2023 ވަނަ އަހަރު ރާއްޖޭގައި ވެރިކަން ކުރައްވާނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ދަގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް މިހެން ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ ދޫކޮށް ޖުމްހޫރީ ޕާޓީއާ މިރޭ އަލަށް ގުޅިވަޑައިގެންނެވި ފަރާތްތައް ސޮއިކުރުމަށް ކުނޫޒްގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އިލްހާމް ވިދާޅުވީ ޖުމުހޫރީ ޕާޓީ އަކީ މީހުން ވެރިކަމަށް ގެނެސްދޭ ޕާޓީ އެއްގެ ގޮތުގައި ބެލި ބެލުން މާޒީވެ ހިއްގައްޖެ ކަމަށެވެ.
"މިރެއަކީ ޖުމުހޫރީ ޕާޓީގެ ހަޔާތުގައި ވެސް ވަރަށް އިސް ބޭފުޅުންތަކެއް އެއްފަރަހާ ގުޅުނުރެއަަކަށް މި ރޭ ވާނެ, މިރޭ ޕާޓީ އަށް ގުޅިވަޑައިގެންނެއްވި ހުރިހާ ބޭފުޅުނަށް ޝުކުރު ދަންނަވަން" އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ކުރީގެ ރައީސް ޔާމީނުގެ ދައުރުގައި ވެސް އަދި މި ސަރުކާރުގައި ވެސް މަޖިލީހުގެ ރައީސް ކަން ދޭން ވައުދުވީ ޖުމުހޫރީ ޕާޓީއަށް ކަމަށެވެ.
"މިކަން ކަން ހަދާން ކޮށް ދޭން އެބަޖެހޭ މިއީ އެއްގޮތަކަށް ވެސް ހޭން ޖެހޭ ވަރުގެ ކަންކަމެއް ނޫން, ސިޔާސީ މަސައްކަތް އަޅުގަނޑުމެން އަދި ހުއްޓައެއް ނުލަން އަދިވެސް ވާހަކަ ދެއްކޭނެ" އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ 2023 ގައި ރާއްޖޭގައި ވެރިކަން ކުރާނީ ގާސިމް އިބްރާހިމް ކަމަށެވެ. އަދި އެމައްސަކަތް ބާރަށް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އެންމެންގެ ބޭނުމަކީ ގާސިމް ހެއްދުން.
ހާމާނު ފިރުއައުނު ހައްދައިގެން ޚަޒާނާ ކަޅާކޮށްލިހެން މި ތިބަ ލަދެއް ނެތްމީހުން މީހުންނަށް ޚުޝާމަދު ކޮށްގެން ހޯދާ ފައިސާއިން ބަނޑަށް ތި އަޅަނީ އަލިފާން ރަށުން މާލެ އައި އިރު ދެފަޓުލޫނާ ޖިންސަކާ ހިފައިގެން އައިސް ތި ގޮތަށް މީހުންގެ ބޮލަށް ސަވާރުވެގެން ބޮޑެތި މަހުޖަނުންނަށް ވެވެންޏާ ތި އުކުޅު ބޭނުން ނުކުރަންވީ ސަބަބެއްވެސް ނެތް . ޑިމޮކްރެސީ އިން އެންމެ ބޮޑު ފައިދާއެއް ކުރީ ތިކަހަލަ މުނާފިޤުންނަށް
ސަހަރޯ! ހޭލާ ތިބެގެންވެސް މިހާރު ބަޔަކު ހުވަފެން ދެކެނީބާ! ތިޔަ ކުދިން ސިޔާސީ މައިދާނުގައި މަމެން ރައްޔިތުންގެ ގާތުގައި ވަރަށް ހަގު ވާނެ. ކުރިއަށް އޮތް 15 ދައުރު މޑޕ ﷲގެ ވާގިފުލާއި އެކު ވެރިކަން ކުރާނެ. ދެން ލަލަލަލާ!
ގާސިމް ނަގާ މުރަނގަ ގަހު ކުރިޔަށް ! މުރަނގަ ގަހަކީ ވަރަށް މަޑުމަޑު އެއްޗެއް !
ކިހާ ހިސާބަކުން ތިޔަ އައީ،، ޣައިބު!!!
އިލްހާމް! ކަލޭތީ ހާދަމޮޅުމީހެކޭ. ﷲގެ އިރާދަފުޅުވެސް ނުލާ ތިހިރަ ފޮނިބަސްތައް ދުލުން ބޭރުކުރަނީ ޣައިބުގާ ވާކަންތައްތައްއެނގޭކަމަށްތަ؟ ބަލަ ވެރިކަމަކީ އިލްހާމްދޭކަމެއްނޫނޭ. ވެރިކަންދެއްވަނީ މާތްﷲ، އެވެރިކަން އަތުލައްވަނީވެސް މާތްﷲ. އިލްހާމަށް ދެންވެސް ކުރެވޭނެކަމަކީ ކުރީފަހަރު ހެދިހެން ގާސިމު މޮޔަހައްދާގެން ރައީސްކަމަށްހޮވޭނޭ ކިޔާ ގާސިމް އަތުން 80ހާސްރުފިޔާ ހިފައިގެން އަތޮޅަށްގޮސް އެއްވެސް މީހަކަށްއެއްވެސް ފައިސާއެއްނުދީ އަމިއްލައަށް ބަނޑުއަޅާލުން.
އަޗި ޗީޗީ .......
ހަނދާން ނައްތާލާ
2023ގައި ވެރިކަން ކުރާނީ މަށޭ ނުބުނީ ކީއްވެތަ ؟ ތިތިބީ ބޮލި ފެކައްކަން ފޫގަޅައިގެންކަން އެންމެނަށްވެސް އެގޭ !ބޮލި ފެނުކެއްކިދާނެ ! އެކަމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތް !
ވެރިކަން ކުރަން ސަރުކާރު ގައި ހުރި ޕާޓީ ނޫން ޕާޓީއެއް ކަމަކުނުދޭ. މުޅިން ކޮރަޕްޓް ވެ ތައްތެޅިފައި ތިބި ބައެއްތީ
ޤާސިމަށް ރާއްޖޭ ގެ ވެރިކަށް ނުކުރެވޭނެ.ޤާސިމަކީ ވަރަށް އަވަހަށް ހައްދާލެވޭ މީހެން.
ތިކަމަށް ދައުވަތު ނުދެވޭނެ ތީނާ ތީ ތިކަމަށް ކުފޫހަމަވާ ބޭފުޅެއް ނޫން،،،،