ސިއްހީ ބޮޑު މައްސަލައެއް ހުރުމުން ވިސާ އިތުރުކޮށް ނުދީ އޮސްޓްރޭލިއާ އިން ޑީޕޯޓް ކޮށްލަން އުޅޭ ތިން އަހަރުގެ ދިވެހި ފިރިހެން ކުއްޖާގެ އާއިލާ އިން އަނެއްކާވެސް އޭނާ ރާއްޖެ ފޮނުވައިނުލުން އެދި އާދޭސްކޮށްފިއެވެ.

އާއިލާ އާއި އެކު އޮސްޓްރޭލިއާގައި ދިރިއުޅެމުން އަންނަ ކައިބާން ޖަމްޝާދަކީ ހީމޯފީލިއާގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތަކަކާއި ވިހެއުމުގައި ވެސް ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާ ކުއްޖެކެވެ. އޮސްޓްރޭލިއާއަށް އުފަން ކައިބާންއަށް ވިސާ ނުދީ ޑިޕޯޓް ކުރަނީ އޮސްޓްރޭލިއާގެ ސަރުކާރުގެ ޚަރަދުގައި ކައިބާންއަށް ބޭސްފަރުވާ ކުރާނަމަ ބޮޑު ޚަރަދެއް އެ ގައުމުން ކުރަން ޖެހޭ ކަމެއް ބުނެއެވެ. ނަމަވެސް އޭނާގެ އާއިލާ އިން ބުނާ ގޮތުގައި ކައިބާން އަށް މިހާތަނަށް ވެސް ހުރިހާ ޚަރަދެއް ކުރަމުން އައީ އާއިލާ އިންނެވެ.

ކައިބާންގެ މަންމަ ޝިޒްލީން "އެސްބީއެސް" އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ދަރިފުޅު ރާއްޖެ ފޮނުވާލައިފިނަމަ އެކަށީގެންވާ ފަރުވާއެއް ނުދެވި ދަރިފުޅު މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ދަރިފުޅަށް އެކަށީގެންވާ ފަރުވާއެއް ރާއްޖެ އިން ނުދެވި، ދަރިފުޅު މަރުވުމުގެ ފުރުސަތު އެބައޮތް. އަދި އޭނާގެ 11 އަހަރުގެ ބޭބެ ހާލިލް އާއި ފަސް އަހަރުގެ ކާރާ އާއި ވަކިވާން ވެސް ޖެހޭނެ. އަހަރެމެންނަކަށް ނެތް އޭނާ ގައުމަށް ގެންދެވޭނެ ގޮތެއް. އެއީ އެކަށީގެންވާ ފަރުވާއެއް އަހަރެމެންގެ ގައުމުގައި ދެވެން ނެތުމުން." ޝިޒްލީން ބުންޏެވެ.

ކައިބާން އަށް މިހާރު ވެސް ކޮންމެ ހަފްތާއަކު ބާންބެރީ ހޮސްޕިޓަލުން ޕްރޮފިޒިސް ފަރުވާ ދޭން ޖެހެއެވެ. އަދި ޕާތް ޗިލްޑްރެންސް ހޮސްޕިޓަލުން ކޮންމެ ދުވަހަކު ދެފަހަރަށް ފިޓް ޖެހުމަށް ފަރުވާ ހޯދަން ޖެހެއެވެ.

ކައިބާންގެ ބައްޕަ ޖަމްޝީދުގެ ހުރިހާ ވަގުތެއް ހުސްކޮށްފައި ވަނީ ދަރިފުޅު ބެލެހެއްޓުމަށެވެ. ކައިބާންގެ މަންމަ އަކީ އޮސްޓްރޭލިއާގައި ވަޒީފާ އަދާކުރާ މީހެކެވެ.

ކައިބާން އަށް ވިސާ ނުދޭން އޮސްޓްރޭލިއާ އިން ނިންމި މައްސަލަ މިހާރު ވަނީ އިސްތިއުނާފު ކޮށްފައެވެ. އެމައްސަލައިގައި މިމަހުގެ 10 ވަނަ ދުވަހު ގޮތެއް ނިންމަން ކުރިން ތާވަލް ކުރި ނަމަވެސް މިހާރު އެމައްސަލަ ތާވަލް ކޮށްފައި ވަނީ މިމަހުގެ 29 ވަނަ ދުވަހަށެވެ.

އޮސްޓްރޭލިއާގެ އިމިގްރޭޝަން ޤާނޫނު އޮންނަ ގޮތުން ކައިބާން ފަދަ އެތައް ކުދިންނަކަށް ކޮންމެ އަހަރަކު ވެސް ވިސާ ނުލިބުމުގެ މައްސަލަތައް ދިމާވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކޮކީ

    ޖަމްޝާދުބެއަށް ކެތްތެރިކަން ދެއްވައި، ކާމިޔާބު މިންވަރު ކުރައްވާފާންދޭ.

    63
    2
    • މެޑް

      ޑިމޮކްރަސީއޭ ހިއުމަންރައިޓްސް އޭ ކިޔާ ގައުމުތަކުގެ ފެންވަރު

      72
      2
  2. އާދަނު

    މީ ވ ހިތާމަހުރިކަމެއް އެކަމު އެގައުމެއްގެ ގާނޫނު ގަވާ ގޮތަށް އެކަން ކުރަން ބާރުލިބޭ އެންމެ ރަންގަޅުގޮތަކީ މިކުއްޖާ ފަރުވާ ލިބޭ ގައުމަކަށް ބަދަލުވުން

    65
    6
  3. ޕީސިކްސް

    ޖަމްޝީދު އަށް ކެތްތެރިކަން ދެއްވާށިއެވެ.އަދި ކައިބާން އަށް ދެރަގޮތެއް ނުވުމަށް ދުޢާކުރަން.

    25
  4. އުންމިދު

    ﷲއެއްވެސްއަޅަކަށްދެރަގޮތެއްމެދުވެރިނުކުރައްވާނެ انشاالله

    36
  5. ކެ3

    އިލާހީ ގާނޫނު މަރުވުން މަރުން ސަލާމަށްވުން ވަކިގައުމަކަށް ވަކި ބިމަކަށް ވަކި ނަސްލަކަށް އޮއިކަމެއްނޫން .

    36
    1
  6. ޑެރަވެއްޖެ

    ޙިއުމަން ރައިޓުސްއޭކިޔާ އަނަގަހުޅުވަން އޮސްޓްރޭލިޔާ އެމެރިކާ ލަދުގަންނަންޖެހޭ

    17
    2
  7. ބާބާ

    ނެތްދޯ ޚަބަރެއް.

    1
    5
  8. ma

    Mi family ah gulheyne nmbr pls

  9. ޢައިސަތު

    ވިހެއުމުގެ ތެރޭގައި އެކުޑަކުއްޖާއަށް ގެއްލުން ތަކެއް ވީކަމަށް އެބުނަނީ
    ކީއްވެބާ އެކަމާ ކޯޓަށް ނުދިޔަޢިީ ރާއްޖޭގެ ހޮސްޕިޓަލެއްގައި ވީކަމެއްނަމަ އެކަމާވެސް ފޯރިހުރީސް