ގޮތްނޭނގޭ މަރުގެ މައްސަލަތައް ތަހުޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މަރުގެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލި މީހާގެ މަޢުލޫމާތު އާންމުކޮށްފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ އެ ރިޕޯޓުގައި ބުނެފައިވާގޮތުން، ރިޟްވާން މަރާލާފައި ވަނީ، ތ. އޮމަދޫ/އަތިރީގޭ، ސާމިތު މުޙައްމަދު (ސޯމިތު) ކަން ސިއްރު ހެކިވެރިޔަކު ތަހުޤީޤަށް ދީފައިވާ މަޢުލޫމާތުން އެނގޭ ކަމަށެވެ.
"ސިއްރު ހެކިވެރިޔާ ދީފައިވާ މައުލޫމާތުން އެނގެނީ ތ. އިމަދޫ/އަތިރީގެ، ސާމިތު މުޙައްމަދު އާއި އޭނާ އާއި ދެކެވުނު ވާކަހައިން، ރިޟްވާން އަބްދުﷲ މަރާލީ އޭނާކަން އެނގޭ ކަމަށެވެ.،" ރިޕޯޓުގައި ވެއެވެ.
ރިޕޯޓުގައި ބުނެފައިވާގޮތުގައި، ސޯމިތަކީ 2014 ވަނަ އަހަރު އަބޫބަކުރު އަލްބަޣްދާދީ އިސްލާމިކް ސްޓޭޓްސް އިއުލާނު ކުރުމާއެކު ބައިބައި ވެގެން ދިޔަ އަލްޤައިދާ ޖަމާޢަތުން، އެ ޖަމާޢަތަށް ނިސްބަތްވާ ޖަބްހަތުއް ނުސްރާއަށް ބައިއަތު ހިފި މީހެއް ކަމަށެވެ. އޭނާ އަކީ ރާއްޖޭގައި ހިންގާ އަލްޤައިދާ ޖަމާޢަތުގެ އިސް ވެރިއެއްކަން ފާހަގަކޯށް ރިޕޯޓުގައި ބުނެފައި ވަނީ، ޖިހާދުކުރުމަށް ތަމްރީނުކޮށް ސީރިޔާއަށް ހަނގުރާމައަށް ދިއުމަށް އޭނާ ރާއްޖެއިން ބައެއް މީހުން ތައްޔާރުކޮށްފައިވެސް ވާ ކަމަށެވެ. އޭގެތެރެއިން ބައެއް މީހުން ސީރިޔާއަށް ގޮސްފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ރިޕޯޓުގައި ވާގޮތުގައި ރިޟްވާނު ރަހީނުކޮށްގެން ގެންގޮސް ދޯންޏަކަށް އެރުވުމަށްފަހު އޭނާގެ ބޯ ބުރިކޮށްލައި، ހަށިގަނޑު ވަނީ ކަނޑު ފައްތާލާފައެވެ. މިކަމުގައި އަމަލީގޮތުން ބައިވެރިވެ ރިޟްވާނު މަރާލީ ސޯމިތު ކަމަށް ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ.
"ޖަބްހަތުއް ނުސްރާ ފަޅީގައި، މަޒީރުގެ ދަށުން ހުންނަ ބޮޑު ޝައިޚަކީ ސޯމިތު އެވެ. މި ޖަމާޢަތުގައި ލޭ ހުއްދަކުރާ މައި ޝޭޚަކީވެސް މި ސޯމިތުއެވެ." ރިޕޯޓުގައި ވެއެވެ.
މާތް ކަލާކޯ
ސުވާލަކީ ދެން ރިޟުވާނުގެ ބޯބުރިއަށް ހެދީ ކިހިނެއްކަމެއް މިއެއްވެސް ބަޔާނަކުނެތޭ އެކަން ތިޔަ ކޮމިޝަނަށް އެނގިފައިވޭތޯއޭ؟
ދެން ކޮބާތަ މިހާރު ތިޔަ ޖަނަވާރު، ހިފާ ރަޖަމުކުރަންވީ،
ބިރުވެރި ކަން ބޮޑު ވާންޖެހޭ ވާހަކަތަކެއް.. ތިޔަ ސޯމިތު ކޮބާތަ؟ ހުރިތާކުން އުފުރާލައުގެން ނެނެސްބަލަ މޮޅިއްޔާ... ދެން މިއޮއްހާ ދުވަހު ޔާމީނޭ ފަޅޮލޭ ކިޔާ ސިޔާސީ ފައިދާ ނެގީ ކީއްވެޔޯ؟ ކަލޭމެން އައިސް ބެލީމަވެސް އެނގިއްޖެނު ހަޤީޤަތް..
ޔާމިންގެ ބައިވެރިވުން މީގަ އެބަ އޮތް. މިކަންތަށް ސިއްރުކުރުމަށްވުރެ ބޮޑު ބައިވެރިވުމަކީ ކޮބާ؟
ކަލޭގެ ޖަނަވާރުކަން އަހަންނައް ބޮޑީ. އެއީ ފާސިގަކު ޚަބަރަކައިގެން އައިމަ އޭގެ ތެދު ދޮގު ނުބަލައި ވާހަކަދެއްކީމަ.
ތި ސޯމިތު މަރާލަން ވީ ހަމަ މިހާރުން މިހާރަށް.
ތިވިސްނުމުގައި ކަންކުރަން ވެއްޖިއްޔާ ރައީސް ޔާމީން އާއި އަދީބު މިހާރު އޮންނާނީ މަރާލާފައި. ސޫދުމެން ކުރިން ބުނީ ޔާމީނޭ ރިޟުވާން މެރީ
ބިރުވެރި ވާހަކަތަކައެއް ތީގަ ތިހުރީ
ތިކަމުގަ އޭރުގެ ސަރުކާރާ ކުރީގެރައީސް ޔާމީންގެ ދައުރަކީކޮބާ؟ މިހެންމިބުނެލީ އެމްޑީޕީން ތިކަމުގަވަރަށްބޮޑަށް އޭރުގެ ސަރުކާރަށާ ރައީސްޔާމީނަށް ތުހުމަތު ވާހަކަ ދެއްކީމަ
މިޖަމާއަތުގެ މީހުން ކީއްވެގެންބާ ވައްކަންކުރާމީހުން ހިފަހައްޓައި އަތްބުރި ނުކުރަނީ.
އެމް ޑީ ޕިގެއިބައެށްމިހުނައްއެގިގެންހިނގިކަމެއްކަމައްލފާކުރެވެ
މިހުރިހަާ ކަމެއް ރައީސް ޔާމިންއާ ގުޅުވީ ވެރިކަން ހޯދަން މަގު ކޮށަން . ނުލަފާ ޔަހޫދީ ބައިގަނޑެއް.
ޔާމީނު މިކަން ސިއްރުކުރީމަ. އެއްފަހަރު ބުނި ރިލްވާނު މަރުވެއްޖެޔޭވެސް އަނެއްދުވަހު މާފަށްވެސް އެދުނު ނޭންގޭކަމަށް ހެދުނަސް އެއީ ބޮޑުވަރު. ދައުލަތުން ވައްކަން ކުރުމުގެ އިތުރުން ރަނގަޅަށް ވެއްޖެޔާ ހުންނާނީ އެކަން ސިއްރުކޮއްދޭނަމޭ ކިޔާ އައި އެސް އަތުންވެސް ލާރި ކައިފަ. ވަރުގަދަ ކައްޕިއެއް މީ.
ތި ސޯމިތު މަރާލަން ވާނީ ކުދިކުދިކޮށް ވީދާފަ
ތި ސޯމިތު މަރާލަން ވާނީ ކުދިކުދި ކޮށް ވީދާފަ
ދެން މިހާރު ތިޔަ ސޯމިތު މީހާ ކޮބާ، ނުރައްކާތެރި ޙާލަތް ތަކެއް ކުރިމަތި ވެދާނެކަމުގެ ކަންބޮޑުވުންތަކެއް އެބަހުރި
މިހާރުން މިހާރަށް މި ނުލަފާ ބައިގަނޑު ރައްޔިތުންނާއި ހަވާލު ކުރުމަށްފެނޭ. ރައްޔިތުން ތިބީ އިންސާފު ޤާއިމުކޮއްދޭން އަތުކުރި އޮލައިގެން.
ވަﷲ . ތާކުންތާކު ނ ުޖެހޭ ދޮގު ޚަބަރެއް މުނާފިގަކު ގެނެސްގެން ނުކުމެ އަހްލު ސުންނަތުގެ މީހެއްގެ ގައިގެ ފީހަން ދިޔަ ކަމުގައި ވިޔަސް ވާނެ ގޮތް ބަލާ. މިގައުމުގައި އަމަން ނަގާލަން ނޫޅޭތި. ކަލޭމެން ދޮގު ޙަބަރު ފަތުރައިގެން އަމަން ނަގާލައިފި ކަމުގައި ވަނީނ ނަމަ މިގައުމުގެ ހާލަތު ގޯސްވާނެ ކަން ހަނދާން ބަހައްޓާތި
ސުޕަރ ސަލަފް، ސަލަފް، ޑޮޓު، އަދި މި ނޫންވެސް ޖަމަޢާތްތައް އުފައްދައިގެން އުޅެނީ ސުންނަތައް އުޅޭ މީހުން ކަމުގައެއް ނުބެލެވޭ. އިސްލާމްދީނަކީ އެއބައިވަންތަކަމުގެ ދީން. އެކި ގްރޫޕްތައް ހަދައިގެން ބައިބައިވެ، ދީން ޓޫލަކަަށް ހަދައިގެން މީހުން ކޮންޓްރޯލްކުރުން ނޫންކަމެއް މި މީސް މީހުން ނުކުރޭ. އެކި ގްރޫޕުގެ އެކި އިލްމްވެރިން އިސްލާމްދީން ކިޔަނީ އެކި މިންވަރަށް. އެމީހަކު އުޅޭ ގޮތަކީ އިސްލާމް ދީން. މިސާލަކަށް، ސުޕަރސަލަފް މީހުން މިސްކިތަކަށް ޖަމަޢަތަކަށް ނާރާ. އެއީ ދެން ތިބޭ މީހުންގެ ޢީމާންތެރިކަން މި މީހުނަށްވުރެ ދަށް ވީމަ އެއްސަފެއްގައި ނުތިބެން. ބަލަ ޢީމާންތެރިކަން މެޝަރ ކުރަނީ ކަލޭމެންތަ؟؟؟ މީތަ ސުންނަތް؟؟ ބުއްދި ހުރި ބަޔަކު މި މީހުން ކިޔާ އެއްޗެހި ޤަބޫލު ނުކުރާނެ
އަދި ކަލޭ ތީ ކާކު އެހެންމީހުނަށް މުނާފިގު ކިއަން. ކަލޭގެ މުނާފިގުކަން ﷲ ހަޟްރަތުގަ ބޮދުވެދާނެ ސޫދަށްވުރެއްވެސް. ކިހިނެއް އިނގެނީ. ސުންނަތައް އުޅޭ ނަމަ ތިކަހަލަ އެއްޗެއް ނުވެސް ބުނާނެ.
މިބައި މީހުންގެ ނުބައިކަމުން ސަލާމަތްވުމަށް ދީނަށް ކުރާ ފުރައްސާރަ ހުއްޓާލަށް ގޮވަށް. މީ ދިވެހި ވަތަން . މިތާ އޮންނާނީ ފުރިހަމަ އިސްލާމް ދީން އިންޝާ ﷲ . ދީނީ މިނިވަންކަމެއް ، ފުރައްސާރަ ކުރުމެއް ވެސް ބަލައެއް ނުގެނެވޭނެ
ސޯމިތު ފޮޓޮއެއް ނަމަވެސް ދައްކާލަބަލަ..ޕުލީސް
ތާކުންތާކު ނުޖެހޭ ވާހަކަތައް ދައްކައި މިގައުމު ފިތުނަ ވެރި ކުރުވަން އެމީހުން ބޭނުންވަނީ
އޭ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ކޮންފަދަ ރަހުމު ކުޑަ އަމަލެއް. ޝައްކެއް ނެތް މިންވަރަށް ސާބިތުވާނަމަ ދީނުގައި ކަނޑައަޅާފައިވާ އަދަބު ތިޔަ މީހާއަށް ދޭންޖެހޭނެ. ދިވެހިންނަށް ދިވެހި ފަސްގަނޑުގައި އަމާންކަމެއް ރައްކާތެރިކަމެއް ނެތް.
ރިލްވާން ރަހީނުކުރިގޮތް، ގެންދިޔަ ޑިންގީ، އެރުވި ދޯނި، ދޯނި ހަމަޖައްސާ ދިންމީހާ، މަރާލަން ހެދި ހުރިހާ ގޮތެއް، މަރާލާފަ ކަންކުރިގޮތް، މިހާވަރައް މިކަން ކިޔާދެވޭނީ އެކަންކުރި މީހަކައް ނޫނީ ބަޔަކަށް، ސުވާލު އުފެދޭވަރުގެ މޮޅު ހެކިވެރިއެއްތާ؟؟!!!
އާނ. ކޮންމެ ކަމެއްގައި މިހާރު ހުރިހާކަމެއް އެނގޭ ސިއްރު ހެއްކެއް ފާޅުވަނީ ކޮންތާކުން ތޯ ސުވާލު އުފެދޭ ..
ދީނީ ކަމެކޭ ކިޔައިގެން ރައްޔިތުންގެ މެދުގައި ދީނީ ޢިލްމަށް ނަފްރަތު ކުރުވާ ސެކިއުލާ ޤައުމަކަށް މިޤައުމު ހެދުން މަޤުޞަދަކީ... ހޭއަރާ.. ސޯމިހު ހޭ ސޯލިހު އޭ ނުކިޔާ .. ކޮންމެ ކަމެއްގައި ސިއްރު ހެއްކެއް ކުއްލިއަކަށް ފާޅުވަނީ ކޮންތާކުން.. ސިއްރު ހެއްކަށް ހުރިހާ އެއްޗެއް އެނގޭއިރު އޭރު ނުހުއްޓުވީ ކީއްވެ ޔޯ ..
ދީނަށް ފުރައްސާރަ ކުރުމުގެ ނަތީޖާއަކުންވީ ކަމެއް ވިއްޔާ، ތިބުނާ ދީނީ މިނިވަންކަން ދިނީމަ ވާނެ ގޮތް ވިސްނާލާ .. ކުރާނެ ކުރާނެ ފުރައްސާރަ އެއް ރަސޫލާއާއި އިސްލާމް ދީނަށް ކުރާއިރު އެއްމެން ބަލަން ނުތިބޭނެ ކަން ވެސް ދަންނަން ވާނެ .. ހަރުކައްޓަސް މަޑުކައްޓަސް ..
މަށައް ދީބަލަ ތަހުގީގު ކުރަން ކާހިނު ސުއޫދު ނުބެދި ސަލާމަތް ވޭތޯ
ތީ އެމްޑީޕީން ކުރިކަމެއް ޔާމީން ބޮލު އަޅުވަން ކުރުވިކަމެއް
ތިޔަބުނާ ޔާމިނަކީ ހަމަ ހުދު ބިއްލޫރި ކޮޅެއް.???
މިފަދަ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް މައްސަލައިގެ މުލުގައިވާ މައްސަލަ ދެނެގަންނަންޖެހޭ. އެ މައްސަލައަކީ އިސްލާމް ދީނަށް ކުޑައިމީސްކުރުން ކަމުގައިވާނަމަ ފުރަތަމަ އެކަންތައް ހުއްޓުވަށް މިއަދު ސަރުކާރާއި މިއަދުގެ ދިވެހި ޖީލަށް ގޮވާލަމެވެ.
މިއީ ބޭރު މީހުން އަަޑީގައި ތިބެގެން ދިވެހިންނާއި ގުޅިގެން ކުޅުވާ ގޭމް އެއް.
ތިކަމުގަ އަދިވެސް މަގޭ ޖަވާބު ނުލިބޭ ސުވާލެއް އެބައޮތް. ސީސީޓީވީ ފުޓޭޖުން ފެނޭ ރިލްވާން ފާޚާނާއަށް ވަންނަތަން. ދެން ނިކުތްތަނުގެ ފްޓޭޖް ކޮބާ؟ އެހެން މި އެހީ ރިލްވާން ފެރީއަށް އެރިކަން ޔަގީންކުރަން މީހުންގެ ހެކިބަސް ހޯދާފައިހުރީމަ.
ބަލަ ކަލޭމެން މިއަދު އޭނާއަށް ފާޑުކިޔާ ކޮމެންޓް ތިޔަ ކުރަނީ އޭނާ ހުރީ ކަލޭމެންގެ ފަޅީގަ ކަމެއް ނޭގޭތަ؟ އޭނާވެސް މިތާ ކޮމެންޓު ކޮށްފަ ހުރެއެއް ނޫންތަ؟
ޢަޅުގަނޑައް ހީވަނީ މިސަރުކާރުގެ ސިޔާސީ ހުރިހާ ލާދީނީން މިިތެޅެނީ އައިއެސްއާ އަލްގައިދާއިން މިތާ ހަގނގުރާމަ ނުކޮއްގެންހެން
ޠިޔަބުނާ ސޮމިތް ކޮބާ މިހާރު
މިސަރުކާރުން ބޮޑުސިންގަހަ ކޮމިޝަނެއް ހަދައިގެން ސަރުކާރުގެ ބެއިތުލްމާލުން ދެބައިކުޅަ އެއްބައި ކޮމިޝަން ތަކަށް ޚަރަދުކޮށްދެން މިކަހަލަ ފޫނުބެދޭ ވާހަކަ ހަދައިގެން ނޫސްތަކުގަ ލިޔެ ހެދީމާ މިޤައުމު މިއޮތް ހާލަތު ގައިވެސް ނުއޮންނާނެ ސޯމިތު ކިޔާ މީހަކު އޮމަދޫގައި ހިޔެއްނުވޭ އުޅޭ ހެންވެސް ފުރަތަމަ ތިޔަ މީހުންގެ އިހުލާސް ތެރި ކަމެއް ހުރި ނަމަ ތިޔަ ބުނާ ސޯމިތެއް ހޯދާ ހައްޔަރުކޮށް އެމީހާގެ ފޮޓޯ ޢަމުކޮށް ރައްޔަތުންނަށް އަންގާނީ މިހާރު ތިހަދާގޮތަކީ އެމީހާ ސޯމިތެއް އުޅޭކަމަށް ވާނަމަ ފިލަން އަންގަނީ
ސިއްރު ހެކި އެއީ އޮންނަ އެއްޗެއް ނޫން އޭގެމާނައަކީ ކޮންމެފަދަ ކަމެއްވެސް ނުދެނަހުރި މީހުންގެ ބޮލުގައި އަޅުވާލެވިދާނެއޭ
ތިޔަ ބުނާ ބޮޑު ޝައިޚް މުއްލާ ސޯމިތުގެ ފޮޓޯގަނޑެއްހާހިސާބުވެސް ނޫހުގަ ޖަހާލަން ނުކެރުނީމަ ހިތާމަކުރަން
ސުޢޫދު ތިޔަ ރިޕޯޓް ތައްޔާރުކޮށްފައި ތިއޮތީ އަމިއްލަ މީހާ ސަލާމަތްވާނެގޮތަށް. ތިއަށްވުރެ ކަށްވަޅުން ތެދުވެގެން އައިސް ތިކަން ކޮށްފައި އަނެއްކާ ކަށްވަޅަށް އެނބުރި ހިގައްޖެޔޭ ބުނިއްޔާ މާތާހިރުވާނެ. ބިރުން ނުހައްދަވާ ބަޔަކާ މަތިކޮށްފައި ތިއޮތީ.
ހުސްނު ސޫދުއާއި ގުލޭނެ ނަމްބަރެއް މީގައި ޖަހާލަބަލަ، ވަރަށް ސުވާލު އެބަހުރި
ރިލްވާން މަރާލީކީ އެބުނާ ދޯންޏަކަށް ހަމަގެންގޮސްފައެއްނޫން އަދި ތިޔަބުނާ ސޯމިތު އެކަންޏެއްވެސްނޫން، ރިޕޯރޓެއް ނެރުމަށްޓަކައި ރައްޔިތުންނަށް ކަމެއްކުރިކަން ދެއްކުމަށްޓަކައި އެކުލަވާލާފައި އޮތް ރިޕޯރޓެއްގެ ވަސް މިއިންދުވަނީ. މަ ޗެލެމްޖުކުރަން އަދި ރިލްވާންގެ މަރު ހިންގާދިޔަގޮތް ޔަގީނާގާތައް ހޯދިފައި ނެތްކަން. ތީ އެކިއެކި މީހުންގެ އެކިއެކިބުނުން. ތިޔަބުނުން އަދި 103 ގޮތައް ބަދަލްވާނެ.
ކަމިޝަނުން ހާމަކުރަންނުޖެހޭވަރަށް ހެކިންގެ ވާހަކަ ހާމަކުރުމުން ޔަގީންވާ ހާގާތަށް އެގިއްޖެ ތިޔަބުނާ ސިއްރު ހެކިވެރިޔަކީ ކާކުކަން. ސޯމިތު އެވާހަކަ ގިނަބައެއްގެ ގާތުގައި ބުނެކިޔާފައި ނުވާނެ. ވީއިރު އޭނާއާ ވާހަކަ ދެއްކިމީހެއްގެ ޒިކުރު ކުރުމުން ތިޔައޮތީ އެކަން ފަޅާއަރާފަ. ދެންވީ ސިއްރު ހެކިވެރިޔާ ފިލާއޮންނަން..
ކޮބާތަ ތިސޯމިތު،
ޝަރީއަތަކާ ނުލާ ބައެއްގެ މައްޗައް ކުއްސާބިތުކޮއްލީތި !!! ތުހުމަތުން ސަލާމަތްވެ ކުއްނުކުރާކަން ސާބިތުކޮށް ދިނުމުގެ ފުރުދަތުވެސް ނުދީ !!! ވެދާނެތީ ހަމަ ހަގީގަތުގަވެސަލް ގާތިލުންނަށް އެކަމަކުވެސް ޑިއު ޕްރޮސެސް އޮންނަންވާނެ !!!
މިހާރުންމިހާރަށް ސަރުކާރު އިސްތިއުފާދެއްވާ..
ތިޔަ ސޯމިތު ނިކަން ދައްކާލަބަލަ މަށަށް ހިލާ ދުލެއް ނުކުރާނަން . ޙަމަ ރަޖަމު ކުރަންވީ
ހުރިހާ ހިޔާލެއްގަވެސް އެބަހުރި އެމީހުންނާ ދެކޮޅު ވާހަކައެއް ވެއްޖިއްޔާ އެހާވަރަށް އަންލައިކް ކޮށްފަ.މިމީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. ބިރުގަނޭ މިހާރު. އެބައިގަނޑަށް ނޭނގެނީބާ އިސްލާމް ދީނަކީ އެހާ އަނިޔާވެރި ދީނެއް ނޫންކަން. ދީނަށް އަލަށް ވަންނަން އުޅެޭ މީހުން ވެސް ތިމީހުން އުޅޭ ގޮތުން ބިރުގަންނާނެ. އަސްލު ޖިހާދީންނޭ ދީނޭ ކިޔާ މިމީހުން އުޅެނީ އެހެން މަގުސަދެއްގަ ކަން ނޭގެ. އިސްލާމް ދީނަށް މީހުން ވަނުން ހުއްޓުވުން ކަންނޭގެ
ޙުސް ދޮގު އެއީ. ދީނަށް ފުރައްސާރަކޮށް ސުންނަތަށް އުޅޭމީހުނަށް ޖެއްސުން ކުރަން.
މި މީހުން ސިއްރު ހެކިވެރިޔެއްދޯ
ނާ ދެފުލުހުން ތިކަމުގަ ހައްޔަރުކުރީމަ އޭނަޔަށް އިންސާފު ލިބޭނު
ހުސްނު ހެއްދެވީރަނގަޅަށް، އަދިނޫހަށްދެއްވިނަމަ މާރަނގަޅުވީސް...ޕަބްލިކް ރައިޓް ޓުނޯ.........ސިއްރެއްނޫން، ޕަބްލިކަށް އެގެންޖެހޭ ކޮންމެރައްޔަތެއްގެފުރާނަޔާގުޅިފާވާކަމެއް...މައުމޫނާ ޔާމީނު ރައްޔަތުން ބިރުގަންނަވާފަހިންގިޖަރީމާތައް ޢާއްމުންނަށް އެގެންލަސްވެއްޖެއޭ...ލަސްވެއްޖެޔޭ،..ލަސްވެއްޖެޔޭ ވަގުތުން އެގެން ޖެހޭނެޔޭ....އަދި އެބަކެންޕޭނަށޭކިޔާފަ ޔާމީނު ރައްޔަތުންގެބޮލަށްޗިޕުޖަހަންނުކުމެ އެބައުޅޭނު...ލަދު ހަޔާތުގެ ކަންފުޅެއްވެސްނެތެއްނު...
512
ތިޔައީ ޚިޔާލީ ވާހަކައެއް މީހަކު ސިއްރުން ވަގަށް ފިލާހުރެ ބުނި ޔޯލަ ހެކިބަހެކޭ ކިޔައިގެން ހެދިދޮގެއް ސުއޫދުގެ ރޭވުމުން ޖެހި މަމޮޅު މަޅިއެއް މީގަ ދިވެހި ރައްޔިތުން ނުޖެހޭތި