2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަދަލުވުމާއެކު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް ފަރާތަކަށް ކުރާ ދައުވާއެއް މިހާރު ނޯންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމު ވިދާޅުވެއްޖެ އެެވެ.
ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި ވާހަކަފުޅުދައްކަމުން ޕީޖީ ބިޝާމް ވިދާޅުވީ 2012 ވަނަ އަހަރު ވެރިކަން ބަދަލުވުމާއެކު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން ދެ މައްސަލައެއް ކޯޓުން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
"މިހާރުވެސް ކޯޓުގައި 8 ފެބްރުއަރީގެ މައްސަލާގައި ކޯޓުގައި އޮންނާނީ ތިން މައްސަލައެއް, އޭގެތެރެއިން ދެ މައްސަލަ ކޯޓުން އަނބުރާ ފޮނުވާލާފައިފި, ދެން އަޅުގަނޑުމެން މިހާރުވެސް މިދަނީ ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަމުން. ބާކީ އޮތް ހަމައެކަނި މައްސަލަ މި ތިން މައްސަލައިގެ ތެރެއިން، އެ މައްސަލަވެސް މިއަދު ފޮނުވާނެ " ބިޝާމް ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން ވަނީ ފެބްރުއަރީ 8 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ދައުވާކުރި 70 މީހެއްގެ މައްސަލަ ރިވިއުކުރަން ޕީޖީއަށް ހުށަހަޅާފައެވެ.
ސަރުކާރުގެ މުހިންމު އިމާރާތްތަކުގައި ހުޅުޖަހައި، އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ދައުލަތަށް ކުރިމަތި ކުރުވި އެ ހަމަނުޖެހުންތަކާ ގުޅިގެން ގިނަ އަދަދެއްގެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް ކޮށްފައިވެ އެވެ.
މިއީ ނޫންތޯ ނުލިބިގެން އުޅުނު، ހަމަހަމަކަމާއި އިންސާފަކީ؟ ސާބަހޭ ސަދޫމް! ސާބަހޭ މޯދީ! ދައުލަތަށް ނަޝީދު އިސްވެ ހުރެ ދިން އެތައް ބިލިޔަން ރުފިޔާގެ ގެއްލުމުގެ ދައުވާ ވެސް ޔާމީންގެ މައްޗަށް ކުރަން ޖެހޭނެ. އޭރުން އިނސާފު ގާއިމުކުރެވޭނީ.
ހަމަ އެދުވަހު ޖަޒްބާތުގަ ޖެހިގެން ރައްޔިތުންނަށް އަނިޔާ ކުރި ފުލުހުންގެ މައްސަލަ ނުބަލާ ހަމައެކަނި ރައްޔިތުންގެ މައްސަލަ ބެލުމަކީ ދެކޮޅުޖެހޭކަމެއް ނޫން. ފެބްރުއަރީ 7 ގެ ކަންތަކުގަ ވެސް ފިޔަވަޅު އެޅެންޖޭ. އެހެންވީމާ ނިންމުން މިވަގުތަށް ރަނގަޅު.
އާނ އެހެންތާވާނީ ތިމަންމީހާގެ ކަނައަތުގަ އޮންނަ ކަނޑިން އަމިއްލަ ވައަތުގައި ޖަހައި އަތްބުރި ކުރާކަށް ނޫޅޭނެއެއްނު
އެހެންވީމާ ކޮން އިންސާފެއް ކިނބޫ ވެރިކަމުގަ ހޯދޭނީ 2012 ވަނަ އަހަރު ފެބުރުއަރީ 8 ގަ ހަމަނުޖެހުން ހިންގިމީހުން ވެރިކަމުގައި ތިބެގެނެއް އެމައްސަލައިގެ ދަޢުވާއެއް ނުކުރާނެ އެތިބަ މީހުން އިންސާފު ހޯދަށޭ ކިޔާތީ ހަމަ ހިނިއަންނަނީ މިހާރު މިގައުމުގަ މިއޮތީ ލަދުޙަޔާތްކުޑަ ސަރުކާރެއް ސަހަރޯ ހީވޭ މިވެރިކަންވާނެ މިޤައުމަށް ދިމާވެފައި އޮތް ބަލާވެރިކަމަކަށް
8 ފެބުރުއަރީގައި އެމްޑީޕީ މީހުން ގައުގައި އެއްވެސް ޖަރީމާއެއް ހިންގިތޯ/ސަރީޢަތް ނުކުރެވެގޮތް ހެދިދާނެ ނަމަވެސް ދިވެހިރައްޔިތުންގެ ހިތަކުން އެ ޖަރީމާތައް ފޮހެއެއް ނުލެވޭނެ! 212 މިލޔަން ރުފިޔާގެ ގެއްލުން ރައްޔިތުންނަށްދިން!
ހަ ހަ ހަ ސާބަސް.. އިންސާފާ ހަމަ ހަމަ ކަމަކީ މިއީ ނޫންތޯ... މުޅި ޤައުމުގެ ހުރިހާ ތަނެއްގައި ހުޅުޖަހާ އަންދާ އާއްމު ރައްޔިތުންނާ ދައުލަތުގެ މުދާ ތަކަށް ލިބުނު ގެއްލުން ތަކުގެ ޒިންމާ ނަގަންޖެހޭ އެއްވެސް މީހަކު ނެތްކަމީ އިންސާފު ޤާއިމު ވެއްޖެ ކަމުގެ ލާމަސީލު ހެއްކެއް....
ބިސާމުގެ ވަޒީފާޔަޤީންކޮށްލަނީތޯ؟ ދެންޖަލުގައެތައް ދުވަހެއްހޭދަކޮށްފަތިބިމީހުންގެ ޝަރީއަތްތައްވެސް އަނބުރާގެންގޮސް އެންމެންމިނިވަންކޮށްލާ ލުތުފީވެސްހިމެނޭގޮތަށް ދެންއޭރުންޖަލުގަައިހުންނާނީ ހަމައެކަނި ޔާމީން ސަޅިއެއްނު
ސާބަހޭ މިއޮތީ އިންސާފް ކުރުދޮށީގައި. ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމު މަރުވާނެކަން ހަނދާން ނެތުނީތޯ...
ސާބަސް ގައުމު؟؟؟؟؟؟؟ މި ސަރުކާރަކުން އެއްގޮތަކަށްވެސް ބާރުގެ ބޭނުމެއް ނުކުރާނެ، ނުވެސް އިނގޭނެ ކުރާކަށެއް
މިކަން ނުބެލެންޏާ ތިދައްކަނީ ކޮން އިންސާފެއްގެ ވާހަކަތޯ! އެންމެ 6 ގަޑީއިރު ތެރޭ މުޅި ގައުމުގައި ރޯކޮށް އަންދާލަފައި މިހާރު ތިބުނި އެކަމަކީ އޯކޭ ކަމަކޭތޯ! ދެންކީއްވެތޯ ބަގާވާތޯ ތިކިޔަނީ! އެހެންވެސް ނުކިޔޭނެ ނޫންތޯ!
އަޅުގަނޑުމެންގެ ޅަޖީލަށް ތިޔަ ދަސްކޮށްދެއްވަނީ ތިމާ ހިންހަމަނުޖެހޭ ކޮންމެފަހަރަކު ގައުމުގަ ހުޅުޖަހަން. ވިސްނާ ފިކުރުކުރާބަޔަކަށް އިބްރަތެއްވާކަން ކަށަވަރު.
ޕާޓީގެ ވެރިކަމުގައި ޕާޓީއަށް ހުރިހާ ބާރެއް އޮންނައިރު ޕާޓީ ކުދިންނަށް ކަމެއްކޮށްދިނީ ދެއްތޮ. ދެން ޤައުމު އޯކޭ ކޮންމެ ގޮތެއްވިޔަސް. މިއަހަރު މިހާރު ދެބައިވެ ނިމިއްޖެ. ރައްޔިތުންގެ ފައިދާއަށް އެއްވެސް މަޝްރޫޢެއް ނުހިންގާ އަދިއެއް. އެހެނަސް ކުރީ ސަރުކާރުން އެވެނިކަމެއް ކުރިއޭ ކިޔާލަކިޔާލަ ތިބެނީ. ހިތްހަމަ ނުޖެހޭ މީހުންނަށް ފިޔަވަޅުއަޅާ ޖަލަށްލެވޭތޯ ބަލަމުންދަނީ. ޤައުމަށް ކަމެއްކޮށްދީ ރައްޔިތުންގެ ލާބައަށް ކަމެއް ކޮށްދިނުމަށް މަޖިލީހަށް ބިލެއްލިޔަސް ބޭރުކޮށްލަނީ. ދެންތިބެގެން ބޭކާރުވާހަކަ ދައްކާ މުޅިންވެސް މީހުން ވަކިކުރަން ފާސްކޮށްލަކޮށްލާ ތިބެނީ. މަޖިލީހުންވެސް ކުރާހާ ކަމަކީ ދުވާލަކު ތިންހަތަރު މީހުން ހާޟިރުކޮށްގެން މީޑިޔާ ކުރިމަތީ ފަޟީޙަތްކުރުން. ބޮޑުބަޖެޓެއް ފާސްކޮށްގެން ރައްޔިތުންނަށް ކަމެއްކޮށް ނުދިނަސް ބަޖެޓްހުސްވެގެން ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅާފައިއެވަނީ އަހަރުގެ މެދުތެރެއިން. އެނގޭހާވެސް ކަމަކީ ކޮބާހޭ ފާސްކުރި ބޮޑު ބަޖެޓް. މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓް ފާސްކުރީ މިއަހަރު. އެހެނަސް ކަމެއް ނުފެނި ބަޖެޓް ޒީރޯ. ދަޢުލަތުގެ ރިޒާވުން ވަނީ މަދު. ދުވަސްކޮޅަކުން އަނެއްކާވެސް ފްލޯޓިންގ މާކެޓްގައި ޑޮލަރުޖެހޭ ތަނެއް ބަލާލަން ޑޮލަރުގެ ރޭޓް ބޮޑުކޮށްލާފައި ގައުމު ދަރުވާލާފައި ލާރިގަނޑު ޕަކަޅާ ކޮށްލައިގެން އާލާތްގަނޑު ބަޗާނީ.
ހިތާމައަކީ މިވަރު ނުދަންނަ ގަމާރު ދިވެހި ބަޔަކު މިމީހުންގެ ވެރަށް ނަށަމުން ގެންދާތީ.
ދަޢުވާކުރާނެ ކަމެއް ނެތް. އެއީ ގައުމީ ބަޠަލުން. އެމީހުން ކޮށްދިނީ ގައުމުގެ ތަރައްޤީއަށް ކޮންމެހެން ކުރަންޖެހޭ ގައުމީ ކަމެއް.
މިސަރުކާރުން ހުރިހާ ބާރެއް އޮވެ ރައްޔިތުންގެ ލަބައަށް މިހާތަނަށް ކިތަށް މަޝްރޫޢު ހިންގާފައިވޭތޯ ސުވާލުއުފެދޭ
އޭގެ ބަދަލުގައި ފެންނަނީ އެއްވެސް ކަމެއް ކޮށްނުދީ ކުރީ ސަރުކާރު ގޮހޭ ވައްކަމޭ ކޮރަޕްޝަނޭ ކިޔަމުން ދުވަމުންދާ މަންޒަރު
އިންސާފާ ހަމަ ހަމަ ކަމަކީ މިފަދަ އުދުވާނީ ނިރުބަވެރި އަމަލުތައް ތަކުރާރު ނުވާނެ ގޮތަށް އެންމެނަށް ވެސް ހައްގު އަދުބު ލިބުން 200 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ރައްޔިތުންގެ ބަޔަކު ދައުލަތަށް ދިނުމުން އެއްވެސް ކަމަކަށް ނުވެ ނިންމުމުން ދެން ވެސް އެފަދަ އަމަލުތައް ކުރުމަށް ދެވޭ ހިތްވަރަކަށް މިކަން މިވަނީ އަދުލު އިންސާފާ ހަމަ ހަމަ ކަމުގެ ވާހަކަ މިއަދުން ފެށިގެން ދެން ދެއްކުމުގެ ބޭނުމެއް ނެތް. ހިތާމައިގެ ކޮޅަށް ހިތާމަ .... ގުޑް ގަވަރ ނަންސް ގެ މާނަ އޮޅިއްޖެ ކޮން ގައުމަކުން ތޯ މިކަހަލަ ކުށްތައް މައާފު ކުރަނީ ... ކިތައް މީހުންގެ އަގުހުރި ލިޔުންތައް ނެތި ދިޔަތޯ ... ފަހުން އަންނަމީހުން މިކަމުގައި އަދި ތެދުވާނެ.
ދެން ކޮން އެސެޓް ރިކަވްރީ އެކޭ ކިޔައިގެން ކޮމިޝަން ހަދައިގެން ބަޔަކަށް ބޮޑު މުސާރަ ދޭކަޢްތަ؟ހުޅުޖަހާއެތައް މިލިޔަނެއްގެ ގެއްލުން ދިންމީހުން ހަމަ ހިލޭ ދާންވީ
2މަސް ވަނދެން ލުތުފީ އައް ހިމާޔަތްދީގެން އެންބަސީގަ ގެންގުޅެފި 8ފެބްރުއަރީގް ހުޅުޖަހާ ގައުމު އަންދާ އަޅިޔައް ހެދިމީނައް ދައުވާ ނުކުރާން މިނިންމީ މިޔައްކިޔަނީ ތެރަރިޒަމް އައް ހުއްވަރުދިނުން މީދުނިޔޭގެ ހުރިހާގައުމަކުންވެސް މިފަދަކަންކަން ދަރަޖަ ކުރާނެގޮތް.
ދެން ކޯޓުތަކުގަ އާއި ޕޮލިސް ސްޓޭޝަން ތަކުގައި ހުޅުޖެހި މީހުން ހަމަ މިނިވަންކަމާއެކު ދޫކޮށްލާފައި ބަހައްޓަންވީތޯ؟ މިމީހުން މިކުރީ ބޮޑު ޖިނާ ކުށެއް ނޫންތޯ؟ މިހާރުގެ ޕީޖީ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ޙާޒިރުކޮށް ޔާމީންގެ ނުފޫޒު ފޯރުވިތޯ ތަކުރާރުކޮށް ސުވާލުކުރެރެވުނު. މިހާރު އިބޫ ސޯލިހުގެ ނުފޫޒު ފޯރާތޯ އެއްސެވުން މިހާރު މާ މުހިންމު
ކޮބާ އިންސާފު ޤާއިމްވާތަން އެބަފެނޭދޯ އިންސާފަކީ ތިމާގެއަމިއްލައެދުން އިސްކުރުންކަމައްވާނަމަ މިޔައްވުރެން ރަނގަޅައް އިންސާފު ޤާއިމްކުރާ ސަރުކާރެއްދުވަހަކުވެސް ވެރިކަމައްނާންނާނެކަމީ ޝައްކެއްއޮތްކަމެއްނޫން
212 މިލިއަނަށްވުރެ ބޮޑެތި ގެއްލުންތަކެއް އެއްދުވަހުން ކުރިމީހުންނަކީ ކުށެއްނުކުރާ މީހުންތަކަކަށް އެމްޑީޕީ ސަރުކާރުން ހެދުމަކީ ދެންތިބި ދިވެހި ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް އަންދާ ޤާނޫނު
އަމާތްކަޅޯ މިއީއަދި ކޮންފަދަ ބައެއް އެގެއްލުމުގައި މަގޭވެސް ޙައްޤު އެބައޮތް ކީއްވެ މަގޭޙައްގު ތިއުނިކޮށްލީ މަށެއްވާމަޢަފެއް ނުކުރަން އެމްޑީޕީގެ ވެރިކަމެއްގައި އެޕާޓީގެ އެއްވެސް މައްސަލައެއް ނުބެލުމަށް ނިންމަންވީނު އެއިރުން ފިސާރި މެމްބަރުން ގިނަވަނެ ޕާޓީއަށް
އިންޝާއަﷲ ދާދިއަވަހަށް މި ޤަވްމު މިމީހުންގެ ކިބައިން މިންޖުވެދާނެ!
ރމައުމޫނު ގާސިމު އިމުރާނު ޖަމީލު ތިމަރަ ރިޔާޒު ކާނަލް ނާޒިމު ޝުކުރިއްޔާ.... މިގައުމަށް ތިޔަގެނެސްދިން އިންސާފަށް.. ޝުކުރު ހުސްނުވޭ.. އިންސާފަކީ ކޮބައިކަން މިއަދު ދިވެހިންނަ ދަސްކޮއްދީފީމު.. މިއީ ދިވެހިން ނުލިބިގެންއުޅުނު އިންސާފަކީ.. ތިޔަބޭފުޅުން މަސައްކަތުން ދިވެހި ގައުމަށް މިލިބުނީ ތާރީޙީ އަދުލުވެރިކަމެ.. މިސާލު ނަގަމުންދާ ހަލީފާ ހާރޫނުއް ރަޝީދާ އުމަރުބުނު ޙައްތާބުގެ ވެރިކަމަށްފަހު ދުނިޔެއިން ފެންނާނެ މިސާލެ ނެތްފަދަ އަދުލުވެރިކަމެމީ... މިއަދަކު އަނިޔާ ލިބޭ އަކަކުވެސްނެތް އަނިޔާވެރިކަންނިމި ސޯލިހު ވެރިކަމެ ތިޔަހޯދަދެވުނީ ތިބޭފުޅުން ރައްޔިތުންނަ ވިސްނަދީ ކުރި މަސައްކަތާ ކުރިހޭދައިން... އަހަރެމެން ދެދުނިޔޭގަ ތިބޭފުޅުންނަ ހެޔޮދުއާ ކުރަން މަޖުބޫރުވެއްޖެ މިފަދަ ހެޔޮލަފާ ވެރިކަމެ ގެނެސްދިނީތީ... މާތްﷲ ރޔާމީންއަށް ﷲނަސްރު މިންވަރުކުރައްވާ މިމުސީބާތުން މިންޖުކުރުމުގެ ތައުފީގާ ނަސްރު މިންވަރުކުރައްވާދޭވެ. އަހަރެމެންގެ ގައުމަށް މިދިމާވިކަމުން މިންޖުކުރެއްވުމަށް އިބުރާހިމު މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމަކަށް ގެންނާވާފާދޭވެ... ނަޝީދު ވެރިކަމުން މިގައުމު މިންޖުކުރައްވާ އޭނާގެ ބާރު ނެތިކުރައްވާންދޭވެ.. މިއީ ދިވެހި ރައްޔިތެއްގެ ދުއާ ﷲ އަވަސް އިޖާބައެއް ދެއްވާ މިކަމުން ސަލާމަތް ކޮއްދެއްވާންދޭވެ..
މަވެސް ބެލިން ޓީވީ. މަ އަޑުއެހީ އެކަމެއް ކުރިއްޔާ ކުރި ބަޔަކަށް ދަޢުވާކޮށް ނިންމާފައޭ ވާނީ ބުނިއަޑު. ކޮންމެވެސް މެންބަރެއް ބުނީ ދަޢުވާ ނުކޮށް އޮންނާނެހޭ. ބުނީމައި އެކަމަނާ ވިދާޅުވީ ނޯންނާނެއޭ ނުކޮށެއް. އެކުން މިހާރު ކުރެވޭކަށްވެސް ނޯންނާނެއޭ ކޮންމެވެސް އިޖުރާއަތުގެ ޤާނޫނެއް ވުޖޫދަށް އައީމަ. މިއީވާ ބައެއް.
މިތާކު މިހާރު އެއްވެސް ހަމައެއް އިންސާފެއް ނޯންނާނެ. ސިޔާސީ މީހުންގެ ބަހުރުވައިން އިންސާފަކީ ކޮބައިކަން އަހަރެމެން ދިވެހިން ދަސްކުރަން އެބަޖެހޭ! . އަޅުގަނޑަށް ދޭހަވާ ގޮތުގައި ސިޔާސީ މީހުންގެ ބަހުރުވައިން އިންސާފަކީ "ތިމާގެ ގޯތީގެ އިން ކުނިކަހައި ސާފު ކޮށް ބެލެހެއްޓުން. އެހެނީ. އިން އެއީ އިމެވެ. އަދި ސާފު އެީ ސާފު ކުރުމެވެ." މިނޫން މާނައެއް އަޅުގަނޑަކަށް ދޭހައެއް ނުވެއެވެ.
ތި ގޮތަކަށް ނުނިންމޭނެ .ގައުމުގަ ރޯކޮށް ހިންގި ގެއްލުން ގާނޫނުނަންބަރު 1/68 ޖ ގެ 9 ވަނަ މައްދާއާ ތައާރަޒްވޭ . ރައީސަށް ވެސް މިކަން މައާފް ނުކުރެވޭ އިރު މިކަން ކުރެވޭނީ ކިހިނެތް.
ރަންކޮޅާ މިސަރުކާރުގެ ހަމަ ހުރިގޮތް ދެކިބަލަ! ޢާއްމު ރައްޔިތުންގެ މުދާ ބޮޑުން ބުނެގެން ސުންނާފަތި ކޮށްފިނަމަ ކުއްވެރިއެއް ނުވޭ! އެއްކުށެއްގައި 123 މީހުން ބައިވެރިވިއަސް ވެރިމީހާ ބުނާމީހުން ކުއްވެރިވަނީ! ކޮބާ އިންސާފަކީ މަވާ ބޯހަލާކު ! އިސްތިއުފާ!
ކޮބައި ޝައިޚް ޢިމްރާނޫ! ޢަދުލު އިންޞާފް އެކޮޅުކޮޅުންޖެހެމުންދާއިރުވެސް ދީނާ ޤަވްމަށްޓަކައި އަދިވެސް ހަމަ މަޤާމުގައި ދެމިހުރުންތޯ މުހިއްމީ؟
ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމު : ތީ ތޯ އަދުލު އިންސާފަކީ ކަލޭ ތީ ހަމަ މި ގައުމުގެ ދުޝްމިނެއް ކަލޭ ތީ ހަމަ ޚާއިނެއް ، ތަހޫދީ އެއް
މިވަރުގެ ހަޔާތްކުޑަ، ޢަދުލު އިންސާފް ނެތް ސަރުކާރެއް ދިވެހި ތާރީޚް އަދި ނުދެކޭ. ޔާﷲ! މި އަނިޔާވެރި ސަރުކާރުގެ ވަކިތަކުން މި ލޮބުވެތި ޤައުމާއި ރައްޔިތުން ސަލާނަތް ކޮށްދެއްވުން ލަސްކުކުރައްވައިފާނދޭވެ! އާމީން.
ކޮރަޕްޝަން ސަރުކާރު އިސްތިއުފާ
އެއީދޯ ގާނޫނުގެ ހުކުމަކީ. ބާރުގަދަ ވަގުކަލޭގެ މުށުތެރެއަށް ބާރުތައްވަނީމަ ޝަރުއީ ދަތްތައް ފޭބުން އެއީ ބާ ގާނޫނުގެ ހުކުމަކީ...މުޖްރިމުން އެތިބީ ދައުލަތުގެ އެތައްއެތައް މިލިޔަން ރުފިޔާގެ މުދަލެއްގައި ހުޅުޖަހައި ޓެރަރައިޒް ކޮށްފައި. ޢަދި ބޮޑު ޓެރަރިސްޓު ތިހުރީ ގޭންގް ލީޑަރ ހެދިފައި.