ޖުމްހޫރީ ޕާޓީގެ ކުރީގެ ރަޖިސްޓަރ އަހްމަދު ސައުދު އެ ޕާޓީގެ ނައިބު ރައީސަކަށް އިންތިޚާބުކޮށްފިއެވެ.
ޖޭޕީގެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ބޮޑު ބޭބެ ވިދާޅުވާ އަހުމަދު ސައުދު އެ ޕަޓީގެ ނައިބު ރައީސަކަށް އިންތިޚާބު ކޮށްފައި މިވަނީ އެމަގުގައި ކުރިން ހުންނެވި ޑރ.އަބްދުﷲ މައުސޫމު އިސްތިއުފާ ދެއްވުމުން އެ މަގާމު ހުސްވެފައި ވަނިކޮށް ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައެވެ.
އަހްމަދު ސައުދު މަގާމަށް އިންތިހާބުކޮށްފައިވަނީ ރޭ ބޭއްވި ޖަލްސާއެއްގައެވެ.
ޖޭޕީގެ ރައީސަކީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.
މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިންތިޚާބުތަކުގައި ވާދަ ކުރައްވާނެ ކެނޑިޑޭޓުން ހޮވާނީ ޕްރައިމަރީ ބާއްވައިގެން ކަމަށްވެސް ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެޕާޓީން މައުލޫމާތު ދެއްވިއެވެ.
ތިޔަވެސްހަމަ އާޢިލާއައްދޯ ތީތިކަޑައޭ ޤާސިމޫ
މިހާރު ކާސިމްބޭގެ އަޑެއް ބަޑެއް ނީވޭ. ކިހިނެއްވީބާ؟ އަނބިގޮއްޔެގެ އަޑުވެސް މަޑުވެއްޖެ.