ކީރީތި ޤުރުއާނުގެ އާޔަތްތަކެއް ފާހަގަ ކުރެއްވުމަށް ފަހު ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) މަޝްހޫރު ދީނީއިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފައި ވާތީ އެކަމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ އައްނިސާ ސޫރަތުގެ އާޔަތެއް ވަރަށް ހަނިކޮށް ބައެއް ބޭފުޅުން އަދި ހާއްސަކޮށް އިޔާޒް ތަރުޖަމާ ކުރަމުން ގެންދާ ކަމަށެވެ.

"އަޅުގަނޑުގެ ކަޒިންއަށް (އިޔާޒަށް) އަޅުގަނޑު މިގޮވާލަނީ ތިފީކަޅާ ވާހަކަދެއްކުން ހުއްޓާލާށޭ. ސޫރަތުލް ނަމްލު ގަޔާއި ތައުބާ ސޫރަތުގަޔާއި އަލްއަހްޒާބް ސޫރަތުގައި ވަރަށް ސާފުކޮށް މިކަންކަމާއި މެދު އެތައް އާޔަތެއް ވަހީކުރައްވާފައިވޭ. އިންސާނީ ހަމަހަމަކަމާއި ބެހޭ ގޮތުން އެތައް އާޔަތެއް ކީރިތި ޤުރުއާނުގައި އޮއްވާ އައްނިސާ ސޫރަތުގެ އާޔަތެއް ވަރަށް ހަނިކޮށް ތަރުޖަމާ ކޮށްގެން މިނިންމާ ނިންމުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން." ޝަރީފް ވިދާޅުވިއެވެ.

ފަތުވާދޭ މުފްތީންގެ ގޮތުގައި އިސްލާމީ ތާރީޚްގައި އެތައް އަންހެނުންނެއް ތިބި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބޯދާ އާދަކާދައިގެ ކަންކަން ތަރުޖަމާކޮށްގެން ކުރާ ކަންތަކަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި މިހާރު ޒަމާން ބަދަލުވެއްޖެ ކަމަށެވެ.

"އަންހެނުން ތިބެން ޖެހޭނީ ގޭގައި ކައްކަން ކަމަށް ގަބޫލުކުރާ ބޯދާ ވިސްނުން ބަދަލު ކުރަން ޖެހޭ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ހުރިހާ ފަނޑިޔާރުންނާއި އިޔާޒް އޭނާގެ ކުރިމައްޗަށް ވަޑައިގެންނެވި ނަމަވެސް ޖަވާބު ދެއްވާނެ ކަމަށެވެ.

ޝަރީފްގެ ބަހުގެ ހަމަލާތައް އިޔާޒަށް އަމާޒު ކުރައްވާފައި މިވަނީ އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުއްލަވާ އެއް ބޭފުޅަކީ އިޔާޒް ކަމަށް ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

 1. ވިގަނި

  މިކަލޭގެއަށް ބަލާލީމަވެސް އެނގޭ ޤުރްއާނުން ޕހޑ ނަންގަވައިގެން ހުންނެވިކަން

  69
  5
  • އަސްލުހާލަތު

   މިލަލޭގެ އެކަނިތަ؟ ކޮބާ ސަރުކާރު މަގުން ނެއްޓީމަ ޒިންމާދާރުކުރުވަންތިބި އިޕޯޒިޝަން؟ މިކަމުގަ ޗުއްޕުވެސް ނުބުނެ ހިހޫތަނުންކާލާ ދެކޮޅުން ކުރެޑިޓުނަގަން ވިސްނައިގެން ހިތުން އެތިބީ.. މަބަލާނި ކާދީނީ ބައިގަނޑަށް ތާއީދުކުރަނީކަމަށް ހަނުހު ތިބީމަ.. ލީގަލް ބޮޑޭ އާޒިމާވެސް ތާއީދުކޮށްފި ފާޅުގަ.. އެއްކޮޅުމް އަންހެނުންގެ ހައްޤުގަ އުޅޭ ޖާޑިއާއިންގެ ނުރުހުން ލިބިދާނެތީ އަނެއްކޮޅުން ދީނީ މީހުންގެ ނުހުރުން ލިބިދާނެތީ ބަހެއްނުބުނެ ބޮނދައިގެން ތިބީމަ ދެކޮޅުންވެސް ގެއްލުން ލިބޭނި

 2. ގޮލާ

  ރައްޔިތުންގެ މަޖިލީސްއޭކިިޔާ ނަޖިސްތަނުގައި ﷲ ގެ ޝަރީއަތުގައި ކޮޅުފައިން ޖަހާފައިތިބި ކާފަރުންނަށް ތައުބާވާން ގޮވާލަން..

  122
  6
  • ޙަސަނުބެ

   މަގޭ ވޯޓާ ކަލެއަށް މާނަ ތި ކުރެވެނި ގޯސްކޮށެއްނޫން އެކަމު ތިިބުނާ އާޔައް ތަކުގާ ވަނީ ކަނބަލުންނައް ގާޒީ ކަމާ ވަލިއްއުލް އަމުރު ދިނުން ހުއްދަ ވާހަކައެއް ނޫން އެ އާޔަތް ތަކުގާ ވަނީ ކަނބަލުންގެ ހައްގުތަކާ ކަނބަލުން ކަބަލުންގެ ގޮތުގާ އެ ކަނބަލުންގެ މުހިއްމު ކަމާ، އެ ކަނބަލުންނައް ވެސް ލިބިދޭންޖެހޭ ހައްގު ތަކުގެ ވާހަކަ ދެން ކޯންޗެއް ފެނިގެންބާ ޝަރީފް ތި އިޔާޒް އަށް ގޮންޖައްސަަވަނީ

   94
   4
 3. މިސްޓަރ ކާޅޭ

  ކާޅު މަރަވަޅިޔަށް އަރައިފ. ދީނީ ޢިލްމެއް ލިބިފައި ނުވާ މީހަކު އާޔަތް ކިޔާ، މާނަ ބުނެދީ، ދީނީ ޢިލްމް ވެރިންނަށް ރައްދު ދޭން ފަށައިފި!

  102
  4
  • މޮޔަވޯޓާ

   މިއީ އަސްލު މިހަބަރުގެ ހެޑިން ކަމުގަ މާ ކަމުދޭ

   18
 4. ކޮރަލް

  އަނގަ އޮތީމަ ތަޅަނީއެވެ. އިލްމް ހުރި މީހުންގެ އަގުވައްޓާލަން ރޭވިގެން ކުރަމުންދާ މަސައްކަތެވެ. ބޭނުމަކީ ދީނާއި ދައުލަތް ވަކި ކުރުމެވެ.

  86
  4
  • ?

   އާނ ތީ އެމީހުން ނުވެގެނޮ އުޅޭ ކަމަކީ! އެކަހަލަ ދުވަހެއް ނުދައްކަވާށި. އެހެން ހަދަން އުޅެއްޖެނަމަ އަހަރެމެން މަޑަކުން ނުތިބެ ނިކުންނާން! ????

 5. ސާ

  ބަލަގަ ނުދަންނަ ގަމާރާ! އިޔާޒް މިހާރު އޭނަގެ ވާޖިބު އަދާކޮށްފަ އެކަން ހުޢްޓާލީމާވެސް އަދިވެސް ދޫ ނެރެންތަ ތި އުޅެނީ؟

  70
  5
 6. މަސޯޓާ

  މިދެން ކާކުތަ އަޅޭ ޤްރުއާން ތަރުޖަމާ ކުރަން. ފުރަތަމަ ކަމަކީ އަރަބި ބަސް އެއްވެސް ވަރަކައް ނޭގޭ ޤްރުއާންވެސް ބަލައިގެން ރަނގަޅައް ކިޔަވަން ނޭގޭ މީހުން މިކަހަލަ ވާހަކަ ދެއްކީމަ ހަމަ ހިނި އަންނަނީ. އެއީ މާ އެނގޭ ރޯނު އެނދުރަކައް ވެގެން އުޅޭތީވެ. ކަލޭ މުރުތައްދުވީ ﷲ ސުބުހާނަހޫ ވަތަޢާލާގެ މައްޗައް ދޮގުހެދީ.

  70
  4
 7. މީހާ

  އަންހެނުންނަށް ވަލީ ދެވޭތަ؟؟ އަންހެން ފަނޑިޔާރުންނާ ވަލީ ހަވާލު ކުރެވޭނެތަ؟؟

  76
  5
 8. ލާމު

  ކުދިންނޭ. ގައުމެއްނެތް. ގައުމު ހަލާކުވެ ނެތި ގޮސްފި. ދީނީ ޢިލްމްވެެރިންނަށް ޖާހިލުން ފާޅުގައި ގޮންޖަހަންފަށައިފި. ޔާﷲ. އަޅަމެން ވެއްޓެމުން މިދާ ފުން ވަޅުގަނޑުން ސަލާމަތް ކޮށްދެއްވާށި.

  88
  3
 9. ޢާއިޝާ

  މަވޯޓާ ދާންވީނު އައި.ޖީ.އެމް.އެޗް ގެ ހިތުގެ ޑޮކްޓަރަކަށް. މާރަނގަޅުވާނެ. ކޮންމެ މީހަކު ވަކި ދާއިރާއަކުން ކިޔަވަނީ ކީއކުރަންތަ. މުޅި ގައުމުގަ ރޯނު އެދުރުން އުޅޭއިރު. ސިއްހީ ޑޮކްޓަރަށް ބޭސް ލިޔެ ދެވެންޏާ، ދީނީ އިލްމު ވެރިންގެ ބަސްގަބޫލު ނުކުރެވެންވި ސަބަބެއް ނެތް.

  54
  3
  • ާާަ

   ގޮޓް އިޓް

 10. ނަމްޒާ

  އިލްމުވެރީންގެ ބަހުސް އެއްގެ ތެރެއައް މަރުމޯލަކު ތަދައްޚުލް ވެއްޖެ. މިގޮތައް ސުރުޚީ ބަދަލުކޮއްދެއްވާ.

  68
  3
 11. ކިޔާ

  ޑރ.އިއާޒުމެން ފަދައިން މުޅިއުމުރު ހޭދަކޮށްގެން ޢިލްމު އުނގެނުމަށް ބޭކާރު ވަގުތާއި ފައިސާތަކެއް ހޭދަކުރުމުގެ ބޭނުމެއް ނެތް..މަވޯޓާމެން ތަފްސީރު ޢިލްމަށްވެސް ހަމަ އެހާމޮޅޭ..މަހަމަ ސޮނިވެއްޓިއްޖެ..އެންމެ ހެއްވައީ އިސްލާމްދީނަށް ތިމަންމެންވެސް ފުރިހަމައަށް އަމަލުކުރަމޭ ކިޔާފަ އިސްލާމްދީނުގެ އަސްލުތަކަށް ކަނޑައެޅިގެން ފާޅުގަ ބަދުބަސްބުނެ އަދި ބުނަމުންއަންނަ ފަރާތެއް ތިމަޖީލީހުގެ ރައީސަކަށް ހޮވާފަ ހުރީމަ..މިފަދަމީހަކަށް އެފަދަމަޤާމެއް އިސްލާމީ ގައުމެއްގަ ދިނުން ހުއްދަވާނެތޯ ނުވަތަ ނޫންތޯ ޑރ.މަވޯޓާ..

  51
  3
 12. ބޮއިކަޓް ޢަލީ

  ކީއްވެގެންބާ ރަސޫލުން ނާއި ނަބީބޭކަލުންގެ ގޮތުގައި އަންހެނުން ނުފޮނުވީ.

  57
  3
 13. ސަންތިމަރިޔަބު

  ސުބްހާނަށްﷲ ރަސޫލް ސއވ ހަދީސްކުރަށްވާ ފާއިވާ ފަދައިން ގިޔާމަތުގެ އަލާމަތްތައް އަލާމާތަކަށްފަހު އަލާމާތެއް މިހިރަދަނީ ފާޅުވެފެންނަމުން ސަފީހުން ނުކުމެ ފާޅުގާއި ދީނީއިލްވެރިންނާ ޖަދަލު ކުރަން ފަށާއިފި އަޅުގަޑަށް ހީވަނީ އިއްޒަތްތެރިޔާ ތިއީ ޑރ ޝެއިހް ޖަނާބީހެން ހަމަހިނިއަންނަނީ

  48
  3
 14. ެައުޒީ

  ފަހުޒަމާނުގަ ޖާހިލުންވެސް ދީނުގެ ކަންކަމައް ބަސްބުނެ ގޮތް ކިޔާނެ.

  52
  3
 15. ދޮންބެ

  މިވީގޮތުން އެޖެންޑާ19ގެ ދަށުން ހޮވިފައި ތިބި މެމްބަރުންނަށް ވޯޓުދިން ބަޔަކުވެސް ފާފަވެރިވާނެ. ލައިވްޓީވީގައި އެންމެނަށް ފެންނާނެހެން ފާޅުގައި ދޮގު ހަދާ އިއްޒަތްތެރިކަމަށް ދައުވާކުރާބަޔަކު، ދީނޭ ކިޔައިގެން ﷲއަށާއި އެކަލާނގެ ބާވާލެއްވި އާޔަތްތަކާމެދު ބުހުތާނު ދޮގު ހަދާކަށްވެސް ފަހަކަށް ނުޖެހޭނެ. މިކަންކަމުން މިއެނގެނީ އެޖެންޑާ19އިގެ ދަށުން ހޮވިފައި ތިބިބަޔަކު މަޖިލިސް މެމްބަރުކަމަށްވެސް ކުފޫހަމަނުވާކަން. އިލެކްސަން ކޮމިސަނަށް ނުބައި ނުފޫޒެއް ވަދެގެން މިބައިގަނޑު މެމްބަރުކަމަށް ޝަރުތުހަމަވާކަމަށް ކަނޑައަޅާފައި މިއޮތީ. އެކަމުގެ ހެކިތައް ފެންނަމުން މިދަނީ.

  42
  3
 16. ސައްދާމު

  އަންދަލުސް އޭ މައިކާލޯ އޭ ކިޔަ ކިޔާ ތިއްބާ ނޫންތޯ އަންހެނުންނައް ފަނޑިޔާރުކަން އެދިނީ.. ދެންވެސް އަންދަލުސް ކިޔަން ނުތިބެ ރައްޔިތުން ނިކުމެ މިތިބަ މުނާފިގުން ނިންމާލަން އެބަޖެހޭ.. އަނދަލުސް ކިޔަކިޔާ ތިއްބާ ދެން ފެންނާނީ ދީނި މިނިވަންކަން ދޭ މަންޒަރު. އޭރުންވެސް އަނދަލުސް އޭ ކޮތަޅޭ ކިޔަކިޔާ ތިބޭނީތަ. ނޫނީ އިޔާޒުމެން ބުނާހެން ޒިންމާ އަދާކުރެވިއްޖެއޭ ކިޔާފަ ތިބޭނީތަ. މިތާގަ ތިބޭ ސިފައިންވެސް ހުވާ ކުރާނެ ނިކަން ގަދައައް ގައުމާއި އިސްލާމްދީނުގެ ދިފާއުގައި އޭ ކިޔާފަ.. ދީން މަރާ ސަންދޯކައްލާއިރުވެސް މިތިބެނީ މުނާފިގުންގެ ދަށުވެގަނެގެން

  43
  3
 17. އަޙްމަދު

  އެދެމީހުންގެ ތެރެއިން އެކަކު އެތަނަށް ލާން ތިހާވަރު ދައްކަނީ އެއީ ބެކްޓީރީއާއަކަށް ވާތީ. ދީނީގޮތުން ދޮގުވާހަކަ ދައްކާމީހުންގެ ދޫ ހެލުން ގެންދަވާށީ! އާމީން!

  38
  2
 18. އަހަރެން

  މާތް ﷲ ގެ ދަރުބާރުގައި ޖަވާބުދާރިވާތަން ވަރަށް ދެކިލާ ހިތްވޭ .

  39
  1
 19. ރޯނުއެދުރު

  ބަލަމިހިރަޖާހިލާ ކަލޭކޮންތާކުންތަ ޤުރުއާން ޢިލްމްއުނގެނުނީ ރައްޔިތުންގެ މަޖްލިހުގެ ގޮނޑިޔެއްގައިށީންދެވުނީމާ ކަލެއައްތިހީވަނީ ތިމަންނައައްމިހިރީ ހުރިހާއެއްޗެއް އެނގިފައޭ އިލްމްވެރިންނާޖަދަލުކުރަންތިއުޅެނީ ﷲވަޙީކުރައްވާފަވަނީ ތިޔަބައިމީހުންގެތެރެއިން ޢިލްމްވެރިން ދަރަޖަތަކަކައް އުފުއްލެވީމޭ މިވަޙީބަސްފުޅައްވިސްނާލިޔަސް ޢިލްމްވެރިންނާޖަދަލެއްނުކުރާނެ އެފަދަޢިލްމްނެތްމީހަކު ތިކަހަލަޖާހިލަކުނޫނީ

  37
  2
 20. ސެހެރީ

  މި ނުބައި ނުލަފާމީހުން ގެ ނުބައިކަމުގެ ސަބަބުން އާންމުވެގެންވާ ކޯފާއެއް އަޅަމެންގެ މައްޗަށް ނުފޮނުއްވާނދޭވެ.

  46
  2
 21. މަސޯޓާ

  ﴿18﴾ وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا ۚ أُولَٰئِكَ يُعْرَضُونَ عَلَىٰ رَبِّهِمْ وَيَقُولُ الْأَشْهَادُ هَٰؤُلَاءِ الَّذِينَ كَذَبُوا عَلَىٰ رَبِّهِمْ ۚ أَلَا لَعْنَةُ اللَّهِ عَلَى الظَّالِمِينَ

  اللَّه އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް އެއުރެން ހުށަހެޅޭނެތެވެ. އަދި ހެކިން ބުނާނެތެވެ. އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދޮގުހަދައިގެން އުޅުނު މީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ

  22
 22. ކު

  ރުފިޔާ ފައިސާއަށް މިވަނީ އިސްލާމް ދީން ވިއްކާފައި އެކަމަކު ހަނދާންކުރާތި! މާތް ﷲގެ ދީން އެކަލާނގެ ޙިމާޔަތްކުރައްވާނެކަން. މާތް ﷲ ވަނީ ޖިންނީންނާއި، އިންސީންގެތެރެއިން ގިނަ ބަޔަކު ނަރަކައަށްޓަކައި އުފެއްދެވިކަން ކީރިތި ޤުރްއާނުގެ އަލް އަޢުރާފު ސޫރަތުގެ 179 ވަނަ އާޔަތުގައިވެސް އަދި ކީރިރިތި ޤުރްއާނުގެ އެނޫން އާޔަތްތަކުގައިވެސް ވަޙީކުރައްވާފައި!

  11
 23. ސައްޔިދު ދީދީ

  ތަންކޮޅެއް ކުރިން މުސްލިމުންގެ ތެރޭގައި އުޅުނު ސަލްމާން ރުޝްދީ ކިޔާ މީހެއް. މީނަގެ ލިއުމަށް ޔޫރަޕުން ވަރަށް ބޮޑު ތަރުޙީބެއް ލިބުނު. މަވޯޓާ ވެސް އެފެންވަރަށް ދިޔައީބާ؟

  15
 24. ހަމްޒާ

  ސުްޕްރީމްކޯޓުގެ އަންހެން ފަނޑިޔާރަކު މައްސަރުކަންތަކުގަ ހުންނަވައިގެން ގައުމީބޮޑު މައްސަލައެއްގެ ކޭސް ހެންޑަލް ކުރުމައް ދޫކުރެވިދާނެތޯއެވެ.؟ އިލްމުވެރީން ގާތުއަހާލަން ބޭނުންވޭ އަންހެން ފަނފިޔާރަކު މައްސަރުކަމުގަ ހުރެގެން ހުކުމް އިއްވާ އެހެން މީހުންނައް ހުވާލާދީ ހެދިދާނެތޯ.؟ އަންހެން ފަނޑިޔާރަކު މައްސަރުކަމުގެ ދުވަސްވަރު ޝައްކެއްނެތް މިންވަރައް ދެނެނުގަނެވޭކަމުގަ ވާނަމަ މައްސަރުކަމުގަ ހުރެގެން ގާޒީއަކައް އަދާނުކުރެވޭނެ ކަންކަން ހުއްޓުވާނީކިހިނެތްތޯއެވެ.

  12
 25. ސިޑް

  ތީބޮޑުޖާހިލެއްމުރުތަައްދު ކާފަރެއް ލާރި ހޯދަން ހޭބަލިވެފަތިހުންނަނީ ލާރިޔައްބޫތުކާގެން ދީނުންބޭރުވާއިރުވެސްތިގަަމާރުއަކައްނެއެގޭ

  14
 26. އަސަދު

  ބައެއްފަހަރު ޑ.އާރ ވެގން ބައެއްފަހަރު މާއެންޑީޕީވެގެން އުޅޭ ރޯނުއެދުރެއް މަވޯޓާ ޝަރީފަކީ!

  16
 27. މަރަދޫމީހާ

  ޝެއިޚް މަވޯޓާ މަގުމަތިން ފެނުނުނަމަވެސް ހައްގުއަދަބުދިނުމައްގޮވާލަން ﷲގެ ޝަރީއަތާދެކޮޅުހަދާމީހަކައްއޮތީ ކޮން އަދަބެއްތޯ އެނގޭބޭފުޅަކު ވިދާޅުވެދެއްވުން އެދެން

  15
 28. ބަކުރުބެ

  މީދެން ކިހާ ދެރަ ކަމެއް ކޮން ޝޭހެއްގެ ވާހަކަތަ ރަގަޅީ އަހަންނަށް އޮޅިއްޖެ މިހާރު މުޅި ގައުމުގަ ހުސް ސިޔާސީ ޝޭހުން

  11
  2
 29. އިބްރާހީމް

  ޝަރީފަކީ މިހާ ތަންދޮރު ނުފިލާ މީހެއް ކަމެއް ކުރިއަކުން ނޭނގޭ .. ނިސާ ސޫރަތުގެ އެ އާޔަތް ތަފްސީރު ޢިލްމުވެރީން ތަފްސީރު ކުރައްވާފައިވާ ގޮތް މި ގަމާރަށް ނުފެނުނީތަ.. މުޅި ހަޔާތް ޤުރުއާނުގެ ޢިލްމު ގައި ހޭދަ ކުރެއްވި ޢިލްމުވެރިންނަށް ވުރެ މިސޮރު މޮޅުވީތަ. ބައްލަވާ މި އާޔަތުގެ އިބްނު ކަޘީރު ތަފްސީރު .

  17
  2
 30. ގުއި ޗޮންހެއި

  ޒަމާން ބަދަލުވެއްޖެ ކަމަށް ބުނެ މަވޯޓާ ކަލޭ ތިޔަ ޤުރުޢާންއަށް ހަޖޫޖަހަނީ... މިމީހުންނަށް ކިޔޭ ނުކިޔޭ އެއް ގެޓެއް ނުވޭ... ސުބުހާނައްﷲ

  19
  2
 31. އެލް ބޯޑު ސަރުކާރު

  މިޒަމާނާއި އެއްގޮތަށް ދީން މޮޑިފައިކުރަންދޯ ސަރީފު އަހަރެމެން ކަލޭ އެކަށީގެން ނުވާ މަދު އިމްމެއް ހުރިއިރު ތިގޮނޑިއަށް ހޮވީ ކަމަށްތަ ހީކުރަނީ؟ ޤުރުއާން ބަދަލުކުރަން ވިސްނާ ޕާޓީދޯ ތިއީ

  14
  1
 32. ސައްތައިންސައްތަ

  ސަރީފޫ ﷲގެ ކޯފާއެއް އިތުބެދާނެކަމައް ބިރުވެތިވެބަލަ މިމީހުން މި ރާއްޖޭގައި ފައްޅި އަޅަންވެސް ހުއްދަދީފާނެ ...

  22
  2
 33. މޮޔަވޯޓާ

  ތި ދެއްކެވި ވާހާކާފުޅުން އަޅުގަނޑައް މިހާރު ޔަގީން ވެއްޖެ މީހުން ކިޔަމުންދާގޮތައް މަވޯޓާ ސަރީފު އަކީ ހަމަ ވިސްނޭ މީހެއް ނޫންކަން. މަނިކުފާނު ވީ ނޫންތޯ މެޓާނިޓި ލީވް ފިރިހެން ބޭފުޅުންނައް ހޯދައިދޭން ވަކާލާތު ކުރަން . އެއީ ހަމަ ހަމަ ނަމަ ތިބޭފުޅާ ނޫންތޯ ވިހައިގެން ލީވް ނަގައިގެން ގޭގަ އަނބިމީހާ ބެލުމުގެ ދަށުގައި އޮންނާނީ. ބަލަގަ އަންހެނުންނަކީ ފިރިހެނުންނައްޓަކައި ލައްވާފައިވާ ބައެއް އޭގެ މާނައަކީ އެއީ އަޅން ނެކޭ ނޫން އެއީ ފިރިހެނުންގެ ހިމާޔަތުގަ ވާބައެކޭ. މަވޯޓާ މުޅ ހަތިމު ބަލާފަ ދައްކަދީބަލަ ފިރިހެނުންވަނީ އަންހެނުންގެ ހިމާޔަތުގައޭ އޮތް ތަނެއް.. މިވަރުން ތިކިޔާ ހަމަ ހަމަ ވިސްނޭބާ؟؟

 34. ނަޖީ

  ޒަމާން ބަދަލުވިޔަކަސް ކީރިތި ގުރުއާނާ އިސްލާން ދީނަކީ ބަދަލުނުވާނެ އެއްޗެކަން މިމީހާޔައް ނޭގެނީބާ މިވަރުގެ ތަންދޮރު ނުދަންނަ މީހަކު މިގިދިޔައް ހޮވިބަޔަކައް ހަމަ ސާބަސް

 35. ޒިޔަޒަން

  މަ ކުރިން ވަރަށް ނައްޓާ މީހެއް މި އިޔާޒަކީ.. އެކަމު މިކަމުގަ ތިޔަ ލާދީނީ ރީނދޫ ހުމިގެ ބަެިގަނޑާ ޖަދަލުކޮށް ހައްޤު ބަސްބުނީމަ މިއުޅޭ ބައެއް ޝޭކުން ގޮތަށް އިޔާޒު އަދި ފިތިފަ ނެތްކަމަށް ޤަބޫލުކުރަން.. ބުންންޖެހޭ އެއްޗެއް ބުނަންކެރޭ މީހެއް. ދެން މަވީޓާތި ކާކު؟ ޤުރުއާނާ ފިޤުހު އިލްމުން ޕީއެޗްޑީ ނަގައިފަ އިޔާޒު ހުރީ؟ މަވޯޓާއަށް ވައްކަމާ މަކަރު ހީލަތުން ޕީއެޗުޑީ ދެން މިހިސާބުން ވަރަށް ސާފު ކާކުގެ ވާހަކައެއްކަން އަހަންވީ..

 36. އަންޑަވޯޓާ

  ލިޔަންކިޔަން ދަންނަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ތިއައީ، ގުރުއާނުގެ ކޮންމެވެސް ތަރުޖަމާއަކުން ނަގާފައި އޭގައިވާ އެއްޗެއް ކިޔާލައި ތިމާއަށް ދޭހަވާ މާނަ އެއީ އޭގެ އެންމެ ރަގަޅު މާނަ ކަމަށް ދައުވާކުރުން. ދީނީ އިލްމު އުނގެނިގެން ތިބި މީހުން ޚާއްސަކޮށް އެ ރޮނގުން ޑޮކްޓްރޭޓް ހަދާފައިވާ މީހުންނާ ދީނީ ގޮތުން އެއްވަރުކުރެވޭނެއޭ ހީވުމަކީ ތިމާގެ ހުރި ޖާހިލުކަމާ ލާދީނީކަން ދައްކައިދޭ ކަމެއް. ޚާއްސަކޮށް ދީނީ އިލްމު ނުކިޔަވާ ތިބި މީހުން ގުރުއާނާ ބެހޭގޮތުން ދަޖަލުކުރުމުން އެޖަދަލުކުރެވެނީ މީހަކާ ނޫން, އެ ބާވައިލެއްވި ފަރާތާ.

 37. އަސްލު

  " ދީނީ ޢިލްމެއް ލިބިފައި ނުވާ މީހަކު އާޔަތް ކިޔާ، މާނަ ބުނެދީ، ދީނީ ޢިލްމް ވެރިންނަށް ރައްދު ދޭން ފަށައިފި! " މިހެޑިން އެންމެގުޅެނީ

 38. މަންނަނު މިޔާ÷÷÷÷÷÷

  ކަލޯ ފަހުޒަމާނުގައި އުޅޭނެ މަވޯޓާ ކަހަލަ އިލްމު ވެރިން

 39. މަންތިރި

  މީ ޝަރީފު ކިޔައިފިއްޔާ ވާގޮތަކީ ކުދިންނޭ! މަވޯޓާ ޝަރީފު/ އީޗީ ޝަރީފު/ ވިންޓަރ ޝަރީފު...ހުސް އެއްކަހަލަ ޖާހިލުން

 40. މައިވޯޓް

  އަމިއްލަ އެދުމާއި އެދުން ވެރިކަން އިސްކޮށް ތިމާއަށް މޮޅުކަން ލިބޭނީ މި އިންސާފެއް ނެތް ދުނިޔެމަތީ އެކަނިކަން ހަނދާންކޮށްގެން ބަސްބުނަން ހަނދުމަކޮށްދެން....

 41. ލޮލް

  ޝަރީފޫ.... ފުރަތަމަ ބުރޯ އަތުން ހޯދި ފައިސާގެ ވާހަކަ ދައްކަބަލަ. ޢެއްށްފަހު ދީނުގެ ވާހަކަ ދައްކަން ހިގާ. ވަގު ފައިސާ މައްޗަށް އަރާހުރެ ތިވާހަކަ ދެއްކުން ތާހިރެއް ނޫން.

 42. ނަސީރު

  ފަހުޒަމާނުގަ އަދިމިއައްތުރެން ބޮޑެތިކަންތައްތައް ދިމާވާނެ
  ދުނިޔޭގައި ދިރިތިބި ބަޔަކައް އިބުރަތެއް ކަމުގައި ފުދޭނެ

 43. ބަކުރުގެ ތަކުރު

  މިސްޓަރ ޗެއާޕާސަން ނީޑްސް ޢޯލްޓަނޭޓިވް ވަާރސަން
  ...އެހެންވެ އިތްޒަތްތެރި މެމްބަރުގެ ވާހަކަ އެގޮތަށް އެދެއްކެވީ!!!!!!!

 44. ބަރުގޮނު

  މަވޯޓާ ޝަރީފު ލާނެ ހަޅޭކެއްލަވާ... އެއަކު މަސްއަލައެއްނެތް. އެކަމަކު ކީރިތި ޤުރުއާނާ މާތް ރަސޫލާގެ ސުންނަތު ގެ ވާހަކަ ދައްކާ ދީނީ ޢިލްމުވެރިންނާ ފިޤްހުވެރިންނާ ޖަދަލުކުރަންނޫޅޭ. ޝަރީފްމެންނަކީ ސިޔާސީ އަގަކެހެނި ރޯގާގައި ޓަކަޓަކަ ލައްވާބައެއް.