މި ސަރުކާރުގައި ގާނޫނުގެ ކުރިމަތީ އެންމެން ހަމަހަމަ ވާނެ ކަމަށް ފުލުހުން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ރޭ ފުލުހުންގެ މަައި އިދާރާއަށް ބަޔާން ނަގަން ހާޒިރު ކުރި މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓްގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު މައިމޫން މުހައްމަދު ވިދާޅުވެއްޖެ އެވެ.

"ވަގުތު"އަށް މައުލޫމާތު ދެއްވަމުން މައިމޫން ވިދާޅުވީ ރޭ ފުލުހަށް ގޮސް ބަޔާން ދީފައިވާނެ ކަމަށާއި މި ސަރުކާރާއި އަދި އެއްވެސް އިދާރާއަކަށް ހުތުރުވާގޮތަށް އެއްވެސް އަމަލެއް ނުކުރާނެ ކަމަށެވެ.

"މި މައްސަލާގައި އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ފުލުހުނަށް ލިބޭނެ, ލައިސަންސް ހިފެހެއްޓީމަ ބިރު ދެއްކި ކަމަށް ބުނީ އަޅުގަނޑުގެ މަގާމު މި މައްސަލާގައި ހިމެނޭ ފުލުސް މީހާ އާއި ދިމާލަށް ބުނުމުން, އަޅުގަނޑު ފުލުހަށް ދިން ބަޔާނުގައި ވާނެ މަގާމު ބުނީ ހައިސިޔަތު ބަޔާން ކުރުމަށް ކަމަށް" މައިމޫން ވިދާޅުވިއެވެ.

މައިމޫން ރޭ ފުލުހަށް ހާޒިރު ކުރީ މިދިޔަ ޖޫން މަހު 23 ވަނަ ދުވަހު، ދަންވަރު 1:00 ހާއިރު އޭނާ ފުލުހަކަށް އިންޒާރު ދިން ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ބަޔާން ނެގުމަށެވެ.

މި މައްސަލާގައި މައިމޫން ވިދާޅުވީ، އެއްވެސް ފުލުހަކަށް އިންޒާރު ނުދޭ ކަމަށާ، އޭނާގެ ލައިސަންސް ކާޑް ހިފެހެއްޓީ ފުލުހަކާ ވާހަކަ ދެއްކެވި ހަރުކަށި ގޮތް ފުލުސް މީހާއަށް ކަމުނުގޮސްގެން ކަމަށެވެ. މައިމޫން ވިދާޅުވީ، މި މައްސަލަ އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިދިޔަ ސަރުކާރުގައި އެތަށް ފަހަރު ހައްޔަރު ކޮށް 30 ދުވަސް ވަންދެން ފޯނު ހިފެއްޓި އަދި ވޭތުވެ ދިޔަ 2 އަހަރުތެރޭ މުޒާހަރާތަކުގައި އެންމެ ގިނައިން ފުލުހުންނާއި ކުރިމަތިލި އެކްޓިވިސްޓެއްގެ ގޮތުގައި މައިމޫން ވަނީ ފާހަގަ ކުރެވިފައެވެ.

އެމްޑީޕީގެ މަތި ދެކުނު ޕްރޮވިންސްގެ މެންބަރު ކަންވެސް ކުރައްވާ މައިމޫން އިތުރަށް ވިދާޅުވީ މިފަދަ ކަންކަން ފުލުހުންގެ ފަރާތުން ތަކުރާރު ވާން ބޭނުން ނުވާ ކަމަށާއި މި ކަންކަން ހުއްޓުވަން ފުލުހުންގެ ކިބައިން އެދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަހަހަހ

    ގޭންގު ލީޑަރެއްދޯ..ވަރައްސަޅާމް

    21
    1
  2. ރިދާ

    އަދިވެސް މީނަ ޕޮލިހުންނައް ބިރުދައްކާނެ..ހާދަ ބާރުގަދަ ލީޑަރެއްހެން ހީވޭ

    19
    1
  3. maldives

    Meenaa akee varah fenifa hunna varah goi kuda meheh. Evves meehakah ihuthiraam kuraa meeheh noon. Fuluhun uniform elheema excutive director akas suvaalu kureveyne. Mee mi sarukaaruge fenvaru

    17
  4. އިންސާނާ

    ކޮބާ ކުދިންނޭ މިޒަމާނަކު މާމަތީ ތައުލީމެއް ބޭނުމެއްނޫން ކުރަންވީކަމަކީ އެމްޑީޕީ މުޒާހަރާތަކުގަ ވީހާވެސް ގިނައިން ފުލުހުންނާ ކުރިމަތިލާންވީ ގިނައިން ހައްޔަރުކުރުވާންވީ އެރުން ޑިރެކްތަރުކަން ކަށަވަރުވާނެ

    21
  5. ރައްޔިތު މީހާ

    ޖޯކް އޮފް ދަ އިޔާރ... މީ ސިޔާސީ މީހުންނަށް ހީވަނީ މިމީހުންނަކީ ޤާނޫނު ގެ މަތީގައި އުޅޭ ބައެއްހެން... ކީއްކުރާނީ ދޯ އަދުގެ ސަރުކާރުގެ އަގު ވެއްޓެނީ މިކަހަލަ ކަނޑު ކޮހުންނަށް ވަޒީފާ ދީގެން... މިމީހުންނާ ގުޅޭނީވެސް މިކަހަލަ ކަނޑު ކޮހުން... ތިމަންނަގެ ސަރުކާރޯ ބޭނުން ގޮތެކޯ ހަދާލާނީ ކިޔާ މާފަންނު ޕޮލިސް މޭޒުގަ ތަޅާ އަޑުގަދަ ކުރިއިރު އެމަންޒަރު ބަލަން އެތައް ފުލުހުންނެއް ތިބި.. ކޮންމެހެން މަތި އޮމާން ކުރަން މޮޅެތި ޓުވިޓް ކުރާނއ ކަމެއްނެތް ސޯޓު ބޭލެން ހެދީމަ..

    21
  6. ފަރޭ

    ޕޮލިހުންނައް ބިރު ދައްކައިގެން ތިމަގާމުގަ ހުރެވިދާނެ. ދެން ނަގާ ރާޅު ބޮޑުވެދާނެކަން ވިސްނާތި. މީހަކައް ދެރައެއް ދީފަ މާގިނަ ދުވަހަކު ނުކުރެވޭނެ. އެ އަނބުރާ ތިމާގެ މޫނާ ދިމާލައް އަންނާނީ ވަރައް ހަޑިކޮއް

    22
    2