އެމްބިއުލާންސް އަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި އަތޮޅު ހޮސްޕިޓަލާއި ވެސް ދެފަހަރެއްގެ މަތިން މަޝްވަރާ ކުރެވިފައިވާ ކަމަށާއި، އޭގެ އޭސީ ހަލާކުވެފައި ހުންނަތާވެސް ހަތް އަހަރު ވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންވެސް މި އަންނަނީ އެ މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރަމުން. މިހާރު ތިން މަސް ދުވަސް ވީ، ރަށުގެ ރައްޔިތުންނަށް އެ ޚިދުމަތް ނުލިބޭތާ. އެމްބިއުލާންސްގެ އޭސީވެސް ހަލާކުވެފައި ހުންނަތާ މިހާރު ހަތް އަހަރު ވެއްޖެ. މިއަދުވެސް ގާޑިޔަލަކަށް އަރުވައިގެން ބަލި މީހަކު ގެންދަން ޖެހުނީ." މަދީހް ވިދާޅުވިއެވެ.
މި ސަރުކާރުން ވެރި ކަަމަށް އައުމުގެ ކުރިން ވިދާޅުވީ، ޞިއްހީ ދާއިރާ އަށްވެސް ބޮޑެތި ކުރިއެރުންތަކެއް ގެންނަވާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރަށް މިވީ ދުވަސްތަކުގެ ތެރޭގައި ޞިއްހީ ދާއިރާއަށް މާބޮޑު ކުރިއެރުމެއް އައިސްފައެއް ނުވެއެވެ.
ޖަޒީރާ ރާއްޖޭގަ ވީލްބަރޯ މާރަނގަޅުވާނެ އެއީ ތަރައްގީއަކީ!
ހަލާކުވެފަވެސް އެމްބިއުލާންސެއް ނެތް ރައްތައް ބައިވަރު. އެމްބިއުލާންސެއް ގައުމަކުން ހަދިޔާކުރިޔަސް ގެންގޮސް ލަނީ ހަމަ އެމްބިއުލާންސް ހުރި ރަށްރަށައް އެ ވަރިހަމަ 2ތި 3ތި ހަމަވިޔަސް. ގަމާރީ އޭރުވެސް މިހާރުވެސް ހެލްތް މިނިސްޓަރުންނައް ތިބޭ މީހުން
ގަމާރީއެއް ނޫން.ނުފޫޒު ގަދަ މެމްބަރުންގެ ދާއިރާތަކަށާއި މިނިސްޓަރުން ނިސްބަތްވާ ރަށްރަށަށް ހުރިހާ މޮޅެއް އަބަދުވެސް ލިބެނީ.
ރިސޯޓް ފަހަރު ގިނަ ހިސާބެކެވެ.
ކަލޭގެ ޢާއިލާ މީހަކު މިގޮތަށް އުފުލަންޖެހޭ ފަހަރަކުން ތިހެން ކިޔަން އިހަށް މަޑުކޮށްލާ!
ކުރެންދޫމީހުނަށް ތިގޮތް އޯކޭ އެއީ މިސަރުކާރުގެންނަން ވ ބުރަކޮށް މަސައްކަތްކުރިބައެއްހަބޭޝް އަވަހަށް އިންޑިޔާސަރުކަރުގެ ހިލޭއެހީގެދަށުން ކުރެންދުއަށް އެމްބިއުލާންސެއް ހޯދަދީ
ކޮބާ ގެރިމޯދީގެ ހެލިކޮޕްޜަރާއި ސިފައިން؟
މި ސަރުކާރަށް ވީ އިރު ނެތޭ ފީ ފޯއްފޮއްޗެއްވެސް... 2 މަސް ދުވަހުން ޤައުމުގެ ހާލަތު ބަދަލެއް ނުކުރެވޭނެ... ޔާމީން ކިހިނެއް ވެގެންނޯ އައު އެމްބުއުލާންސެއް ނުދިނީ... ވަގުތު މީހުންމީ ފިތުނަ ފަސާދަ އުފައްދާން ތެޅޭ ބައެއް...
ނުވާވަރު ކަންކަމަށް ބޯ ނުމަހާނީ. ބަހަނާ ދައްކާނެ ކަމެއް ނެތް.
ހުރި އެއްޗެއްވިއްޔާ މިހާރު އެތިބީ ކައިނިއްމާލާއިގެން. ކޮން ދެމަހެކޭ ކިޔާކަށް. ތަރައްޤީ ނުކޮށްދެވޭނެ ބަޔަކު ކީއްކުރަން ވެރިކަމާ ހަވާލުވީ. ވަގުތު މީހުންނެއްނޫން މިހާރު މީހުންނަކީ ފިތުނަ ފަސާދަ އުފައްދަން އުޅޭބަޔަކީ.
ދަރިންނޭ 7 އަހަރު ވެއްޖެ ކުރެންދޫ އެންބިއުލެންސްގެ އޭސީ ހަލާކުވެފަ އޮންނަތާ
ވަރަށް ޖަޒީރާވަންތަ
ވެލްކަމް ޓު ޖަޒީރާ ރާއްޖެ. ދައުލަތައް ލިބޭ ރައްޔެތުންގެ ހުރިހާ ރުފިޔާ އެއް ބަނޑު އަޅާ ރައްޔެތުން ބިކަ ކޮއްލާ ވެރިކަމެއް މީ.. ހުރިހާ ފައިދާ އެއް ކެނެރީ އާއިލާ ބަނޑު އަޅައިގެން އޮންނާނީ. މީ ކޮންމެހެން ރައްޔެތުންނައް ހެޔޮ އެދިގެން ވެރިކަމައް އައި ބައެއް ނޫން. މީ ރައްޔެތުންނައް ދަޅަ ދައްކާ މިގައުމުގެ މިނިވަންކަން ކުޑަ އަގެއްގައި އަމިއްލަ ފައިދާ އައް ވިއްކާލަން އައިއްސަ ހުރި އެޖެންޓުން ތަކެއް މީ.. މި ފެންނަނީ އަސްލު ޖަޒީރާ ސިފަ... ދިވެހިން އަދި މިކަމުގެ ހިތި ދެކޭނެ. އަދި މިހާރުވެސް އޭގެ ބައެއް އަލާމާތް ތައް ފެންނަމުން މި ދަނީ.. ކޮބާ މި ވެރިކަުގަ ލިބުނު ބިލިއަން ރުފިޔާގެ ފައިދާ?؟ވަގުން އެންމެ ގިނައިން އެހެން މީހުން ބޮލުގަ ވަގު ބަދުނާމު އަޅުވާނީ....
ތިވަރުވެސް ރަގަޅު
ރައްރަށުގަ އިންޑިޔާ ސަރުކާރުން އިޖުތިމާއީ މަރުކަޒުތަކާ އެއްޗިހި އަޅާއިރު އަޅެ ކިޔެއްވާމި މިވަރުގެ ކަމެއް ކުރެންދޫ ރައްޔިތުންނަށް އެ އިންޑިޔާ ސަރުކާރުން ކޮށްދިނިއްޔާ! ރާއްޖެ އެމްވީ ކުދިންގާތު ބުނެބަލަ އަޅެ އެމީހުންނަށް މިކަން ރިމައިންޑް ކޮށްލަދޭށޭ! ދެން ފަހެ އަޅެ ކޮންމެވެސް ބަޔަކު ބަލާލަދީބަލަ ހަމަ އަދިވެސް ވެރިކަމުގަ އޮތީ ޔާމީން ސަރުކާރުތޯވެސް! ޝުކުރިއްޔާ!
މީ ޖަޒީރާ މަގޭ ޖަޒީރާ ކަލޭމެންގެ ޖަޒީރާ ގެރިމޯދީގެ ޖަޒީރާ ވާވާ ޖަޒީރާ ސޯލިގެ ޖަޒީރާ ވަރަށް ޖަޒީރާ ވަންތަކަމެއްތީ ދެން ރީދޫގުރޫޕު ބާރަށް އަތްޖަހާ ޕަކާސް ކޮންކުތީޓަކީ ތަރައްގީއެއްނޫން ރާއްޖެ ޓީވީ ކުދިން މިހާރު ނޫހުގެ ކުދިން މިކަމަށް ރިޕޯޓެއްހަދާލަބަލަ ވަރަޢްފުރިހަމަކޮށް ވާވާ މީ ޖަޒީރާ.....
ހަގަގަހަހަހަހަކަކަކަކަ ދޯ ރާޓީވީ އާއި މިހާރު އަނގަޔަށް އިނގިލި ބާނައިގެން ޗޯ ބޭލިފަ އެތިބީނު. ހަހަ މަޖާ ކަމެއް މިއޮތީ
ރަނގަޅުވާނެ. އަމިއްލައަށް ބުއި ބޮނޑި. މީގެ ކުރިންނަމަ އެމްބިއުލެންސް ހަލާކުވާއިރަށް އެމްބިއުލެންސެއް ފޮނުވާނެ. އެގޮތް ކަމުނުދިޔައީނު. ޖަޒީރާގަ ބަލިމީހުން އުފުލާނީ ގާޑިޔަލުގައެއްނު.
ޢައިމް ހިޔަރ ފޯރ ދަ ކޮމެންޓްސް ?
މީއި ޖަޒީރާ ރާއްޖެއެއް. ތީކީ މައްސަލައެއް ނޫން. އަދި ދާންވީ އަށިގަނޑަކަށް ނުވަތަ ކޮނޑަށް ލައިގެން!
ޖަޒީރާ ވަންތައެއް ނޫންތަ މިހާރު
ތިހަމަ ރަނގަޅޭ ޖަޒީރާގަ ގެންގުޅޭނީ ތިކަހަލަ ސާމާނޭ މި ސަރުކާރަށް ދެވޭނީ ތިކަހަލަ އެއްޗެކޭ ސުކުރު ކޮށްބަލަ ދެން ލަލަލަ