ސިނަމާލެ ބްރިޖުގެ އަހަރީ އިންސްޕެކްޝަނަށް ބްރިޖްގެ ދެ ލޭނެއް ތިން ދުވަހަށް ބައެއް ވަގުތުތަކުގައި ބަންދުކުރުން ނިންމައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ސިނަމާލެ ބުރިޖު ބޭނުންކުރާތާ އެއް އަހަރު ވުމާއި ގުޅިގެން ބުރިޖުގެ އެނުއަލް އިންސްޕެކްޝަންއެއް ހެދުމަށްޓަކައި ބުރިޖުގެ މާލެ އިން ހުޅުލެއަށް ދާ 2 ލޭން ބަންދު ކުރުމަށް ހަމަޖެހިފައިވާކަމަށެެވެ.

އަދި ބުރިޖު ބަންދުކުރެވޭ ގަޑިތަކުގައި ހުޅުލެ އިން މާލެ އަށް އަންނަ ލޭން ވަގުތީގޮތުން ދެކޮޅަށް ދުއްވާގޮތަށް ބަދަލުކޮށް ހުރިހާ އުޅަނދެއް މި ލޭން އިން ދުއްވާގޮތަށް ހަމަޖައްސާފައިވާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ އިއުލާނުގައި ވެއެވެ.

ބުރިޖު ލޭންތައް ބަންދު ކުރާ ގަޑިތައް

  • 30 އޮގަސްޓު 2019 ވާ ހުކުރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް
  • 31 އޮގަސްޓު 2019 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް
  • 06 ސެޕްޓެމްބަރު 2019 ވާ ހުކުރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، 06 ސެޕްޓެމްބަރު 2019 ވާ ހުކުރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ބުރިޖުގެ ހުޅުލެއިން މާލެ އަށް ދާ 2 ލޭން ކަމަށެވެ.

އަދި ބުރިޖު ބަންދުކުރެވޭ ގަޑީގައި މާލެ އިން ހުޅުލެ އަށް ދާ ލޭން ވަގުތީގޮތުން ދެކޮޅަށް ދުއްވާގޮތަށް ބަދަލުކޮށް ހުރިހާ އުޅަނދެއް މި ލޭން އިން ދުއްވާގޮތަށް ހަމަޖައްސާފައިވާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވނަީ، ބުރިޖު މަތިން ދަތުރުކުރުމަށް މި ގެނެވުނު ބަދަލުތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށާއި އަދި އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުުރުމަށް އެދިފައެވެ.