ފުލުހުން ވަޒީފާ އަދާކުރަމުން އަންނަ މާހައުލުގައި މިއަދުވެސް ނުރައްކާތެރިކަން އެބައޮތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރ މިގޮތަށް ވިދާޅުވީ މިއަދު ހެނދުނު ކުރިއަށް ދިޔަ "ފުލުހުންގެ މެމޯރިއަލް ޑޭ" ގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮމިޝަނަރ ވިދާޅުވީ ބައެއް ފަރާތްތަކުގެ އެއްބާރުލުން ފުލުހުންގެ ވާޖިބަށް ލިބިފައި އޮތަސް އެއްބަޔަކު އަބަދުވެސް ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހުންނާއި މެދު ނަފްރަތުކޮށް ގޯނާ ކުރާ ކަމަށެެވެ. އެގޮތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ބައެއް ފަރާތްތަކުން އަނިޔާ ކުރަމުން ގެންދާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
އަދި އޮންލައިން ޕްލެޓްފޯމްތަކުގައި ބައެއް ފުލުހުންނަށް ބިރުދައްކަމުން އަންނަކަން ފާހަގަކޮށް ކޮމިޝަނަރ ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި ގާނޫނު ތަންފީޒް ކުރުމުގެ މަސައްކަތް ކުރާއިރު އަބަދުވެސް ޤާނޫނުތަކަށް ބޯލަބަން ޖެހޭނެ ކަން ސިޕީ ވަނީ ފުލުހުންނަށް ހަނދާން ކޮށްދެއްވާފަ އެވެ.
ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ތައުލީމާއި ތަމްރީން އަދި ޖިސްމާނީ އަދި ނަފްސާނީ އަނިޔާ އާއި ގެއްލުމުން ރައްކާތެރިކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމާއި ފޯރުވައިދޭން ޖެހޭ މަސައްކަތަށް ބޭނުންވާ އާލާތްތައް ހަމަޖައްސައި ދިނުމަކީ އިސްކަން ދޭ ކަމެއް ކަމަށެވެ.
މިޖަލްސާގައި ވަނީ "ޑިޖިޓަލް މެމޯރިއަލް" ގެ ނަމުގައި ފުލުހުންގެ ވެބްސައިޓެއް ލޯންޗް ކޮށްފައެވެ. އަދި ޑިއުޓީގައި ހުއްޓާ ޝަހީދުވެގެން ގޮސްފައިވާ 5 ފަރާތެއްގެ ޒިކުރާވެސް އާ ކޮށްފައެވެ.
ސީ.ޕީ ޙަމީދު އެ ވިދާޅުވީ ތެދުބަސްފުޅެއް. އެކަމަކު މާތްﷲގެ އިރާދަފުޅާއި މިންވަރުފުޅުން، ނުބައިރޭވުންތައް ރާވާ ފަރާތްތައް އަބަދުވެސް ވާނީ ބަލިކަށި. ތަދުބީރު ކުރާމީހުން ތަދުބީރު ކުރާއިރު މިންވަރު އެއިގެމައްޗަށް ހުންނާނީ ހީލަހީލައެވެ. ދިވެހި ފުލުހުންނަށް ނަޞްރާއި ކާމިޔާބަށްއެދެމުން، ޚިދުމަތުގައި އެއްމެފިޔަވަޅެއްވެސް ފަހަތަށް ނޭޅުއްވުމަށް ހިތްވަރުދޭން.
މާތްވެގެންވާ އިސްލާމް ދީނާއި، ރައްޔިތުންނާއި، ޤައުމުގެ ދިފާޢުގައި، ފުލުހުން ތިޔަކުރައްވާ މިންނަތް ޚިދުމަތަށް، މާތްﷲ ތާއަބަދުމެ ނަޞްރާއި ކާމިޔާބު ދެއްވާށި. އާމީން
ފުލުހުންނައް މިއަދު އޮތް އެންމެ ބޮޑު ނުރައްކަލަކީ ފުލުހުންގެ ކަމިޝަނާރ އެމް ސީ ހަމީދު. ފުލުހުންގެ އަގުވައްޓާލުމައް އަބަފު މަސައްކަތް ކޮއް ކުއްވެރިންނާއި އެކުވެރި ޕާޓީގެ އެކްޓިވިސްޓުންގެ ރުހުން ހޯދުމައް އެވެރިން އެދޭހާ ކަމެއް ކޮއްދެމުން އެދަނީ މަގާމުގެ ނުފޫޒު ފޯރުވައިގެން. އެމް ސީ ގެ ބަސްމަގު ހުންނަނީ ވަރަށް ހުދުމުހުތާރުކޮއް. ދުވަހަކު މާފެއް ނުކުރާނަން.
މީނައަކީ ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގޭ މޮޅު މޮޔައެއް އަބަދުވެސް ޕޮލިހުންގެ ވާޖިބު އަދާކުރަނީ ޤައުމަށްޓަކައި ޖިހާދުވުމަށް ތައްޔާރަށް ތިބެގެން ކަން ނޭނގޭތަ؟
އެމް.ޑީ.ޕީގެ ނުރައްކާ ފުލުހުންނާ މުޅި ގައުމަށް ގައުމުގެ އަދުއްވުންތިބީ މިސަރުކާރުގެ މަތީ ފަޑީގަ އެނގި ހުރެގެންދޯ ތިވާހަކަ ތިޔަދައްކަނީ
ފުލުހުންނަށް މީގެ ކުރިންވެސް އަދި މިހާރުވެސް އޮތް އެންމެ ބޮޑު ނުރައްކަލަކީ ހަަމަ ކަލޭ !!!! އެހެންވެދޯ ވަޒީފާއިން ވެސް ބޭރުކޮއްލީ... އަންހެނުންގެ ޕާރޓީ އަށް ވިކިފަ ހުރި މީހެއް ކަލޭއަކީ...