ދެފަރާތުގެ އާއިލާެއާ ރުހުމާއި އެއްބާރުލުމާއެކު އުމުރުން 16 އަހަރުގެ ކުދިންނަށް ކައިވެނި ކުރެވޭނެ ފުރުސަތެއް ދިނުމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޝެއިޚް އަލީ ޒައިދު ހިޔާލެއް ދެއްވައިފިއެވެ.
އަލީ ޒައީދު މިއަދު މިހެން ވިދާޅުވެފައި ވަނީ، ރާއްޖޭގެ އުތުރުގެ ރަށެއްގައި ކައިވެނި ބޭރުން އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ދަރިއަކު ލިބުމާއި ގުޅިގެން މިހާރު މީސް މީޑިއާ މެދުވެރިކޮށް ދެއްކި ވާހަކަތަކުގެ ތެރެއިންނެވެ.
އަލީ ޒައީދު ވިދާޅުވީ، ޒިނޭކޮށް ވިހެއުމަކީ "ނޯމަލް ކަމެއް ނޫން" ކަމަށާއި، އެއީ ބިރުގަންނަން ޖެހޭ ކަމެއް ކަމަށެވެ. އަދި ބައެއް ދިވެހިން އުޅެނީ ޔޫރަޕް ފަދަ ގައުމުތަކުގައި ކައިވެނި ނުކޮށް ދަރިން ލިބޭފަހުން ކައިވެނިކޮށް އުޅެވޭ ކަހަލަ ފިކުރުތައް ނުފެެތުރިގެން ކަމަށް އަލީ ޒައިދު ވިދާޅުވިއެވެ.
އަދި 16 އަހަރުގައި ލޯބީގެ ގޮތުން ގުޅިގެން އުޅެ ހުރިހާ ކަމެއް ކުރުން އޯކޭ ކަމަށާއި، ނަމަވެސް ކައިވެނި ކުރުން މަނާ ކަން ފާހަގަކުރައްވަމުން ޒައިދު ވިދާޅުވީ، އޭނާގެ ޚިޔާލއަކީ 16 އަހަރުގައި ދެ ފަރާތުގެ އާއިލާގެ ރުހުމާއި އެއްބާރުލުމާއެކު ކައިވެނި ކުރެވޭނެ ފުރުސަތު ދިނުން ކަމަށެވެ.
އިތުރަށް ޝެއިޚް ޒައިދު ވިދާޅުވީ، ޅަ ކުދިން އުމުރުން 16 އަހަރުގައި ދެމަފިރިކަމުގެ ގުޅުން ހިންގާ ނޫޅޭނެ ކަމަށާއި، ޅައީ އެ ބުނާ 16 އަހަރުގެ ކުދިން ނޫން ކަމަށެވެ.
"ޅައީ މިތާ ވެސްޓާން ހެދިގެން އުޅޭ ސިކުނޑިތައް، ބައްލަވާ ކައިވެނީގެ ފަހުންވެސް ދެ ގޭގަ އުޅޭވެނެ، ކިޔެވޭނެ". ޒައިދު ވިދާޅުވިއެވެ.
ރާއްޖޭގައި އުމުރުން 16 އަހަރުގައިވެސް ކައިވެނި ކުރެވެއެވެ. އެއީ ވަކި ހާލަތްތަކެއްގައި އާއިލާގެ ހުއްދައާއި އެކުގައެވެ.
ކަޅޯ ވިހާ ގޮތަށް ކާވެނި ކުރެވޭ ގޮތް ހަދަން މަށަށް ފެންނަނީ
ނުވިހާ ގޮތަށް ހަދާކަށް ނޫންތަވީ!
ބާލިއުވީމަ ކައިވެނި ކުރެވޭގޮތް ހަދާދީ!
ވަކި އުމުރެއްގަ ކައިވެނި ކުރިުަސް ނުކުރިޔަސް ބަލަންވަނީ އިސްލާމް ދީނުގަ އެއިންްސާނާ ބޮޑުމީހެއްކަމައް ބެލެވެނީ އެމީހާގެ އުމުރުން ކިހާދުއަހެއް ފުރިހަމަ ވުމުންތޯ އެކަން ބެލުމައްފަހު އެޔާ ފުށުނާރާނެހެން ގާނޫނެއްހަދާލީމާ މައްސަލަހެހާބޮޑުވެގެންދާނެހެނެއް ހީއެއްނުވޭ އެހެނަސް މީ ދިވެހިން ފަސްގަނޑުދަށައްދާއިރުވެސް މިމީހުންނައް ހެޔޯގެތެއް ނުފެންނާނެ
ސައިންސު މިހާރު މާ ކުރިއަރައިފި ދީން ފަހަނަ އަޅައިގޮސްފި އެހެންވީމާ 18ރަނގަޅު.
ހަމަ ޔަގީންތަ ސައިންސްއަށް ބޭސްކޮށްފަ އިން ނިންމުމެއްކަން އެއީ؟
ސައިންސު ކިޔަން އިނގުނީވެސް ދީން ބާއްވާލައްވާ އެއައް ތަބާ ވިތާ އެތައް އަހަރެެއްފަހުން. ކަލޭގެ ދިރިއުޅުމަކީ އިސްލާމް ދީން. ދީނުގަ ޝަރީޢަތުގަ ދިރިއުޅުމުގެ ހުރިހާ މައްސަލަތަކެއް ވަނީ ވ ސާފުކޮއް ބަޔާން ކޮއް ދީފަ. ސައިންސަކީ ކަލޭގެ ހަވާނަފުސު ސައިތޯނާގެ ވަސްވާސް