ސަރުކާރު ވައްޓާލުމުގެ ފިކުރު ސަރުކާރުގެ ތެރެއިން ކޯދުލާން ފަށާފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ، މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ މި ސަރުކާރު ވައްޓާލެވިދާނެ ކަމަށާއި، ނަމަވެސް ވައްޓާލިޔަސް އެމްޑީޕީ އެނބުރި އައިސް އަނެއްކާ ވެސް މިހާރު މިކުރާ މަސައްކަތް ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ވައްޓާލުމުގެ ފިކުރު ކޯދު ލަމުންދާނީ ސަރުކާރުގެ ތެރެއިން ކަމަށެވެ.

"އެއީ ގައުމަށް ގެއްލުން ނުހަނު ބޮޑު ކަމެއް. ތަރައްޤީ އަށް ހުރަސް އެޅޭނެ ކަމެއް. ގައުމު ތަރައްޤީ ނުކުރެވުނަސް ބަޣާވާތް ކުރާނެ ކަމެއް ނެތް." އާދަމް ޝަރީފް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދުވަހުގެ ޙަރަކާތްތައް އިފްތިތާޙްކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ "އަޅުގަނޑުމެންގެ (ވެރިކަން) ވައްޓާލެވިދާނެ. ނަމަވެސް އެނބުރި އައިސް ހަމަ މިވާހަކަ އަނެއްކާވެސް ދައްކާނަން." ކަމަށެވެ.

"ތަކުރާރުކޮށް ދައްކަން އޮތީވެސް ހަމަ އެއްވާހަަކައެއް. އެއީ ޖީބަށް ވަންނަން އެއްޗެއް އިތުރުވާން އެބަޖެހޭ ވާހަކަ، އަޅުގަނޑުމެން ވައްޓާވެސް ލެވިދާނެ، އެހެންނަމަވެސް އަޅުގަނޑުމެން އެނބުރި އަންނާނަން." ނަޝީދު ވިދާޅުވިއެވެ.

މިވެރިކަން ވައްޓާލެވިދާނެ ކަމަށް ނަޝީދު ވިދާޅުވިއިރު އެމްޑީޕީ އަށް 2008 ވަނަ އަހަރު ފުރަތަމަ ލިބުނު ވެރިކަން ވެސް ދައުރު ހަމަނުވަނީސް ވަނީ ވެއްޓިފައެވެ. ތިން އަހަރާއި ދުވަސް ކޮޅަކު ނަޝީދު ވެރިކަން ކުރައްވާފައި ވަނިކޮށް އެމަނިކުފާނުގެ ވެރިކަން ވެއްޓުނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނުކޮށް ފޮރުވި މައްސަލައިގައި ފުލުހުން ސަރުކާރާއި ދެކޮޅަށް ނިކުތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ފޮނިދޫނި

    އެއަ ވެސް ކަމެއް ނުވީމަ ލާރިގަންޑު ކާލާ ބަގާވާތޭ ކިޔާފަ ބަޗަން އެއުޅެނީ މިހާރު

    59
    3
  2. ދޮންބެ

    "ތަކުރާރުކޮށް ދައްކަން އޮތީވެސް ހަމަ އެއްވާހަަކައެއް. އެއީ ޖީބަށް ވަންނަން އެއްޗެއް އިތުރުވާން އެބަޖެހޭ ވާހަކަ، އަޅުގަނޑުމެން ވައްޓާވެސް ލެވިދާނެ، އެހެންނަމަވެސް އަޅުގަނޑުމެން އެނބުރި އަންނާނަން." ނަޝީދު ވިދާޅުވިއެވެ. ނަސީދޫ، ކަލޭ ހުރޭ އަރާ އެއްފަރާތުގައި، އަހަރެމެންވެސް ތަކުރާރުކޮށް އެވާހަކަ ދައްކަފާނަން، އެކަމަކު އެވާހަކަ ދައްކައިގެން ޖީބަށް ވަންނަ އެއްޗެހި އިތުރުވާނެބާ..؟

    49
    1
  3. އަހްމަދު

    ސަރުކާވެއްޓިދާނެވާހަކަދެއްކޭ އެންމެބޮޑުސަބަބަކީތިޔައީ ފަތުރުވެރިކަމާބެހޭ ބައްދަލުވުމަކަށްގޮސް ބައިސާ ކެނޑުމަކީ މަޖިލިސްގެރައީސްކުރަންޖެހޭކަމެއްބާ؟ އެހެންވީމައެމްޑީޕީގެތެރެއިން ސަރުކާރުވައްޓާލުމުގެހުރިހާކަމެއް އަންނާނެކަމައް ބަލަންމިތިބީ

    38
  4. މޭން

    މީދެން ކިހާބޮޑު ކަމެއް.. ވަށްޓައެއް ނުލެވޭނެ!!!!

    13
    31
  5. ޢިޔާބު

    އަންނިގެ ސަޕޯޓައެކު ނުކުންނަންވީ.

    14
    2
  6. ހެޔޮކޮށް

    ރަނގަޅަށް ތިޔަ ވަދާޅުވެވުނީ....މުޅި ހިންނަވަރުގެ އާބާދީއަށް އަދި އެކްޓިވިސްޓުންގެ ދަރިންނަށް ޒީރޯ ޓޮލަރެންސް އޭ ކިޔާފައި މަގާމުތައް ދޭން އުޅުނީމަ ދެން ވާނީ މިކަހަލަ ގޮތެއް

    20
    1
  7. ޢިމްރާން

    އޭ ރީނދޫ ރަނޑު މީހާ ގަނޑާއެ! ކަލޭ އަށް އިންގޭތަ ވެރި ކަމާއި އާރާބާރާއި މުއްސަނދިކަމަކީ މާތް ﷲ ދެއްވާ އެއްޗެއް. މީސްތަކުންނަށް އެކަމަށް އެދި ސަބަބުތަކުގައި ހިފައިގެން މަސައްކަތްކުރެވޭނީ. އެކަމު ކަލޭ ތިޔަފަދައިން ބުނާއިރުގަ ހީވަނީ ވެރިކަމަކީ ކަލޭގެ މޮޅުކަމުން ލިބޭ އެއްޗެއްކަމަށް. ކަލޭ ތިޔަހާ މޮޅިއްޔާ ވެރިކަމުގައި ދުނިޔެ ހުސްވަންދެން ނޫނީ މަރުވަންދެން ހުރެބަލަ. ފިރުއައުނު ވެރިކަމުގައި ހުރި ފަދައިން. މި ބިމުގައި ފިތުނަ އާއި ފަސާދަ ފަތުރާ މީހެއް ކަލޭތީ

    21
  8. އަޙްމަދު

    ނަޝީދު އަކީ ވެރިކަމާ ހެދީ ބޫތު ކާފައި ހުރިމީހެއް. މިހާރު އެއުޅެނީ އިބޫވައްޓާލަން ވެގެން! އަޅެ މީކިހިނެއްވެގެން އުޅޭމިހެއްބާ! މިނާގެ ނުފޮރޮއްޕާނުން މިޤައުމު ސަލާމަތްވާނީ ކޮންދުވަހަކުބާ!

    21
  9. ޓަބުރޫދު

    މިސަރުކާރު ވައްޓާލަންވީ

    18
    1
  10. ހުސެން

    މި ވެރިކަން ވައްޓާނީ ނަޟީދު ،ވެރިކަން ބޭނުންވެގެން އެއުޅެނީ ،ދެނެއް ރައްޔިތުން ގުނބޯ ނެހެއްދޭނެ،

    18
    • ގުނބޯ

      ގުނބޯ ހެދޭވަރަކަށް ހެދޭނެ. ފައިސާއިން ބޭނުންކަމެއް ކުރެވޭނެ. ރާއްޖޭގެ ބޮޑު މެޖޯރިޓީއަކީ ހަމަ ރިޝްވަތު ހިފާމީހުން.

      21
  11. ޖާން

    ފެށިގެން މިއުޅެނީ އެއްވެސް ރައްޔިތެއްގެ " ދަތްދޮޅި " ދުއްވާ ނުލެވިގެން ހޭބަލިވާތަން.

    5
    3
  12. ހުރާގަނޑު

    މިސަރުކާރު ވައްޓާލަން ސަރުކާރުގެ ތެރެއިން އަންނަނީ ވަރަށްބޮޑަށް ރޭވުންތަށްރާވަަމުން މިކަންކާމިޔާބު ވެއްޖެނަމަ ދެވަނަރައީސް ވެސް ފިލާރައްކާވާނެ .

    1
    1
  13. ވެންއިޓް

    މާސްޓާ ޕްލޭން ހަ މަހުން އެކުލަވައިލެވޭނެ ކަމަށް ބުނާނަމަ ތިޔާ މާސްޓަރ ޕްލޭން ގައި މާލެ ސަރަހައްދުން ފަޅު ތަކެއް ހިއްކާ ގެސްޓް ހައުސް ތަކާއި މޮޓެލްސް ތަކާއި ހޮޓާ ތަކާއި އަދި ލައިޓް އިންޑަސްޓްރިއަލް ޕާރކްސް ބިލްޑިންގްސް ހަދަން ކޮށްދިއްޕަރު ފަޅު ހިއްކާ އެތަނުން 500 ފޫޓް ދިގު އަދި 500 ފޫޓް ފުޅާ ބިމެއް އެކަން ކުރަން ބޭނުންވާ ދިވެހި ކޮންމެ ކުންފުންނަކަށް ދޭންވީއޭ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ވެން އިޓް ކަމްސް ޓު ޕްލޭނިންގް ޑޯންޓް ބީ ބްލައިންޑް އޮން އިޓް...

  14. Anonymous

    އަސްލު ވައްޓާލަންވީ. ބޮޑު ބަލާއެއް. 30 ބިލިއަންގެ ބަޖެޓް ދިރުވާލައިފި. ކިނބޫ އަކަށް ވެރިކަމެއް ކުރާކަށް ނޭނގޭ. ތަނެއް ދޮރެއް ދޮރާއްޓެއް ވައްކެއްނުވޭ. ބޮލު ރޮދިކެނޑިފަހުރި ބީތާއެއް.

  15. ސަޓޯ

    އަބަދު ވެއްޓިފަ އޮންނަ ސަރުކާރެއްނު ތިއީ. ލޮލް