ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު ހިންގަވާފައި ވަޑައިގަންނަވާއިރު ކޮންމެ ފިޔަވަޅަކުން ދުވަނީ ކޮރަޕްޝަންގެ ހުތުރު ފައިސާގެ ވަހާއި އަނިޔާ ލިބެމުންދާ މުވައްޒަފުންގެ ރުއިމުގެ އަޑު ކަމަށް އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
"ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ނިމާލް މިހެން ވިދާޅުވީ ފެނަކައިގެ ޑީސަލާއި ބެހޭ ކަންކަން ބަލަހައްޓަމުން އައި ޑިޕާޓްމަންޓް، އޮޕަރޭޝަންސް ސާވިސް ޑިޕާޓްމަންޓްގެ ދަށަށް ބަދަލުކޮށް، އެތަނުގެ ވެރިޔަކަށް ހުރި މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމާއި ގުޅިގެންނެވެ.
ނިމާލް ވިދާޅުވީ ޖަޒީރާ ވަންތަކަމުގެ ސިފަ އަކީ އަނިޔާވެރިކަމާއި ހިތުހުރި ގޮތަކަށް ކަންކަން ކުރުން ނަމަ ޖަޒީތާތަކުގައި އެންމެ ފުރަތަމަ ކަރުނަ އަޅާ ރޯލަރޯލާ ތިބި ބަޔަކީ ފެނަކައިގެ މުވައްޒަފުން ކަމަށެވެ.
"މިއީ ހަމަ ގައިމުވެސް އަޅުގަނޑުމެންގެ ކާބަފައިން ޒަމާނުއްސުރެން ދާދި މިދާކަށް ދުވަހާއި ޖެހެންދެން ފެނުނު ޖަޒީރާ ވަންތަކަމުގެ ސިފަތަކެއް ނޫންކަން އެންމެހާ ދިވެހިން ގަބޫލު ކުރޭ." ނިމާލް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ ވަޒީފާގެ ބިރެއް އެއްގޮތަކަށް ވެސް ނޯންނާނެ ކަމަށް ހަރުއަޑުން ގޮވާލީ އިހަކަށް ދުވަހު ކަމަށާއި ނަމަވެސް ފެންނަމުން ދަނީ ފަހަރަކު މީހަކު ވަކިކުރަމުންދާ މަންޒަރު ކަމަށެވެ. މިއަދާއި ހަމައަށް ފެނަކަ އިން އެތައް މުވައްޒަފުންނެއް ކުށެއް ނެތި ވަޒީފާ އިން ވަކިކޮށްފައިވާ މަންޒަރަކީ ފެންނަން އޮތް ހަޤީޤަތެއް ކަމަށް ނިމާލް ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ސަރުކާރުގައި މުވައްޒަފުންނަށް ބިރުދައްކާ ކަމަށް ބުނެ އޮޅުވާލައިގެން ވަކާލާތު ކުރައްވަމުން ގެންދެވި ލީޑަރުންތައް ވަޒީފާ އިން ވަކިކުރަމުންދާ މި މުވައްޒަފުންގެ ޙައްޤުގައި މަސައްކަތެއް ނުކުރައްވާތާ އެއްޗެއް ވިދާޅުނުވެ ތިއްބެވީ ތިޔަ ބޭފުޅުންގެ ޕާޓީ އާއި ގުޅި ވަޑައިނުގަންނަވާ ކޮންމެ ބޭފުޅަކަށް ކޮންމެ ގޮތެއް ވެސް ވަރިހަމަ ވީމަތޯ؟ މީ ވެރިކަމަށް ކުރިމަތިލައްވާ ތިޔަ ލީޑަރުންގެ ނިޔަތް ކަމުގައި ވަނީނަމަ އެންމެ ދިވެހީންގެ ޙައްޤުތައް ތިޔަ ބޭފުޅުންނާއި މަތި ކުރައްވާނީ ކިހިނެއްތޯ އަމިއްލަ ހިތާވެސް އަނިޔާ ލިބިގެންދާ މުވައްޒަފުން ސުވާލު ކުރާނެކަން ޔަގީން." ނިމާލް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ "ޖާހަތާއި ސާނާ ސައުކަތު ޙައްޤުވާ މިންވަރަށް ވުރެ ވެސް އިތުރަށް" އަބަދުވެސް ހޯދައި ދޭން ނިކަމެތި ރައްޔިތުން މަސައްކަތް ކުރަންވީ "ލީޑަރުންނަށާއި ލީޑަރުންގެ އާއިލާތަކަށް އެކަނިތޯއެވެ."
"ލީޑަރުންގެ މަސްލަހަތައް ލޯބިކުރާ ތިޔަ ލީޑަރުންގެ އާއިލާތަކުގެ އެންމެހާ މެންބަރުން ތިޔަ ސަރުކާރުގައި ފެންނަން އެތިބީ ތަރުތީބުން ނޫންތޯއެވެ. ވެރިކަން ނޫން އިތުރު އެހެން އެއްވެސް ކަމެއް ބޭނުން ނުވާ ލީޑަރުން އެމްޑީ ސައީދު ހިންގަވާ ޖަރީމާތައް ބައްލަވާ ދެއްވަން އަޅުގަނޑު އެދެން. ނިކަމެތި ވެގެން މަގުމަތި އެވަނީ ކިތައް މުވައްޒަފުންތޯ؟ ކިތައް ދިވެހި ރައްޔިތުންތޯ؟" ނިމާލް ވިދާޅުވިއެވެ.
ފެނަކަ އިން ވަނީ ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައެވެ.
ފެނަކަ ސައީދު ސާބިތު ދަރަންޏެއްގެ މައްސަލާ ގައި ކޯޓަށް ހާޒިރުވުމަށް ޗިޓްފޮނުވައިފި.
ވަގުތު މީހުން ނިކަން މި ކޮމެންޓް ޖަހާލަ ދީބަލަ.
ފުރިހަމަ ރީތި ޚަބަރެއް. ވ އަދަބީ އަސަރު އެ ބަހުރި ނިމާލުގެ ބަސްމަގު ވަރަށް ހަބޭސް
ވަކިކުރުމަކީ ހައްޤު ވާމިންވަރު. ޒީރޯ ޓޮލެރަސް . ޕަކާސް.
ތިކަން އެކަންޔެއްނޫން މުވައްޒަފުން ނެގުމުގަވެސް ދަނީ ވަރަށް ބޮޑައް އަނިޔާވެރިވަމުން އިއުލާންކޮށް ކުދިން ތެޅިމަރުވެގެން ފޯމުތައް ލީމަ އެންމެ ކުޑަމިނުން އިންޓަވިއުވެސް ނުކޮށް ވަޒީފާ ދެނީ އެމްޑީޕީ ހަރުގޭގަ އިސްކޮށް އުޅޭ މީހާ މުނާ މީހުން.
ވަޒިފާއަށް ޝަރުތުހަމަވޭތޯ ނުވޭތޯ އިޢުލާންގައި އިނީ ކިތައްމީހުންތޯ ނަގާގޮތަށް ބެލުމެއްނެތި އެޖެންޑަ19 ކުދިންކޮޅަށް ތަބަކައްލައިފަ ވަޒީފާތައްދަނީ ބަހަމުން
ނިމާލޫ ކުރުނބާ ވިއްކި ބޭބެއަށް ނިމާލުމެންގެ ދައުރުގާ ހެދިގޮތް، ޖެއްސިހާލު ހަމަ އެއްގޮތަކަށްވެސް ހަނދުމަނެތީތޯ؟ އޭރު އެއީ ވަޒީފާގެ ބިރުދެއްކުން ކަމަށް ގަބޫލު ނުކުރެވޭތޯ؟ ތަންފުކެއްބޮޑުވަރު ހެން ހީވަނީ، މި ގައުމުގާ އުޅެންވީ ހަަމަ އެކަނި ކޮރޮޕްޝަން ހިންގާ މީހުން އެކަނިތަ؟
ވ ރަނގަޅުވާހަކައެއް.
ބަލަ ނިމާލުގެ ކޮރަޕްސަން ހިންގަދޭސޮރުބޭލީމަދޯ ގުޑުގޫޑުއަޅަނީ