ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްޑާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފައި ވާތީ އެކަމާ ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުއްލި މައްސަލަ ހުށަހެޅުމުގައި ގޯސްކޮށް ކަންތައްތައް ކުރިއަށް ދިޔަކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ނަމަވެސް މައްސަލަ މަޖިލީހުގެ ތަޅުމަށް ގެންނަން ނިންމީ މެންބަރުން ބަހުސް ކުރައްވާ މިކަމުގައި ރައްޔިތުންނަށް އަރާފައި އޮތް އޮޅުން ސާފުކޮށްދިނުމަށް ކަމަށެވެ. ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައި ވަނީ 52 މެމްބަރުންގެ ވޯޓުންނެވެ.
މޮސްޓާ ވިދާޅުވީ އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރު ކަމާއި، އެއާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި އަދި އަންހެނުންނާ ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލު ކުރެވޭ މީހާވެސް ފާފަވެރި ވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ބުނެފައި ވާކަމަށެވެ.
އެއީ ހުއްދަ ކަމެއް ނޫންކަމަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވެސް ބުނަމުން އަންނަ ދަނޑިވަޅެއްގައި ސުޕްރީމު ކޯޓަށް ދެ އަންހެން ފަނޑިޔާރުން އައްޔަން ކުރަން ރައީސް ލަފަޔަކަށް އެދިވަޑައިގަތުމަކީ އިސްލާމް ދީނުގެ އަސްލުތަކާ އަދި ޝަރީއަތާ ހިލާފުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މޮސްޓާ ވިދާޅުވީ މި މައްސަލަ ހުށަހެޅުއްވީ ވަރަށް ގިނަ ފޮތްތައް ކިޔާ ދިރާސާ ކުރެއްވުމަށްފަހު، އެއީ ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ ކަމަށެވެ.
ދީން ނޭގޭ މީހުން ދީނުގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ވާހަކަދެއްކުމަކީ ނޭގިތިބެ އަމިއްލަޔަށް ދީނުންވެސް ބޭރުވެ މުރުތައްދު ވެދާނެ ކަމެއް. ވަރަށް ވިސްނުން ހުރި.
ﷲ އަކްބަރު. ޖަޒާކައްﷲ ބްރަދަރ. ތީކެރޭ މީހުންނަކީ..
ސާބަހޭ ދަރިޔާ! އިދިކޮޅުގައި މަދު މީސްކޮޅެއް ތިބިޔެއްކަމަކު ހަމަ ރަގަޅަށް ސައިޒްކޮށްލާ! ކުރިޔަށް ހުރި އެޖެންޑާތައް ދަންނަވާލަނަށް!
1. ދީނީ މިނިވަންކަމަށް ވަކާލާތުކުރަންފެށުން
2. ރާއްޖޭގައި ކާފަރުން އަޅުކަންކުރަން ތަންތަން ( ފައްޅިތަކާ ޗާޗްތައް ) ހެދުން
3. ވަކި ޖިންސަކަށް ނުބަލައި އެއްޖިންސުން ކައިވެނކުރުމަށް ހުޅުވައިލުން
4. ރާއްޖޭގެ ސެކިޔުރިޓީ ވަރުގަދަކުުރުމަށްބުނެ ބޭރު ޤަވްމުތަކުގެ ސިފައިން ރާއްޖޭގައި ދާއިމުކޮށް ބޭތިއްބުން
5. ރާއްޖޭގެ މަސްކަނޑުތައް ވިއްކާލުން
ވަރަށް ވިސްނައި ތިއްބަވާތި!
ދީނުަގައި އޮންނަ ގޮތް ނޭންގޭތިކީނޫން އެ އުޅެނީކީ.. ދީނީ އަސްލުތަށް ފޮހެލަން ފޫގަޅައިގެން އެތިބީ.. ފުރަތަމަ ކަމަކަށް ޖުޑީޝަރީ ސެކިއުލަރ ކުރުން އެއަށްފަހު ޙަފްޞާ/މާލެގެ ކޮމެންޓުގައި އެބުނާ ކަންކަން.. ސްޕްރީމްކޯޓުގަ ސެކިއުލާރ މީހުން ތިބެގެން އެބުނާ ކަންކަން ހުއްދަކުރާން ފާސްކުރާ ޤާނޫނުތައް ދެމެހެއްޓޭނީ. މިކަމުގައި އިލްމުވެރިންކަމަށް މީހުން ޤަބޫލުކޮށްގެންތިބި މީހުންވެސް ދަނީ ބައިވެރިވަމުން.. އެމީހުންނަށް ވަނީ އެކިއެކި މަޤާމުތަކާއި ޢިނާޔަތްތައްދީ އަނގަބަންދުކޮށްލާފައި...
ދީނުގެ އެއްވެސް ކަމަކައް ގޮތް ނިންމުމުގެ ހައްގެއް އެއްވެސް ޕާލިމެންޓަކައް ނެތް ކަމުގައި ހަނދާން ކޮއްދެން. އެއީ މިދުނިޔެމަތީގައި ކުރެވޭނެ އެންމެބޮޑު ފާފަ.. އެކަންކޮއްފާ މާތް ރަސްކަލާނގެ އެކަން ކުރިމީހުންނައް އެކަމުގެ ހައްގު އަޒާބު ނުދެއްވާނެކަމުގައި ހީނުކުރުމައް ނަސޭހަތްދެން. އެފަދަ ސުމްޕާ މަޖިލީހެއްގައި ހުރުމަކީ ދުނިޔެއާއި އާޚިރަތް ގެއްލިގެންދާނެވަރުގެ ކަމެއް.ޝައިތާނާ އަބަދުވެސް ޖައްސާލާނީ ދީނާއި. މަޖިލީހުގެ ރައީސްކަން ޝައިތާނާއައް ދީގެން ތިބެވޭކަށެއް ނެތް.
އަންދަލުސް އޭ މައިކާލޯ އޭ ކިޔަ ކިޔާ ތިއްބާ ނޫންތޯ އަންހެނުންނައް ފަނޑިޔާރުކަން އެދިނީ.. ދެންވެސް އަންދަލުސް ކިޔަން ނުތިބެ ރައްޔިތުން ނިކުމެ މިތިބަ މުނާފިގުން ނިންމާލަން އެބަޖެހޭ.. އަނދަލުސް ކިޔަކިޔާ ތިއްބާ ދެން ފެންނާނީ ދީނި މިނިވަންކަން ދޭ މަންޒަރު. އޭރުންވެސް އަނދަލުސް އޭ ކޮތަޅޭ ކިޔަކިޔާ ތިބޭނީތަ. ނޫނީ އިޔާޒުމެން ބުނާހެން ޒިންމާ އަދާކުރެވިއްޖެއޭ ކިޔާފަ ތިބޭނީތަ. މިތާގަ ތިބޭ ސިފައިންވެސް ހުވާ ކުރާނެ ނިކަން ގަދައައް ގައުމާއި އިސްލާމްދީނުގެ ދިފާއުގައި އޭ ކިޔާފަ.. ދީން މަރާ ސަންދޯކައްލާއިރުވެސް މިތިބެނީ މުނާފިގުންގެ ދަށުވެގަނެގެން.
ތިބައިގަނޑުގަ ނެތް ހުސް ލާދީނީ މީހުން ފިޔަވައި އެހެން ބައެއް. ތިބައިގަނޑުގަ އެންމެ ބުރުގާ އެޅި ބަޔަކު ވެސް ނެތް. އެހެންވީމާ އަންހެނުންގެ ހައްގޭ ހައްގޭ ކިޔައިގެން ވާހަކަ ދެއްކުމުގެ ފުރަތަމަ ޕޮއިންޓް ގެއްލުނީ. ! ދެން ހުރީ ތިމާ ހިތުހުރި ގޮތަށް ވާހަކަ ދެއްކުން. އޭގެ ތެރެއިން ދޫ ރައްކާތެރި ކުރުން މުރުތައްދު ވޭ ތޯ އެއީ ބަލަން ޖެހޭ ކަމެއް ނޫން!. އަދި ގައުމުގަ ތެދު ހެޔޮ މަގު ދައްކަން ތިބޭ އިލްމުވެރިން ގެ ބަސްތަކަށް ގޮން ޖެހުން ވެސް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް.!
މަރުަހަބާ މައްސަލަހުށަހެޅުއްވި މެމްބަރަށް ނަމަވެސް މަޖިލީހުގެ މެޖޯރިޓީއޮތްގޮތުން
މަރުހަބާ މައްސަލަހުށަހެޅުއްވި މެމްބަރަށް ނަމަވެސް މަޖިލީހުގެ މެޖޯރިޓީ މިހާރުއޮތްގޮތުން
ދީނާޚިލާފަށް މައްސަލައެއްނިންމުމަކީ ވެދާނެކަމެއް ނަމަވެސް ﷲ އަންގަވާފައިވާގޮތާޚިލާފަށް
ކަމެއްނިންމުމަކީ ﷲ އުފެއްދެވި އިންސާނުންކުރަންއުޅުން ރަގަޅުކަމަކަށްނުވާނެ ވަގުތީފައިދާ
އަށްވިސްނާ ކަމެއްނިންމެވުމުގެކުރިން މިނޫންދުވަހެއްވެސް އަންނާނެކަމާ އެދުވަހުން އެންމެ
ފުރިހަމައަށް ކަންކަންނިންމަވާނެކަން ހަނދުމަފުޅުބަހައްޓަވާ އެދުވަހުން މިހެންހައްދަވާ އެހެން
ހައްދަވާކިޔުއްވާ ބާރުއެޅޭނެފަރާތެއް ނުވާނެ
ސުްޕްރީމްކޯޓުގެ އަންހެން ފަނޑިޔާރަކު މައްސަރުކަންތަކުގަ ހުންނަވައިގެން ގައުމީބޮޑު މައްސަލައެއްގެ ކޭސް ހެންޑަލް ކުރުމައް ދޫކުރެވިދާނެތޯއެވެ.؟ އިލްމުވެރީން ގާތުއަހާލަން ބޭނުންވޭ އަންހެން ފަނފިޔާރަކު މައްސަރުކަމުގަ ހުރެގެން ހުކުމް އިއްވާ އެހެން މީހުންނައް ހުވާލާދީ ހެދިދާނެތޯ.؟ އަންހެން ފަނޑިޔާރަކު މައްސަރުކަމުގެ ދުވަސްވަރު ޝައްކެއްނެތް މިންވަރައް ދެނެނުގަނެވޭކަމުގަ ވާނަމަ މައްސަރުކަމުގަ ހުރެގެން ގާޒީއަކައް އަދާނުކުރެވޭނެ ކަންކަން ހުއްޓުވާނީކިހިނެތްތޯއެވެ.