ކްރިމިނަލް ކޯޓުގެ ގާޒީއަކާއި ހައި ކޯޓުގެ ފަނޑިޔާރަކާ ބެހޭގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަތަކެއް ތަހުގީގުކުރަން ނިންމާފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފިއެވެ.
މިރޭ ޖޭއެސްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން ހާމަކުރި ނަމަވެސް، އެއީ ކޮން ފަނޑިޔާރުންނެއްކަން ހާމަކޮށްފައެއް ނުވެއެވެ. އަދި ބަލަމުން ދަނީ ކޮން ކަމަކާއި ގުޅޭ މައްސަލަތަކެއްކަންވެސް ހާމަކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި އެއީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބާއި ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާންގެ މައްސަލަތަކެކެވެ.
ޖޭއެސްސީގެ އިންފޮމޭޝަން އޮފިސަރ ހަސަން ޒަހީން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ގާޒީއަކާއި، ހައިކޯޓުގެ ފަނޑިޔާރެއްގެ މައްސަލަތަކެއް ބަލަން އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
އެ މައްސަލަވެސް ބަލަނީ ކޮމެޓީއަކުންނެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި މެމްބަރު މުހައްމަދު އީސާފުޅު އަދި މެމްބަރު އަބްދުލްހަންނާނު އަހުމަދުއެވެ.
ފަހަކަށް އައިސް ޖޭއެސްސީން ދަނީ ފަނޑިޔާރުންގެ ގިނަ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން ސަސްޕެންޑްވެސް ކޮށްފައި ވެއެވެ.
ތިޔަ ޝުޖާޢުއާއި ނަޖީބަކީ މިރިނުވެ ކާށިވެފައިވާ 02 ފަބޑިޔާރުން ރޯނު އެދުރުން މުރަނގަ ގަހުމާލިމީން ދަަންނަކަމެއް ނުދައްނަކަމެއްވެސް ނެތް ސިޔާސިވެގެންގޮސް ވާހަކަ ދެއްކުމެއްނެތް ޒާތީވެގެންގޮސް މީހުންގެ ޙައްޤުތަކަށް އަރައިގަނެ މީހުންގެ ހައްޤުތައް ހިތުހުރިގޮތަކަށް ގެއްލުވާލަނީ މަރުވާނެކަންވެސް ހިތަށްނާރާ ތިޔައީ ފަނޑިޔާރިގެޔާ 50 ފޯތަށްވެސް ގާތްކުރަން ހެޔޮނުވާވަރުގެ އަނިޔާވެރިން މުޖުރިމުން