ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕާކިންގް ޒޯންގައި އިތުރު 873 ޕާކިން ޖާގަ ހުޅުވާލައިފި އެވެ.

ހުޅުލޭ އެއާޕޯޓގެ އިރުމަތީ ފަރާތުގައި ޖުމްލަ 11 ވެހިކަލް ޕާކްކުރާނެ ޖާގަ އިތުރު ކުރިއިރު 4250 އަކަ މީޓަރުގެ އެތަނުގައި 862 ސައިކަލް ޕާކްކުރެވޭނެއެވެ.

އެއާޕޯޓުގެ ޕާކިން ޒޯނުގައި އިތުރު ޖާގަތަށް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ޞާލިހެވެ.

އެއާޕޯޓުގެ ހުޅަނގު ފަރާތުގައި ގާއިމު ކޮށްފައިވާ ޕާކިންގ ޒޯނަކީ މިދިޔަ އަހަރު ހުޅުވާލާފައިވާ ޒޯނެކެވެ.

އެ ޒޯނުގައި 36 ވެހިކަލް ޕާކްކުރެވޭއިރު 830 ސައިކަލް ޕާކު ކުރެވޭނެ އެވެ.

ޕާކިންގ ޒޯނުގެ ޖާގަ އިތުރުު ކުރާއިރު އިއްޔެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެފައިވަނީ ޕާކް ކުރުމުގެ އުނދަގުލުގައި ރައްޔިތުން އުޅޭކަށް ނުޖެހޭނެ ކަމަށާއި އަލުން ސްޓިކާ ޖަހަން ފަށާފައިވަނީ ޕާކް ކުރާނެ ތަންތަން ދެއްކުމަށްފަހުގައި ކަމަށެވެ. އެހެން ނަމަވެސް ބައެއް ރައްޔިތުންވަނީ އެވާހަކަތަށް ދޮގުކޮށްފަ އެވެ.

އެމްއޭސީއެލުން ހެދި މި ޕާކިން ޒޯނުގައި ވެސް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ނަށް ހިލޭ ޕާކުރެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުމީހާ

    މާލޭގައި އުޅޭ ރައްޔިތުން ޕާކްކުރަން ހުޅުލެއަށް. އެއީ ތި ވިދާޅުވި ޕާކިން ޒޯންއަކީ.
    މިސަރުކާރުން ތަރައްޤީއަށް ކުރާ މަސައްކަތަކީ މީތޯ. މިނިސްޓަރުން ކުރައްވާ ކަމެއް ނޫން މީ ޕާކިން ޒޯން ހުޅުވުން. ކުރާނެ މަސައްކަތް ނެތީމަ ތިފަދަ ކަންކަންވެސް ރަގަޅު. ތަންކޮޅެއް ވައިރަލްވާނެތަ

  2. ކޮރަލް

    މިކަހަލަ ކުދި ކަންތަކަށް މިނިސްޓަރު ދާނެ ކަމެއްނެތެވެ.