މާލެ އާއި ވިލިމާލެ އަދި ގުޅީފަޅާއި ދެމެދު ބުރިޖު އަޅަން ސާވޭ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މާލެ- ވިލިމާލެ އަދި ގުޅީފަޅު ބްރިޖަކުން ގުޅާލައި ވިޔަފާރި ބަނދަރުގެ މަޝްރޫއު ފަށަން ބޭނުންވާ ފައިސާ ހޯދަން ޕާޓްނާޝިޕް ފޯރަމަށް ސަރުކާރުން ހުށަހެޅި އެވެ. މިމަސައްކަތައް 488 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.5 ބިލިއަން ރުފިޔާ) ބޭނުންވާ ކަމަށް ޕާޓްނާޝިޕް ފޯރަމްގައި ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.

ފޯރަމް ނިންމާލުމަށް ފަހު އިއްޔެ ނޫސްވެރިންނާއި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ބުރިޖު އަޅަން ކުރިން ވެސް ސާވޭ ކޮށްފައި އެބަހުރި ކަމަށެވެ.

"ކުރިން ވެސް އެބަހުރި ސާވޭ ކޮށްފައި. އެ ސާވޭތަކާއި އަޅުގަނޑުމެންގެ ޓެކްނިކަލް އެކްސްޕާޓުންނާއި ގުޅިގެން ކުރި މަސައްކަތުން ނެރެވިފައިވާ އަދަދެއް 7.5 ބިލިއަން ރުފިޔާ އަކީ،" އަމީރު ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މާލެ، ވިނލިގިލި، ގުޅިފަޅު، ތިލަފުށި، ބުރިޖަކުން ގުޅާލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަނީ ނިމިފައެވެ. މިމަޝްރޫއަށް ހަރަދުވާނެ ސީދާ އަދަދެއް ބުނަން ދަތި ކަމަށާއި އެކަމަކު މުޅި މަޝްރޫއަށް ގާތްގަނޑަކަށް ހަރަދުވާނީ 400 މިލިއަން ޑޮލަރު ކަމަށް ލަފާކުރެވިފައިވާ ކަމަށްވެސް އޭރު މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ ޖަނަވަރީ 18 ވަނަ ދުވަހު ނަޝީދު ވަނީ މާލެ އާއި ވިލިނގިލި އަދި ގުޅީފަޅު ބުރިޖަކުން ގުޅާލާން ނިންމާފައިވާ ކަން އިއުލާން ކުރައްވާފައެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމިގެން ދިޔައިރު ވެސް އެކަމުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް މާލެ އާއި ވިލިނގިއްޔާ ދެމެދު ބުރިޖެއް އަޅާ ވާހަކަދެކެވުނެވެ. ނަމަވެސް އަމަލީ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ދދދދދ

    ސަރވޭ ކޮށް ހުރިހާ ކަމެއް ކުރީގެ ސަރުކާރުން އޮތީ ހަމަޖައްސާ ނިންމާފަ.

    83
    4
    • Anonymous

      އެއީބގައުމީ ސަރުކާރު މިހާރު މިއޮތީ ހަވަރު ސަރުކާރު. މިހާރު ހަވަރަކީ ދުނިޔެ. ދުނިޔެއަށް މިގައުމު ވިއްކާވާހަކަ އަބަދު ގޮވުންނޫންނކަމެއް މިސަރުކާރަށް ނުކުރެވޭ.

      41
      2
  2. އަހުމަދު. ޕްލޭނިންގ

    ތިޔަ މަސައްކަތަކީ ކުރީގެ ސަރުކާރުން ކޮށް ފައިވާ ވަރަށް ބޮޑު މަސައްކަތެއް އޭޝިޔަން ޑިވޮލޮޕް މަންޓް ބޭންކްގެ އެހީގައި ސަރވޭ ކޮށް ހެދި ރިޕޯޓް މިހާރުވެސް ޕްލޭނިންގ ޑިޕާޓްމަންޓްގައި އެބައޮތް އަންދާޒާކުރި ވަރަކީ 480 މިލިއަންޑޮލަރ އެކަން ކުރީގެ ސަރުކާރުން ވަނީ އިއިލާން ކޮށްފައި މިސަރުކާރު އައި ފަހުން ހެދި ސާރވޭއެއް ނޯންނާނެ މަސްވަރާ ކުރި އެ ރިޕޯޓް ގެ މައްޗަށް

    95
    5
  3. ޞިރާޠު

    ޔާމީން ވެރިކަމުގައި ހުންނެވިނަމަ މިހާރު ތިކަން އޮތީހީ ޢަމަލީގޮތުން ފެށިފަ! ހުރިހާ ޕްލޭންތައް ކުރަހާ ސާވޭތައްހަދާ ފައިސާ ލިބޭނޭގޮތްތައްވެސް ޔާމީން އޮތީ ހޯދާފަ! މިއަދު ފޮނިތައްކެނޑިޔަސް ތިކަމެއް މި ސަރުކާރަކަށްނުވާނެ! ލޯކަލްކައުންސިލް އިންތިޚާބު ބޯމަތިވީމާ ނުވަތަ ދައުރު ނިމެން ވަގުތު ކުޑަތަންވީމާ އަނެއްދައުރަށް ރައްޔިތުން ގުނބޯހެއްދުމަށް ބްރިޖޭކިޔައިގެން ފަހަރުގައި ހާވާގެންފާނެ!

    88
    4
    • ތެދު ހަގީގަތް

      ޔާމީން ވެރިކަމުގައި ހަރާމް ގޮތުގައި ފައިސާ ހޯދީ

      4
      112
      • Anonymous

        މިހަރު އިންޑިޔާއިން ނަގާ އިންޓެރެސްޓް ހަލާލުވެ އެފައިސާ ހަލާކުވީ؟ ބްރެއިން ވޮޝްޑް އަޅުވެތި ގްރޫޕް ގަނޑު ގަޅި ކޮމެންޓެއް ނޫނީ ނުކުރޭ

        50
        1
      • އޮރެންޖު

        ހަރާން ލާރި ހޯދާމީހުން ތިލޮލަށް ނުފެންނަނީދޯ.... މިހާރު ހަރާންލާރި ތިހޯދަނީ. ޔަހޫދީ ބައިގަނޑު

        45
        1
  4. Anonymous

    ކޮންކްރީޓް ތަރައްޤީ އޯޚޭ ވީތަ؟ ކޮސް ނުގޮވަބަލަ. ޖަޒީރާ ވަންތަ ޤައުމެއްގަ އިތުރު ބްރިޖް އަޅާކަށްނުޖެހޭނެ. ރިޔަލުގަ ކުޑަ ނަގައިގެން ދިޔައިމަ މާ ހއްގައިމުވާނެ
    ކާބަފައިންގެ މަސައްކަތް އެގޮތުގަ ބާއްވަބަލަ

    45
    1
  5. ރާޅު ބޯއީ

    ކޮން ސާވޭއެއް ކޮށްގެން ކަލޭމެން ތިޔައުޅެނީ. ބަލަ ޔާމީން ސަރުކާރުން ވަނީ ތިޔަ ސާވޭއެއްކޮށް ހިނގާނެ ޚަރަދުވެސް ބަލާފައޭ. ޔާމީންގެ ކޮންސެޕްޓް ހިފައިގެން މި މީހުން ކުރިކަމެކޭ ކިޔައިގެން ދުވަން ލަދުގަންނަން ޖެހޭ. މިވީ 8 މަސް ދުވަހުގެ ތެޜޭގައި ކަލޭމެންނަށް ވީކަމެއް ހަރާމުން ހަރާމޭ. ވާރޭ ވެހި މުޅި މާލޭގައި ފެންބޮޑުވެ ހިނގާބިނގާވުމަށާއި ދުއްވާ އެއްޗެއްސަށާއި އާންމުންނަށް ދަތިތައް ވަމުންދާއިރު އަޅައެއް ލަނީކީ ނޫން. ވެރިކަމެއް އެބަކޮށްދެއޭ ކަލޭމެން. ކޮބައިތަ އަނގަފުޅާކުރާ މޭޔަރު.

    48
    1
  6. ހަނދާންވަނީ

    ޖަޒީރާ ކުރަނީތަ އަދިވެސް؟

    49
    2
  7. ވެލެޒިނީ

    އަޅާބަލަ ކޮސްނުގޮވާ

    35
    1
  8. ލަބީބު

    ރައީސް ޔާމީންގެ ޒަޢާމަތުގައި ފަށާފައި ނުވަތަ ހުރިހާކަމެއްނިމި ފަށަން ތައްޔާރުވެފައިހުރި މަޝްރޫޢުތަކުގެވާހަކަ މުޅިންވެސް ތި ދެކެވެނީ! އަޅެ އާކަމެއްގެވާހަކަ ކިޔާބަލަ!

    50
    1
  9. ބީތާ

    ނަޝީދު ވަނީ މާލެ އާއި ވިލިނގިލި އަދި ގުޅީފަޅު ބުރިޖަކުން ގުޅާލާން ނިންމާފައިވާ ކަން އިއުލާން ކުރައްވާފައެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމިގެން ދިޔައިރު ވެސް އެކަމުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ ؟
    ވައްޓާލީނޫން ތާ ބީތާތަކާ ؟

    7
    65
    • ފުތާބެއްޔާ

      ވެރިކަން ކުރަން ނޭގިގެން އިސްތިއުފާ ދިނީ

      38
      1
    • މަދު

      ޙޭބަލިވެފަ ހުރެގެން ފުންމާ ލެވުނު އިރުވެސް ނޭގުނީއޭ ކޮއިފުޅާ.

      12
  10. Anonymous

    އަލެއިފެ ދައްކެއިބެލެ ނިކަން

    28
    2
  11. ޖަޒީރާ

    ކުރީސަރުކާރުން މަޝްރޫއައްހިނގާނެކަމައްލަފާކުރިޢަދަދައްވުރެ މިސަރުކާރުން މަޝްރޫއައްހިނގާނެކަމައްބުނިޚަރަދު އައްމިލިއަންޑޮލަރ އިތުރު އެ ކާކުގެޖީބައްބާ އަދިވެސްބުނާނެ ބުރިޖައްްއެވަރުގިނައޭ 25ބުރިއައްމިވަރުމާބޮޑޭ މިމީހުންގެފެންވަރަކީމީ

    37
    1
  12. އަނެއްކާ

    ސޯލިހުގެ ސަރުކާރަކަށް ބުރިޖެއްނޭޅޭނެ ނަމުންސޯލިހު ކަމުންވައްކަން.

    14
  13. މޯދީ

    ޔާމީނު ނޫނިއްޔާ ކަމެއްވާނެ މީހަކު ހުރިހެން ހީނުވޭ! ޚުރީވެސް އޭނަ، އަދިވެސް ފުރުސަތެެްލިބިއްޖެއްޔާމު ކުރާނީ ޔާމީނު! ދެންމިތިބީ އިންޑިޔާގެ އަޅުން!

  14. އަޙްމަދު

    ހިޔާލީ ފޮލަާ ނުކައްކާ.ނުވާނެ

  15. ބުރިންޖް ހަސަން

    މޮޑަން ތަރައްގީގެ ބާނީ ރައީސް ޔާމީނުގެ ވެރިކަމުގައި ސިނަމާލޭ ބުރިޖް 200 މ ޑޮލަރު ، ޗައިނާގެ ހިލޭ އެހީ 120 މ ، އެއްވެސް ރަށެއް ފަޅެއް ، ހަލެއް ޗައިނާއަށް ދިގުމުއްދަތަކަށް ދީފަކައެއް ނެތް ، 488 މ އަން ރުފިޔާގެ ބުރިޖް ޗަކޮއިމެން އަޅަނީ ކިހިނެތް ތޯ ސުވާލު އުފެދޭ ؟ ޢެއްވެސް ޕުލޭނެއް ނެތި ، ހުސް އަނގަ ތެޅުން ނޫން ކަމެއް ނެތް ބަޔަކަށް މި ވަރުގެ ކަމެއް ކުރެވޭނެ ތޯ ؟ ދިވޭހީން ނޭ ބަލން ތިބޭތި މި މީހުން ދިގުމުއްދަތަށް ވިއްކާލާ ފ ރައްތަށް ބަލަން ،،،