ޤާނޫނާއި ޚިލާފަށް، ޖުޑީޝިއަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ސަސްޕެންޑް ކުރި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު ފިޔަވަޅު ނޭޅުމަށް ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ޖޭއެސްސީން ދީދީ ސަސްޕެންޑް ކޮށްފައި ވަނީ އިއްޔެއެވެ. ސްޕްރީމް ކޯޓުން އެ އަމުރު ނެރެފައި ވަނީ ދީދީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކާއި ގުޅިގެންނެވެ.
ސްޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، އިއްޔެ އިން ފެށިގެން ފަނޑިޔާރު ދީދީ މަގާމުގެ މައްސޫލިއްޔަތު ތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި އަދި ވަޒީފާ އަށް ނުނިކުމެ މަޑުކުރަން އެންގުމަށް ޖޭއެސްސީން ފާސްކުރި ނަމަވެސް އެ ނިންމުން ތަންފީޒު ކުރުމާއި އެ މައްސަލަ އާ ގުޅިގެން، ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޖޭއެސްސީން އެއްވެސް އިޖުރާއަތެއް އެއްވެސް ސިފައެއްގައި ކުރިއަށް ނުގެންދިއުމަށް އަންގާ އަމުރު ކުރާ ކަމަށެވެ.
ދީދީ ހުށަހެޅި އެ މައްސަލާގައި ވިދާޅުވެފައި ވަނީ، އޭނާގެ މައްޗަށް، މަޖިލީހުގެ ރައީސް މުޙައްމަަދު ނަޝީދު ޖޭއެސްސީއަށް ހުށަހަޅާފައިވާ އެ މައްސަލައަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނާއި، ފަނޑިޔާރުންގެ ގާނޫނާއި، ޖޭއެސްސީގެ ގާނޫނާއި، އާންމު ގާނޫނީ އުސޫލުތަކާއި ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދިއެ މައްސަލައަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުގެ ވަކި މާއްދާތަކާއި ހިލާފު އަދި ގާނޫނު އަސާސީ ގަރާރްކޮށްފައިވާ ދުސްތޫރީ މަބްތައުތަކާއި، އުސޫލުތަކުން ބޭރުން ޢައިރު ދުސްތޫރީ އިޖްރާއަތުތަކެއްގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ދީދީ ހުށަހެޅި އެ މައްސަލަގާއި ބުނެފައި ވެއެވެ.
"މި މައްސަލަ ހުށަހެޅި ފަރާތުން މި މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ މައްޗަށާއި، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އަށާއި، މި ބާވަތުގެ މައްސަލަ ތަކުގައި ވަގުތީ އަމުރު ނެރުމުގައި ޢަމަލު ކުރަންޖެހޭ ދުސްތޫރީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މައްޗަށާއި، މި މައްސަލައިގެ ބާވަތަށް ބަލައި ވިސްނުމަށްފަހު، ޤާނޫނޫ އަސާސީގެ 43 ވަނަ މާއްދާ އާއި، 68 ވަނަ މާއްދާ އާއި 51 ވަނަ މާއްދާ އާއި 33 ވަނަ މާއްދާ އާއި ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދީފައިވާ ޤާނޫނީ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ މައްޗަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ށ) އާއި 144 ވަނަ މާއްދާ އާއި 145 ވަނަ މާއްދާގެ (ނ)ގެ މައްޗަށް ރިޢާޔަތްލޮށް، މި މައްސަލާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޢަބްދުﷲ ދީދީ، 12 ޖޫން 2019 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު ކަމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި ޖުޑީޝަލް ސާރވިސް ކޮމިޝަނުން 12 ޖޫން 2019 ގައި ނިންމި ނިންމުން ތަންފީޒު ކުރުން ފަސް ކުރުމަށާއި، އަދި ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ހުށަހެޅިފައިވާ އެ މައްސަލައާއި ގުޅިގެން އެއްވެސް އިޖުރާއަތެއް އެއްވެސް ސިފައެއްގައި އެ ކޮމިޝަނުން ކުރިއަށް ނުގެންދިއުމަށާއި، ޖުޑީޝަން ސާރވިސް ކޮމިޝަންގެ ނިންމުމާއި ގުޅިގެން ފަނޑިޔާރު އަލްއުސްތާޒު ޢަބްދުﷲ ދީދީ އާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މައްޗަށާއި، ދަޢުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި ޢަމުރު ކޮށްފީމެވެ." ސްޕްރީމް ކޯޓުގެ އަމުރުގައި ވިދާޅުވެފައި ވެއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމެވީ، އޭނާއަށް ޖިނާއީ ތުހުމަތެއް ކުރެވި، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.
އެ މައްސަަލައަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރާ މައްސަލައެވެ. އެ މައްސަލަ ތަހުގީގު ކުރަންވެސް އެދިވަޑައިގެންނެވީ ރައީސް ނަޝީދުއެވެ.
ތިޔަ ބުނާ ދީދީ އަކީ 7 އުޑުގެ މަތިން ފައިބާފަ ހުރި މީހެއް ތޯ. ކޮން ދީދީ އެއްތަ އޮންނާނީ. ހައްޔަރު ކޮއް އަނދަގޮޑި ޖަހާން ޖެހޭ.
މުޅި ޖުޑިޝަރީ ދޮވެ ސާފް ކުރޭ.. އަހަރެމެން މި ސަރުކާރު ގެނައީ އެކަން ކުރަން.. ހެޔޮ އެހެން ކަމެއް ނުކުރިޔަސް އިބޫގެ ސަރުކާރުން
ކަލޭމެންނަށް އިނގޭނީ ތަންތަން ދޮވެސާފުކުރަން، މިފަސްއަހަރު ނިމޭއިރު ގައުމުވެސް ނިކަން ރަނގަޅަށް ދޮވެ ސާފުކުރާނެ، މިހާރުވެސް އެކަންފެންނަމުން މިދަނީ، އަހަރަމެންނަށްވެސް ދައްކަން ވަރަށް ވާހަކަ އެބަހުއްޓޭ، ތިމާމެންގެ ހުރި ޖައްބާރުކަމުން މީހުންނާ ދިމާލަށް ހަޑިހުތުރުބަހުން މުޢާމަލާތް ކުރަމުން ތިގެންދަނީ.
ޤާނޫނު އަސާސީއަަށް ނަދަލުވގެނެސް ބެންޗު އެއްކޮށް ރޫޅާލާ
އަތަށް ގޮވަނީ.. ބަލަން މިތިބީ ވަރަށް ގާތުން..
އަމުރެއްވިއަސް ހުކުމެއްވިއަސް ނެރެންވާނީ އެބޭފުޅުން ބޭނުންވާ ގޮތަށް އެހެންނޫނީއްޔާ ކަމަކު ނުދާނެ!
ދުނިޔޭގެ އެއްވެސް ޤައުމެއްގެ ސްޕްރީމް ކޯޓާއި އެންމެހާ ކޯޓްތަކުގެ ފަނޑިޔާރުންގެ އަގު ވައްޓާނުލެވޭނެ. މެންބަރަކު ހޮވަނީ، ދާއިރާއެއްގެ 5000 ރައްޔިތުން، ކޯޓްތައް ތަމްސީލު ކުރަނީ ހުރިހާ ރައްޔިތުން، އަދި ޖުޑިޝަރީއަކީ އެއްބާރު. ފެންނަގޮތުގަ އަވަހަށް 13 އަހަރުގެ ހުކުމް އަނެއްކާ ރިވިއުވް ކުރަންވީ. ެެެެެެެެެ އެއިރުން ހުރިހާކަމެއް ހައްލުވާނެ.... ވިސްނުމެއްނެތި ވި ދޫތަކުން މުޅި ޤައުމު އަދު ރޮއްވާލަނީ، ޗިސްޗިސް ތިއަކޮއްލަނީ ޤައުމުގެ ކަރާމަތޭ.
ބެންޗުރޫޅިއަސް ފުނޑުފުނޑު ކުރިއަސް މީހުންތިބޭނެ . ނޭގިތިބެ ގާތިއުކަނީ ކުޅަދުރުހަތަޔަށް ! ލިބުނު ގޮޑިތަކުގެ ސަބަބުން ކިބުރުވެރިވާން ތިފެށީ ، ނަތީއްޖާގެ ފޮނިމީރުކަން ދެނެވޮޑިގެންވަނީ ﷲ
7February thakuraaru vaan kairivanee, fandiyaarunna nubeheythi!!
ޢަހަރެމެން މި ސަރުކާރު ގެނައީ ބުހާރީ ސައިޒް ކުރަން.ސަލާމއ
ތިސުޕްރީމް ކޯޓަކީ ކިހާވަރެއްގެ ބައެއްތިބި ތަނެއްކަން މިޤައުމުގެ އެންމެ ކުޑަކުއްޖާއަށްވެސް މިހާރު އެބައިނގޭ. އެމީހުންގެ އަތުންލިޔެ އަމިއްލައަށް ސޮއިކޮށްފަނެރުނު އަމުރެއް ދެތިންދުވަސްފަހުން ދެފަނޑިޔާރަކު ވަގައްނެގުމުން އަނެއް ތިންފަނޑިޔާރުން ހަމައެޙުކުމް އެމީހުންގެ އަތުންވަކިބައިތަކެއް ބާތިލްކުރިބައެއް. މިވަރުގެ ބަޔަކަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނޭކިޔަން ލަދުގަނޭ، މަޤާމްގެ ދަހިވެތިކަމުގައި ޤައުމްގެ އަދުލްއިންސާފް ވެއްްޔާމޮޑެލަނީ
މިހާތަނަށް ފަނޑިޔާރުންނާއި ކުޅެންދިމާކުރި ކޮންމެ ވެރިކަމެއް ވަނީ މަގުމަތިން ވެއްޓިފައި. މިސަރަހައްދުގެ ގައުމުތަކުންވެސް ތާރީޙުގައި އެފަދަ މަންޒަރުތައް ފެނިފައިވޭ. މިފަހަރު ކިހާވަރަކުން ދާނެބާ؟
ކޮންމެއަކަސް ޢަބްދުއްލޯ މިނަމަކީ ކުރީގެރައީސް ނަޝީދު ވަރައްބިރުގަންނަނަމަކައްވަނީ މީއިއްތިފާޤެއްނޫންކަންނޭންގެ
ކޯޅުމުގެ ތެރޭގައި މިދެކެވެނީ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އަމިއްލަ އެދުންތަކަށް އިސްކަންދޭ ވާހަކައާއި ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމަށް އިސްކަންދޭ ވާހަކައެވެ. މިގޮތުން ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އަމިއްލަ އެދުންތަކަށް އިސްކަންދޭ މީހުންނަކީ، މިހިނދުން މިހިނދަށް ޝަރީޢަތާއި ޤާނޫނުގެ އިމުގެ ތެރެއަށް ވައްދަންޖެހޭ މީހުންނެވެ. ކުލައަކަށް ޖިންސަކަށް މިޙާލަތުގައި ނުބަލާނެއެވެ. މިޙާލަތުގައި ބަލާނީ، ގައުމީ މަޞްލަޙަތަށެވެ. ތަންދޮރު ނުދަންނަ މީހުން މަޖިލީހަށް ހޮވުމުން މިއޮތީ އަތަށްގޮވާފައެވެ.