އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީއަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންޒާރު ދިން ކަމަށް ބުނާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.
މި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް 75 މެމްބަރުން ވަނީ ވޯޓު ދެއްްވާފައެވެ. އަދި މި މައްސަލައިގެ ބަހުސް މިހާރު ވަނީ ފަށާފައެވެ.
ސައީދު ވިދާޅުވީ، އިމްރާންގެ އެ އަމަލަކީ ސިޔާސީ ވާދަވެރިން ގާނޫނީ އިމުގެ ބޭރުން ނައްތާލުމަށް ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށެކަމަށެވެ. އަދި އެ އަމަލަކީ ޝަރީއަތްތަކަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމަށް ހިންގާފައިވާ އަމަލެއް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
އަދި އިމްރާންގެ މި އަމަލުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިތުބާރު ގެއްލި ޝަރުއީ ނިޒާމާއި ގާނޫނު އަސާސީގައި ބަޔާންކުރާ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލޭ ކަމަަށްވެސް ސައީދު ވިދާޅުވިއެވެ.
ލުޠުފީ ވަނީ ސަންގް ޓީވީއަށް މައުލޫމާތު ދެއްވައި އިހޯމް މިނިސްޓަރ އިމްރާން އޭސީސީއަށް ވަޑައިގެން އަދި ފޯނުން ގުޅުއްވައި އޭނާ އަށް އިންޒާރު ދެއްވި ކަން ކަށަވަރުކޮށްދެއްވާފައެވެ.
"އަޅުގަނޑަށް އިންޒާރު ދިން. އިންޒާރު ދިން ވާހަކަ އަޅުގަނޑު އެ ކޯލްގައި (ލީކުވި ރެކޯޑިންގ) ގައި ދައްކާފައި އެއޮތީ. އަޅުގަނޑަށް އިންޒާރުދިން." ލުޠުފީ ވިދާޅުވިއެވެ.
ލުޠުފީ ވިދާޅުވީ، ފްރޭމްކޮށްގެން ވެސް ހައްޔަރުކުރެވިދާނެކަމުގެ އިންޒާރު ހޯމް މިނިސްޓަރ އިމްރާން އޭނާއަށް ދެއްވި ކަމަށެވެ.
ލުތުފީގެ މި ވާހަކަތަކާއި ގުޅިގެން އިމްރާން ވިދާޅުވީ، މަގުމަތީގައި މީހެއްގެ ކަރުގައި ހިފާ ބިރުދައްކާ އޭނާގެ އޮފީހަށް ވަދެ އިންޒާރު ދީ ފްރޭމް ކުރާނެ ކަމަށް ބުނެ ބިރުދައްކާ މިންވަރަށް އޭނާ ގަމާރުވެއްޖެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކޮށްފާނެ ކަމަށް ބަޔަކު ހީކުރީތީ އަަންތަރީސްވެއްޖެ ކަމަށެވެ.
އިމްރާން އަވަހަށް ފޮއްޓަށް އެއްޗެހި އަޅާ، ބޭރުކޮށްލާނެ ގޮތެއް ހޯދަނީ އެހެރަގެން،
ތިޔައްވުރެ މާބޮޑައް އަންތަރީސްވާކަންކަން އިމްރާނުގެ ފަރާތުން ދުށިން އަފުރާސީމް މަރުގެ މައްސލސޔާ ޢަބުދުﷲ ގާޒީ ހައްޔަރުކުރިމައްސަލާެ ސާފު ހެކިއެބަހުރިކަމައް ގޮވިއަޑު އެންއިރެއްގެ އިވުނު ދޯ؟
މިހާއަށް މީހާ އޮޅުނީމަ ގަމާރު ވީކީ ނޫންބާ ؟
ކަލެއަކީ ކޮންފެންވަރެއްގެ އަދި ކޮންކަހަލަ އަޚްލާގެއްގެ ވެރިއެއްކަން އަބަދުވެސް ދިވެހި ރައަޔިތުން ދަނޭ. އަންތަރީސް ހަމަ ފަށްފަށުން ވާންވީ.
ތިޔާ ހަމަ ތަމަޅަ ފިލްމްތަކުގަ އުޅޭކަހަލަ ނުބައިބައި ބޮހެއް
މީނަ ބޭރުކޮށްލުމާއެކު މީނަގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލިގެންދާނެއެވެ. އެއީ ރައީސް ޔާމީންގެ އިސްތަށިފުޅުގައި ސާފްބަހުން މީހެއްގެ މަރުގެ އިލްޒާމު އަޅުވާފައި ވާތީއެވެ.
އެކިކަހަލަ މައްސަލަތައް ނުއުފައްދާ ސުގުނޑި ބުގުނޑި ތާކުންކުރެތާނުޖެހޭ ކަންތައްނުކޮށް ދުވަސްރައް ބޭކާރުނުކޮށް ރައިޔަތުންނަށާ ޤައުމަށް ފައިދާވާގޮތަށް ޤައުމު ހިންގޭތޯބަލާ ކިހާދެރަކަމެއް