ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވާފައި ދިޔަ މީހަކު އަތުލައިގެންފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެންގޮސްފައިވަނީ، ވަގަށް ނަގާފައިވާ ސައިކަލެއްގައި އޭނާ ބުރުޒު މަގުން ދުއްވާފައި ދަނިކޮށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިރިހެނެއް ކަމަށެވެ. އޭނާ އަތުލައިގަތީ މިއަދު އިރުއޮއްސި 6:28 ހާއިރު އެވެ.

ވަގަށް ނަގާފައިވާ ސައިކަލްގައި ދުއްވާފައި ދަނިކޮށް އޭނާ އަތުލައިގަތްއިރު، އެ ސައިކަލް މިހާރު އޭގެ ވެރި ފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންނެވެ.

ރާއްޖޭގެ އެކި ރަށްރަށުން ސައިކަލް ވަގަށް ނެގުމުގެ މައްސަލައަކީ ފަހަކަށް އައިސް ވަރަށް ބޮޑަށް އާންމުވެފައިވާ މައްސަލައެކެވެ. މިގޮތަށް ވަގަށް ނަގާފައިވާ ސައިކަލް އަތުލައިގަނެވެނީ މަދު ފަހަރެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނިރު

  އާ ކުކުޅަކަށް ގާ ބިހެއް އެޅުނީތޯއްޗެއް

  17
 2. ގައުމު

  ރައްޔަތުންގެ އަގުބޮޑު މުދާ ވަގައްނަގައިގެން ދާމީހާ ހައްޔަރުކުރިޔަސް މާދަމާ ކޯޓުން ދޫކޮއްލާނެ

 3. ޖޮއްބެ

  ތިޔަ މީހާ ލަހެއްނުވެ ދޫކޮށްލާނެ. އަދި ތިޔަތަކެއްޗަކީ އޭނާގެ އަމިއްލަ މިލްކެއްކަމަށް ޙުކުމްކޮށްފަ ތިޔަ ތަކެތި ވެސް އެކަލޭގެއާއި ހަވާލުކުރާނެ. “ބޯންޖެހޭ ބޮވެންޖެހޭ ނުބޮއެއް އެކުދިންނެއް ސަލާމަތެއް ނުވޭ”.

  10
  3
 4. ސީދާ

  ޢެއްމެ ވަގެެއްތަ އުޅެނީ؟