ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވުމަށް އުޅުއްވަނިކޮށް ހިފަހައްޓާފައި ހުންނެވި ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިންޑިއާއިން ހިމާޔަތްނުދީ އަނބުރާ ރާއްޖެއަށް ފުރުވާލާފައިވާ ކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފިއެވެ.

އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ އެޤައުމުގެ ނޫސްތަކުން މިކަމާއި ގުޅޭގޮތުން ބުނެފައި ވަނީ، ކުރިޔަށް އޮތް ދެވަރަކަށް ދުވަހުގެ ތެރޭގައި އަދީބު ރާއްޖެއަށް ގެންނާނެ ކަމަށެވެ. އެމަނިކުފާނު ރާއްޖެއަށް ފޮނުވާލުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާކަން ޔަޤީންކޮށް އަރުވަމުން އޮފިޝަލް ބުނެފައި ވަނީ، އަދީބު ރާއްޖެއަށް ފުރުވާލާފައިވަނީ އޭނާ އިންޑިއާއަށް އެތެރެވުމަށް މަސައްކަތް ކުރެއްވި ޓަގް ބޯޓުގައެވެ.

އެ ބޯޓުގައި އަދީބު ރާއްޖެއަށް ގެންނައިރު، ރާއްޖޭގެ އޮފިޝަލުން ވެސް ބޯޓުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ވެއެވެ. ރާއްޖެއަށް އަދީބު ފުރުވާލާފައިވަނީ އިންޑިއާއިން ޑީޕޯޓުކުރުމަށް ފަހު ކަމަށް ނޫސްތަކުން ބުނެއެވެ. އެމަނިކުފާނު ރާއްޖެ ގެނައުމަށް ޓަގް ބޯޓުގައި ފުރުވާލީ ރޭގެ ވަގުތެއްގައި ކަމަށް ވެއެވެ.

އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ ނިއު އިންޑިއަން އެކްސްޕްރެސްއިން އިއްޔެ ބުނެފައި ވަނީ، އެޤައުމުން އަދީބު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެ ނޫހުގައި ބުނެފައި ވަނީ އަދީބު އާއި އަދި ހައްޔަރުކުރި ކަމަށް ބުނާ އިތުރު ނުވަ މީހުން ތިބީ އެމީހުން އިންޑިއާއަށް އެތެރެވުމަށް ދަތުރުކުރި ޓަގު ބޯޓުގައި ކަމަށެވެ.

ނިއު އިންޑިއަން އެކްސްޕްރެސް އިން ބުނެފައިވާގޮތުގައި، އަދީބު އިންޑިއާއަށް ދަތުރުކުރެއްވީ ރާއްޖޭގައި ރައްކާތެރިކަން ނެތުމުން އިންޑިއާއިން ރައްކާތެރިކަން ހޯއްދެއްވުމަށް ކަމަށެވެ. އޮފިޝަލަކާއި ހަވާލާދީ އެ ނޫހުގައި އިތުރަށް ބުނެފައިވަނީ، އަދީބަށް ރާއްޖޭގެ ސިޔާސީ އެކި ފަރާތްތަކުން މަރުގެ އިންޒާރު ދެމުން އަންނަ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދީބާއި އިތުރު 9 މީހުން ދަތުރުކޮށްފައި ދަނިކޮށް ހިފެހެއްޓި ޓަގު ބޯޓު އޮތް ސަރަޙައްދުގައި ކަމާއި ބެހޭ އިދާރާތަކުގެ އޮފިޝަލުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އަދީބާއި ބޯޓުން ދަތުރުކުރި އެހެން މީހުން ވެސް ތިބީ ބޯޓުގެ ތެރޭގައެވެ.

ވެލި ބަރުކޮށްގެން ދަތުރުކުރި ޓަގު ބޯޓަކުން އަދީބު އިންޑިއާއަށް ދަތުރުކުރައްވަމުން ދަނިކޮށް އެ ބޯޓު ހިފަހައްޓާފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން މި ބޯޓު ހިފަހައްޓާފައިވަނީ، އެފަރާތްތަކަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އިންޑިއާގެ އައްސޭރީގެ ސަރަޙައްދަކުން ކަމަށް ނޫސްތައް ބުނެއެވެ.

"ވާގޯ 9" ގެ ނަމުން ނަންދީފައިވާ މި ބޯޓުގައި ނަގާފައި ވަނީ ސިންގަޕޫރު ދިދައެއް ކަމަށާއި، އެއިން ދަތުރުކުރީ އަދީބުގެ އިތުރުން އިންޑިއާ މީހަކާއި އިންޑޮނީޝިއާގެ 8 މީހެއް ކަމަށް ވެއެވެ. މި ބޯޓުން އިންޑިއާއަށް އެތެރެވުމަށް އަދީބު ދަތުރުކުރެއްވިއިރު، ފާސްޕޯޓާއި އެނޫންވެސް ލިޔެކިޔުންތައް އަދީބުގެ އަތުގައި ނެތް ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

އަދީބު ދަތުރުކުރެއްވި ބޯޓު އިންޑިއާއިން ހިފެހެއްޓުމާއި ގުޅިގެން އަދީބުގެ ޤާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އަދީބު އިންޑިއާގެ ސިޔާސީ ހިމާޔަތައް އެދިވަޑައިގަންނަވާފައި ވާ ކަމަށެވެ. އަދި އަދީބަށް ލިބެން ޖެހޭ އެންމެހާ ޙައްޤުތައް ލިބެމުންދާކަން ކަށަވަރު ކޮށްދިނުމަށް އދ.ގެ ހައިކޮމިޝަން ފޯ ހިއުމަން ރައިޓްސްގެ ކިބައިން އެދޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދީބުގެ މައްޗަށް ކުރިން ކުރެވުނު ތުހުމަތުތަކާއި ޝަރީޢަތްތައް ކުރިއަށް ގެންގޮސް އަދީބު ޖަލަށްލާ އަދި ފަހުން މިނިވަން ކުރި މައުލޫމާތުތައް ހިމެނުމަށް ފަހު އަދީބުގެ ވަކީލުން ނެރުނު ބަޔާނުގައި ބުނީ އަދީބުގެ މައްޗަށް ސިޔާސީ ނުފޫޒުތަކެއް ފޯރުވަން ރާއްޖޭގެ ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންޑިއާ އިން އަދީބު ދަތުރުކުރެއްވި ބޯޓު ހިފަހައްޓާފައިވާއިރު އަދީބުގެ މައްޗަށް ކުރިން އިއްވި ހުރިހާ ހުކުމްތަކެއް ރާއްޖޭގެ ކޯޓުތަކުން ބާތިލް ކޮށްފައެވެ. އޭގެ ތެރެއިން އެއް މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. މުހައްމަދު

  އެހާ މުހިއްމެއްނޫން މިޑްރާމާއެއް ކުށެއްނެތް ސާފު ބޯކިރު ތިއްކެއް އަނެއްކާ އަންނިގެ ބޮލުގަ ފޮރުވިފައިވާ ބޮޑު ފަންޏެއް ހިމާޔަތާ ނުރައްކަލާ ރައްކަލާ ހުރިހާކަމެއްވެސް ލިބި ހިމާޔަތް ކުރެވިފައިވާ ބޮޑުފަނި ހެހެހޭ

  68
  4
  • ބުރޯބުރޯ

   ބުރޯ ހުންނާނެ މިހާރު ރާކަނިމަސް ކެވިފައި އެހެންނުން ބުރޯ. ބުރޯ ޔާމީނު ގޮއްވާލަން ނޫޅެ ސަރުކާރު ހިންގަން އެހީތެރިވެ ކުރިއަށް ދިޔަނަމަ ކިހާ ތާހިރުވީސް. ދެކޮޅުން ކެހިދޯ ތިޔާ ލިބުނީ. އިބުރަތް ހުންނާނެ ވާވަރަށް ލިބިފައި މިހާރު. ދެން މިކަމުން ސާބިތުވީ ބުރޯ ޖަރީމާ ވައްކަން ހިންގާފައިވާކަން. އެހެން ނޫންނަމަ ބުރޯ ތިހެން ފިލާކަށް ނުޖެހުނީސް. އަވަހަށް އަގުން މުލަށް ކިޔާދީ ކުރި ހުރިހާ ކަމެއް. އަނެއްކާ އެއްކަލަ ގެއްލިގެން އުޅޭ މިހުރިހާ ކަމަކާ ހާދަ ގުޅުން ހުރިހެން. ދެން ބިރުން ފިލަން ޖެހޭ ކަމެއް ނެތްދޯ ބުރޯ ބުނާހެން ކަމެއް ނުކުރަންޏާ ސާބިތުކަމާއެކު ކުރިމަތިލާންވީނުން. އެކަމު މިހާރު އެއްވެސް ވާހަކައެއް ނެތް ގަބޫލް ކުރެވޭކަށް.

   29
   1
  • ޢަލީ

   ސޯލިހުރާވައިގެން ހުރިހާކަމެއް ތިކުރަނީ؟ ވެރިކަމަށް އަސިސް ހުރިހާ ސިޔާސީމީހުން ދޫކޮއްލީ ހުކުންބާތިލުކުރީ ކޮބާބޭއިންސާފުން ޖަލަށްލާފަތިބި ނިކަމެތިން ހަމަތިބިގޮތައް އެތިބީ ބަލަސޯލިހުގެ އާއިލާޔާ ރައްޓެހިންއެކަންޏެއް ނޫނޭ ވޯޓުލައިގެން ހޮވިފަތިހިރީކީ...ދައުލަތުގެ ލާރިގަނޑު ހުސްކޮއްލާފަ ކޮއްމެވެސް ކަމަކަށް ރައްޔިތުންގެ ސަމާލުކަން ހުއްޓާލަން ވެގެން..ކޮންމެފަހަރަކު ޔާމީނު ކޯޓަށް ގެނަދަންރާވާފަ އެކަމުން ރައްޔިތުންގެ ސަމާލުކަން އަނބުރާލަންވެގެން ކުރާކަންތަށް...ތީބަސްނުބުނެ ހުއްޓަސް ފީސާރިމީހެކޭ އޭނަދައްކަން ބުނާވާހަކަތައް ސަންގުއަންނި އެގޮވަމުންދުވަނީ ތީވަރަށްޖާހިލުބައެކޭ...ވެރިކަމުނެވެއްޓިދާނެތީ ބިރުންސޯލިހު އެއުޅެނީ އަވަހަށް ހުރިހާ ގައުމުތަކަށް ދަތުރުއަޅާލަނީ..

   9
   2
 2. މޯދީީ

  ބުއްޅަބޭމެންގެ ކަތުރުފަނި މިފަހަރު ކިހިނެއްވާނެބާ!

  23
 3. ބުރޯބުރޯ

  ބުރޯ ހުންނާނެ މިހާރު ރާކަނިމަސް ކެވިފައި އެހެންނުން ބުރޯ. ބުރޯ ޔާމީނު ގޮއްވާލަން ނޫޅެ ސަރުކާރު ހިންގަން އެހީތެރިވެ ކުރިއަށް ދިޔަނަމަ ކިހާ ތާހިރުވީސް. ދެކޮޅުން ކެހިދޯ ތިޔާ ލިބުނީ. އިބުރަތް ހުންނާނެ ވާވަރަށް ލިބިފައި މިހާރު. ދެން މިކަމުން ސާބިތުވީ ބުރޯ ޖަރީމާ ވައްކަން ހިންގާފައިވާކަން. އެހެން ނޫންނަމަ ބުރޯ ތިހެން ފިލާކަށް ނުޖެހުނީސް. އަވަހަށް އަގުން މުލަށް ކިޔާދީ ކުރި ހުރިހާ ކަމެއް. އަނެއްކާ އެއްކަލަ ގެއްލިގެން އުޅޭ މިހުރިހާ ކަމަކާ ހާދަ ގުޅުން ހުރިހެން. ދެން ބިރުން ފިލަން ޖެހޭ ކަމެއް ނެތްދޯ ބުރޯ ބުނާހެން ކަމެއް ނުކުރަންޏާ ސާބިތުކަމާއެކު ކުރިމަތިލާންވީނުން. އެކަމު މިހާރު އެއްވެސް ވާހަކައެއް ނެތް ގަބޫލް ކުރެވޭކަށް.

  14
 4. ޝަރީފާ

  މީނަޔަށް ޓަކައި ޤާނޫނުއަސާސީ 40 ން 30 އަށް ބަދަލުކޮށް ރައީސް ޔާމީނަށްފަހު މިކަލޭގެ ވެރިކަމަށް ގެނައުމަށް ރައީސް ޔާމީން މަސައްކަތްކުރެއްވިއެވެ. ރައީސް ޔާމީން މިކަލޭގެޔަމެދު ކަންތައްކުރި ރަގަޅުގޮތްތައް ބޮލާލާޖަހާ އޭރުގެ އިދިކޮޅުން މީނަގެ ބޯކާލާ ރައީސް ޔާމީން މަރާލަން މީނައަށް ހިތްވަރުދީ އޭގެފަހުން މީނަޔަށް އޮތީ އުޖާލާ މުސްތަޤުބަލެއްކަމަށް ބުނެދީ މިކަލޭގެ އެ ބަސްތަކަށް ހެއްލި މުޅި ޙަޔާތް ނަގާލިއެވެ. ﷲ ގެ ކުޅަދުންވަންތަކަން މާ ބޮޑުކަން މީނަޔަށް ނޭގުނެވެ.

  32
  2
 5. އަސޭލާ

  އެހަރަދުކުރިތަ ސުޕްރީމް ކޯޓުން ހުކުމް ނެރުމަށްވެސް. ހިބަރު ވަދު ޖެއްސި މީހުންނަށް

  29
  3
 6. ޢަމީން

  ޢެހާ ޢާލާސްކަފުޅާ އުޅުއްވާ ބޭކަލަކު އަލުން ޓެގުގަ ވަޑައިގަންނަވާތީވެ ދެރަވޭ! ޢެއްވެސް ކުށެއް ނެތް އަދި ރާއްޖޭގައި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭކަލަކަށް ދިވެހި ސަރުކާރުން ރައްކާތެރިކަން ދޭން ވާނެއެެއްނު! ޢަދި ޔާންޓޭ އާއި ޢިދިކޮޅަށް ދިވެހި ސަރުކާރުން ހުށަ އަޅާ އެންމެ ވަރުގަދަ ހެކި ދެއްވާ ބޭކަލަކަށް ވާއިރު!

  25
  3
 7. ކާޅު

  ޕޕޕޕޕޕޕޕޕޕޕޕ ކުދިންކޮޅަށް ފެނޭތަ، ފެނޭދޯ ، ފެނޭތޭ
  އަދިވެސް އަނގަ ތަޅާތި !

  14
  15
 8. ޖަހާންގިރި

  އެމްޑީޕީ ސަރުކާރުން ހަމައެކަނި ހިިމާޔަތް ކުރެވިފާވާ އިންސާނާާ އަދީބު މިގައުމުގެ ދީބުު.

  25
  3
 9. ޢާން

  ީ ކާކައްތަ ދާނައީ ކުޅަ
  ވާގިލާ ރުއް ޖަހާ ދަމުގު
  ރާކަށެއް އިރާދަ މުގު ާ

  25
  2
 10. ޣހހޖނފދސޗބ

  ޢަދީބުގެ އަނބި ކަނބަލުން މިކަމާއި ގުޅިގެން ބަޔާނެއް ނުނެރުއްވާތަ؟
  ޢަދިވެސް ބުނާނެ ދޯ ހުދު ފޮތިކޮޅެކޭ!! ބޯހަލާކު

  31
 11. މޭން

  ޕީޕީ ވަގުންތައް ކަޑަވާނެ! ޕަކާސްސްސްސް

  9
  35
  • މުހައްމަދު

   ބަލަގަ ވަގުން ވަގަށްގޮވާތަ 19ގައި އޮތީ ވަގުންނިކުމެ ވަގުން ހޯދުންތަ ނޫނީ ގެރިމުޑިއަންނި ބޮލުން ނެރޭފަންޏަކަށް އަދީބު ހެދުންތަ ހެހޭ ވަގުންނަށް ވަގެއް ފެނުނިއްޔާ އިގޭނެތަ ބަލަގަ ކުރިން ގޮވިވަގުތަށް މިހާރުތިބީ ރީނދޫކުލައިގަނޫންތަ މިސާލަކީ މުލުވަގު އަންނި އެވެސް ފީއިލޮށިކޮޅެއް ވަގަށްނެގީ ދެންހުރީ ރަން ފާޚާނާތަށި ވަގު މައުމޫނު ދެންހުރީ ބޮޑުވަގު އަދީބު މިހެންކިޔާނެކަމެއްނެތް ހަމަތިމާމެން ވަގުންނަށް ހެދީވެސް ގޮވީވެސް ހަމަކުލަޖެހުނީ ހުދުކާފޫރަށް ތިހެންވާނީ ރ.ޔާމިނަށްވެސް ހެހެހޭ އެން،ޑީޕީއަކީ ވަގުންގެގޭންގެއް ވަގުންއުފައްދާ ވަގުފިލުވާ ދޮވެސާފުކުރާ ޖަމާއަތެއް އަޅެނޫންތަ ފަހެ

   6
   3
 12. ތެދު

  މަޗާ ކަޑަވާނެކަން އިނގޭ. ކަލޯމެން ޖަލަށްލާދުވަސް އެބަ ގާތްވޭ. އެހެންނޫނަސް ޖަލަކީ އެހާ އަރާމުތަނެއްނޫން. ހައްހައްހާ

  21
  2
  • ބަކުރުބެ

   މުގުރިރާޅުގެ ފުށްޓަރުފަރާތޭ. ގުގުރާވިދުންތައް ގިނަވެސް ވަނީއޭ. ނުގުޑާނެހެން ކަނޑުގަ ހިތްވަރުކުދިންނޭ. މުގުލަށްވެ ތައްޔާރު ހަންޖާތިބޭށޭ

 13. އަށް

  އެމްޑީޕީ ވަގުން ތައް ވަރަށް ކަޑަ ވާނެ

  11
  1
 14. މޮޔައެނޮނިމަސް

  ހައް ހައް ހާ.ހާދަ ރުޅިއެކޭ.މަ ނަމަވެސް އަންނާނެ

 15. ނޫރު

  އަދީބު އަކީ މާލެއަށް ދޫކޮށްފަ ހުރި މީހެއް، އޭނާ ބުރީޗްކުރީ އެކަން، އަދި ސްޓޯވްއަކީ ބައިނަލް އަގްވާމީ ބޮޑްކުރައިމެއް، ނަމަވެސް އަދީބު ފިއްލަވަން އުޅުއްވީ ޤައުމުންދީފާނެ ލާއިންސާނީ އަދަބަކުން ފުރާނަ ސަލާމަށްކުރުމަށްކަމަށްވާނަމަ ކަނޑުގެ ޤާނޫނުގެ ދަށުން އަދަބެއްނުލިބޭނެ. ވީމާ އަދީބަށް އިތުރު ހައްޔަރުނުކުރެވޭނެ. ނަޝްފާއެވެ، މިރީދޫ މީހުންގެ މަޅީގަ ދީބް ނުޖައްސާ އަސްލަށް ރުޖޫއުވޭ. ރ.ޔާމިންގެ މަށްޗަށް އަދީބުލައްވާ މިނުލަފާ ސަރުކާރުން ހެކިބަސް ނަގަން އަދީބަށް މަޖުބޫރުކުރިއަސް، އެކަން އަދީބު ލައްވާ ނުކުރެވުމީ ވަރަށް ގާތްކަމެއް، އެހެނީ އަދީބުއަށް އިނގޭނެ މިދައްޖާލުން މުޅި ހަދާނީ ދޮގް ޑީލްކަން.

  5
  3
 16. ބަކުރުބެ

  މިސޮރު މިހާރު ވަރަށް ކަނޑަށް ގަދަވާނެ ހާދަފައްކާވާނެޔޭ ބަކުރުބެ އޮޑިން ކަންނެއްޔަށް ގެންދަން

  12
  1
 17. އައިޝާ

  މުސްލިމުން ތަކަކަށް ޔަހޫދީންނޭ ބުނުމުގެ އެއްވެސް ހައްގެއް ކަލެއަކަށް ނޯންނާނެ.ފުރަތަމަ ތައުބާ ވާ ބުރާންޗާ

  3
  4
 18. ޕީޖޭ

  އަދީބަކީ ހަމައެކަނި ވަގެއް ނޫން މީހުން މަރާ ގެއްލުވާލާ މަސްތުވާތަކެތި ވިއްކާ ވިޔަފާރުކޮށް ހުރިހާ ޖަރީމާއެއްގެ މައި ތަނބު..ސިޔާސީ ހުރިހާ މީހުންނަށް ވުރެ މީނަ ހިތުން މާސްޓަރމައިންޑް..މީނައަކީ އުމުރަށް ޖަލުގައި އޮންނަންޖެހޭ މީހެއް އޭނަ ދޫކުރި ވެރިއަކަށް ގާޒިއަކަށް ދުވަހަކުވެސް ދިވެހިންގެ ރުހުމެއް ނުލިބޭނެ..

 19. ބޮޑުފިލި

  މިގޮލާ ރަނގަޅުވާނެ މަސްހިފާ ބޯޓުތަކަށްލާފައި ބަހައްޓަންވެސް އޭރުން ރާޖޭގެ އިގުތިސާދީ ސަރަހައްދުތަކުން ފަސޭހަކަމާއި އެކީގައި މަސްލިބޭލެއް ގިނަވާނެއެއްނު.