ސަލާމަތްކަމާއި، އަމާންކަމުގެ މަގު ދޫކޮށްލައި، މުދަލަށް ދަހިވެތިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަން ކަމަށް، މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެ އެވެ.

"މުދަލަކީ އިމްތިހާނެކެވެ. ވަގުތީ އެއްޗެކެވެ. ތިމާއަށް ފައިދާ ކުުރާނީ އެ މުދާ ހޭދަކުރަންޖެހޭ ކަންކަމުގައި ހޭދަ ކުރުމުންނެވެ. ކީރިތި ރަސޫލާ ހަދީޘު ކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަމިއްލަ މުދަލަށްވުރެ، ވާރުތަވެރިޔާގެ މުދަލަށް ލޯބިކުރުން ބޮޑީ ކޮންބޭކަލެެއްގެ ތޯއެވެ؟ އެހިނދު ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެންމެ ލޯބިކުރާނީ އެމީހެއްގެ އަމިއްލަ މުދަލަށެވެ. އެނޫން މީހަކު އަޅުގަނޑުމެން ތެރެއަކު ނުވެއެވެ. އެހިނދު މާތް ނަބިއްޔާ، ޙަދީޘު ކުރެއްވިއެވެ. ހަމަކަށަވަރުން އެމީހެއްގެ މުދަލަކީ އެމީހާ އާޚިރަތަށްޓަކައި ހޭދަކޮށްފި އެއްޗެކެވެ. އަދި އޭނާގެ ވާރުތަވެރިޔާގެ މުދަލަކީ ހޭދަނުކޮށް އޭނާ ދޫކޮށްފައިދާ މުދަލެވެ." މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

ހަމައެހެންމެ، މިދުނިޔެމަތީގައި އަޅުގަނޑުމެންނަށް އޮތީ، މީހުންނަށް ހެޔޮ ފޯރުކޮށްދިނުމާއި، ހެޔޮގޮތުގައި ﷲގެ މަގުގައި ހޭދަކުރުން ކަމަށާާއި، އެކަން ފަހަށް ލަސްކޮށްފި ނަމަ ވަގުތު ފާއިތު ވެދާނެ ކަމަށްވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

"އިންސާނުން މަރުވުމަށްފަހުވެސް ތިން ކަމަކުން ޘަވާބު ލިބިލިބި ހުންނާނޭކަން މި ޙަދީޘުން ފޭހަވެއެވެ. ވީމާ، ދިރި ތިބީންނަށް ފައިދާހުރި، ޢިލްމެއް ދޫކޮށްފައިވޭތޯ އާއި، އޭގެ ފައިދާ ހުއްޓުމެއް ނުވާ ދެމިގެންދާ ފަދަ ޞަދަޤާތެއް ކުރެވޭތޯ އާއި، އިސްލާމް ދީނުގެ މިންގަނޑަށް ފެތޭ ގޮތަށް ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ. މިގޮތަށް ޢަމަލު ކުރެވިއްޖެ ނަމަ، އަޅާ މަރުވުމަށްފަހު ވެސް ޘަވާބާއި ދަރުމަ ލިބިލިބި ހުންނާނެކަން ކަށަވަރެވެ." މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުޠުބާ ޚާއްޞަކޮށްފައިވަނީ، "ޞަދަޤާތްކުރުމުގެ މުޙިއްމުކަން" މި މަޢުޟޫގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު

    والله اعلم ވަރަށްދީލަތި ބޭފުޅުން މިރާއްޖޭގައި ވަރަށްގިނައެވެ.

  2. ކަހެރުވައް

    ޖާނުން ފިދާވާން ދިއުން އެއީ ވަކި އަމާންކަން ކުޑަކަމެއްތަ؟

    • މިޝެލް

      ކެހެރުވަތް ނަމުގަ މި ކޮމެންޓް ކުރާ މީހާ އަބަދު މިހެން ކޮމެންޓް ކުރާތީ މީނަ އެބަ ޖެހޭ އުޅެނީ ކިހިނެތް ތޯ ބަލަން. ޕޮލިހުން މި ކަން ކުރުން މުހިންމު.

  3. ކުރަނގި

    އަންނި ވަނީ މުދަލަށް ދަހިވެތި ވެފައެވެ އެބަހީ ވެލާނާގެއިން ވައްކަންވެސް ކޮށްފައެވެެ.

  4. ރައްފާން

    ވަރަށް ރަގަޅު ނަސޭހަތެއް