ކުރީގެ ސަރުކާރުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ހަރަދު ކޮށްފައިވޭތޯ ބެލުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފިއެވެ.

ވިލިފުށީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ހަސަން އަފީފު މާލިއްޔަތު ކޮމެޓީއަށް މި މައްސަލަ ހުށަހެޅުއްވުމުން ކޮމެޓީން ވަނީ ސަރުކާރު ކުންފުނިތަކަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ވަނީ، ސަރުކާރުން ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ކެމްޕެއިން ކުރުމަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް ހަރަދެއް ކޮށްފައިވޭތޯ ބެލުމަށް އެދޭ ކަމަށެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވަނީ ބައެއް ކުންފުނިތަކުން ސިޔާސީ ކަންކަމަށް ކޮށްފައިވާ ހަރަދުތައް ކަމަށް ބުނެ ފޮނުވާފައިވާ މައްސަލަތައް ހިއްސާ ކޮށްފައެވެ.

ސަރުކާރުން ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ހަރަދު ކޮށްފައިވޭތޯ މާލިއްޔަތު ކޮމެޓީން ނިންމިިއިރު، މިދިޔަ ސަރުކާރުން ކުންފުނިތަކުގެ ފައިސާއިން ކެމްޕޭން ހަރަކާތްތައް ހިންގާފައިވާކަމަށް ބައެއް ކުންފުނިތަކުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    އެންމެފަހުން ނިމިގެންދިޔަ އީދަށް މެމްބަރުން ވިދާޅުވެގެން ކުންފުނިތަކުން ކުރި ޚަރަދުތައް އިހަށް ބަލަންވީނު، އެކަން އަދި ހޫނުކޮށް ހުންނާނެ.