ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދާއެކު ހަ ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެން އެ މަގާމް ހުސްވީ އޮގަސްޓް 28 ވަނަ ދުވަހުއެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ އެކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލާފައެވެ. ޖޭއެސްސީން ހުޅުވާލި އެ ފުރުސަތުގެ މުއްދަތު ހަމަވީ މިއަދު 12:00އެވެ.

ޖޭއެސްސީއިން މިއަދު ވިދާޅުވީ، މުއްދަތު ހަމަވި ހަ ބޭފުޅަކު ކުރިމަތިލައްވާފައިވާކަމަށެވެ.

އޭގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު އާއި ދިޔާނާ ސައީދުގެ އިތުރުން ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ ހިމެނެެވެ.

މި ބޭފުޅުންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޑްރަގު ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރުގެ އެ ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ޖޭއެސްސީގެ ލަފާފުލަށް އެދިލައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަންކުރާނީ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ޖޭއެސްސީއަށް ނަން ފޮނުއްވުމުން އެ ކޮމިޝަނުން އެ ބޭފުޅަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސަށް ލަފާއެރުވުމުން ރައްޔިތުންގެ މަޖިލީހުން އެ ނަމެއް ފާސް ކުރުމަށްފަހުއެވެ.

އޭގެ ކުރިން މި ހަތް ބޭފުޅުންނާ ޖޭއެސްސީއިން އިންޓަވިއު ކުރާނެއެވެ.

މިދިޔަ އަންގާރަ ދުވަހު އެ ކޯޓަށް އާ ދެ ފަނޑިޔާރަކު އައްޔަންކޮށްފައި ވެއެވެ. އެއީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު އެވެ. މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަން ކުރެވުނު ފުރަތަމަ ދެ އަންހެން ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މޫސަ

  މިއީ ހޮނޑައިދޫ ރައްޔިތުމީހާ ރުއްސަން ލިބުނު ރަނގަޅު ފުރުޞަތެއް. މިފަހަރު ތިޔަކަން ނުވެއްޖެއަޔާ އެމީހާ ދެ ފުޅި އެއްފަހަރާ ބޯނެ.

 2. ުޔޔތ

  މިހެންވެގެންދޯ ޖާބިރު މިއަންނިއަށް ވައިޖަހަ ޖަހާފަ ޔާމީނަށާ ޑރ.ވަހީދަށް މި ބަވަނީ

 3. ާޫޫ މަަަރިޔަނާ

  ޖާ ހާދަ އުފާވާނޭ ދޯ އަނބިކަމަނާ ކުރިމަތިލީމަ ދަމުން ޖާ ގޮވައިގެން ދާތި އެސޮރު ދެރަވާނެ އެހެންނޫނީ

 4. ޕަބުޖީ

  އަންހެނުން ބާރުވެރިކުރުމުގެ ނަމުގައި ފަސާދަ

 5. ކޮއްޔާ

  ދިޔާނާ ތިތަނަށް ގެންނަންފެނޭ. އަދި ބާކީ ތިބި ހަތަރު ފިރިހެނުންވެސް ބޭރުކޮށް 7 އަންހެނުން ތިތަނަށްލައިގެން. ކޮންމެވެސް ދުވަހަކުން ކޮންމެވެސް ކަމަކާއި ލައިގެން ޝޭހް އިލްޔާސްމެން އިމްރާންމެން ކުދިންގެ މައްޗަށް ކޮންމެވެސް ބާވަތެއްގެ ހުކުމެއް ތިޔަ ފަނޑިޔާރުން ލައްވާ އިއްވާ ދުވަހަކަށް އިންތިޒާރުކުރަން. އެމީހުން ބުރަ މަސައްކަތުން ގެނައި ސަރުކާރުގެ ހުރި ލަފާ ނުލަފާކަން އެމީހުންގެ ކަރުބުޑުގައި ލައިގެން އަދި މިކަން ހަމަޖެހޭނީ.

 6. ބަންޑާރަ ނައިބު

  އެއްކަަލަ ރިޝްވަތު ހިފާ ރާބިރުގެ ކޮރަޕްޓް ދިޔާނާ އަށް ކޮންމެސް ރުހުން ނުދޭތި.