ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ވެހިކަލްތައް ފުލުހުންނާއި ސިފައިން ނިކުމެ ފާސްކޮށް އެއާޕޯޓްގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފިއެވެ.
ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ވެލާނާ އެއާޕޯޓްގައި މިރޭ ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނީ ސަލާމަތީ ބާރުތަކުން ގުޅިގެން ހެދި ސެކިއުރިޓީ އެސެސްމެންޓަކާއި ގުޅިގެން އެޚާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ކަމަށެވެ.
"ވަކި ޚާއްސަ ތްރެޓެއް (ނުރައްކަލެއް) އޮވެގެން ކުރިއަށް ގެންދާ ހަރަކާތެއް ނޫންކަމުގައި ދަންނަވަން." ފުލުހުންގެ މެސެޖްގައި ވެއެވެ.
ފުލުހުންނާއި ސިފައިންނަށް ގުޅުމުން އެއިން އެއްވެސް އިދާރާއެއްގެ ތަރުޖަމާނަކު އެއާޕޯޓްގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން މައުލޫމާތު ނުދެއްވާ ދެގަޑިއެއްހާއިރު ހޭދަކުރުމުން ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާޕޯޓްގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި ބައެއް ވެހިކަލްތައް ޗެކް ކުރުމުގެ މަސައްކަތް ސިފައިން ވެސް ގެންދަނީ ކުރަމުންނެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއާޕޯޓް އޮތީ ނޯމަލްކޮށް ކަމަށެވެ. އޭނާ ވިދާޅުވީ އެއާޕޯޓްގެ އެއްވެސް އޮޕަރޭޝަނަކަށް ބުރޫ އަރާ ފަދަ ކަމެއް ނެތް ކަމަށެވެ.
އެއާޕޯޓް ކުއްލި ހާލަތަކަށް ގެނެސްފި ކަމަށް ބުނެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދިޔައިރު ވެސް ފުލުހުންނާއި ސިފައިން އެއްވެސް މައުލޫމާތެއް ނުދީ ތިބިއިރު، މީގެ ކުރިން މިފަދަ އޮޕަރޭޝަންތައް ފުލުހުންނާއި ސިފައިން ހިންގަނީ ކުރީބައިގައި އެކަން އިއުލާން ކުރުމަށް ފަހުއެވެ. ނަމަވެސް މިރޭ ހިންގަން ފެށި އޮޕަރޭޝަންގެ އެއްވެސް މައުލޫމާތެއް ކުރިން އިއުލާން ކޮށްފައެއް ނުވެއެވެ.
ރައްކާވެ ތިބިއްޔާ ދަތުރެވެ!
23:00 ގަ ފުރާނެ އެމިރޭޓްސް
23:25 ގަ ފުރާނެ ސިންގަޕޯރ އެއަރ
ދެން ކޮބާ ޑޮމެސްޓިކް ފްލައިޓްސް
ހުރިހާކަމެއްހަމަވަނީ
ޔާމިންބަޗަނީ
މަށަށްވެސް ހީވަނީ ޔާމީން ބަޗާފާނެތީހެން އެއުޅެނީ...މާދަމާ އެސޮރަށް ހުކުމެއް ކުރަން ނިންމާފައިންހެން ހާދަހީވެޔޭ ކަންކަން ހިނގާދާ ރާގުން...
ހަދާގޮތެއްބަލަމާ...
?#Breaking: Maafushi Jalu alert ah genessi!
މިވެސް މަޖަލަކަށް ކުރާ ކަމެއް އޮތަ؟ މުސީބާތެއްނު ފާވެފަ މިއޮތީ.
މީދަާ މާގިނައީތަ. ބެއަރގުރިލްސް އަަަަާއި ގެރި މޯދިީ ދިވާލީ ފާހަގަކުރަނީތަ. ވަަާނުވާ އެއްވެސް ނޭގެ ބޯހަލަާކު
މިޒާތުގެ ވާހަކައަކީ ދައްކާކަށް މާރީތި ވާހަކައެއްނޫން .
ޢަބަދުވެސް ސަރުކާރުން ބަލަނީ ލާދީނީޓެރަރިސްޓުންގެފަރާތުން ނުރައްކަލެއްވެދާނެކަމަށްޓަކައެވެ.