މާލޭގައި ޕާކުކޮށްފައި އޮތް ޓެކްސީއަކުން ވައްކަން ކުރަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ޕާކް ކޮށްފައި އޮތް ޓެކްސީއަކުން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި އުމުރުން 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ރޭ މެންދަމު 2:31 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވިގޮތުގައި އެމީހާ ހައްޔަރު ކުރީ، ޓެކްސީ ޕާކުކޮށްފައި އޮއްވައި އޭގެ ފަހަތު ދޮރެއްގެ ބިއްލޫރިގަނޑު ނައްޓައިގެން ވަދެ ޓެކްސީ ތެރޭގައި އިންދާ ކަމަށެވެ. އެއާއެކު ފުލުހުން އޭނާ ބަލައި ފާސްކުރިއިރު، އޭނާގެ އަތުން ކަޓަރަކާއި ކަށިގަނޑެއް ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އޭނާ ހުރިއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންނެވެ. މި ހާދިސާގައި ޓެކްސީއަށް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވެފައެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވައްކަމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.
ވޯޓުން ވައްކަން ކޮށްގެން ވެރިކަމަށް އައިމަ ވައްކަން އިތުރުވާނެ..!
އެންމެ ރަނގަޅު އަދަބަކީ އަސްލު ޝަރީއަތާ އެއްގޮތަށް އަތްކަޑައި އަދަބު ދިނުން އޭރުން ހަންދާން ނުނެތޭނީ.......އެހެންނޫނީ ހަނދާން ނެތޭނެ