ސަރުކާރު ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި، އެ ޕާޓީގެ ލާދީނީ ފިކުރާއި ދެކޮޅަށް ތިއްބެވި ހުރިހާ ބޭފުޅުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އާއި ގުޅިވަޑައިގަތުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިޤު (ޓޮމް) ގޮވާލައްވައިފިއެވެ.
ޓޮމް މިގޮތަށް ގޮވާލާފައި ވަނީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ރޭ، ރައްޔިތުންގެ މަޖިލީހުގައި އޭނާ ތަމްސީލުކުރައްވާ އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ކައްދަވަމުންނެވެ.
ރޭގެ ޖަލްސާގައި ޓޮމް ވިދާޅުވީ، އަދާލަތު ޕާޓީގެ ރައީސް، އަދި މިހާރުގެ ހޯމް މިނިސްޓަރ އަށާއި، މަޝްހޫރު ދީނީ އިލްމުވެރިން ކަމަށްވާ ޑރ. މުޙައްމަދު އިޔާޒް އާއި ޝައިޚް އަލީ ޒައިދުމެން ފަދަ ބޭފުޅުންނަށް، އެބޭފުޅުންގެ ބަހާއި ދީނީ އިލްމުވެރިންގެ ބަސް މި ސަރުކާރުންނާއި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ނާއްސަވާނެކަން މިހާރު އެނގިލައްވާނެ ކަމަށެވެ.
އެހެންކަމުން އިދިކޮޅު ކޯލިޝަނުން އެދެނީ، ރާއްޖޭގައި މިހާރު އޮތް ލާދީނީ ފިކުރު، މި ޤައުމުން ނައްތާލުމަށް ހުރިހާ ބޭފުޅުންވެސް އެކުގައި އެފަރާތްތަކާއެކު މަސައްކަތް ކުރުމަށް ކަމަށް ޓޮމް ވިދާޅުވިއެވެ.
"އަދި އަޅުގަނޑު އެދެނީ އަދާލަތު ޕާޓީއަށްވެސް ރަނގަޅު ލޮޓިއެއް ދިނުމުގެ ކުރިން ތި ސަރުކާރުގެ ތެރެއިން ނިކުންނަން." ޓޮމް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޓޮމް ވަނީ، ޕްރޮގްރެސިވް ކޯލިޝަން ދޫކޮށް ދާދި ފަހުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ގުޅިވަޑައިގަތް ބޭފުޅުންވެސް އަލުން އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމަށް އެދިފައެވެ. އަދި ހަމަ އެހެންމެ، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް އާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުމެން ފަދަ ބޭފުޅުންވެސް، އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތް ފެށުމަށް ދަޢުވަތު އަރުވާ ކަމަށް ޓޮމް ވިދާޅުވިއެވެ.
"ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ހަމަހަމަ ފުރުސަތުތަކެއް މި ޕާޓީގައި އޮންނާނެ. އަޅުގަނޑު ގަބޫލުކުރާ އެއީ އުމަރު ނަސީރު ވިޔަސް އަދި ކާނާލް ނާޒިމް ވިޔަސް އަދި އަޅުގަނޑުމެންގެ އަޚް، ޑރ. ޖަމީލްވެސް އަޅުގަނޑުމެންގެ ޕާޓީގެ އެތެރޭގަ އޮންނަ އިންތިޚާބުތަކުގަ ވާދަކޮށް އެ ފުރުސަތު ހުރިހާ ބޭފުޅުންނަށް އޮންނާނެ." ޓޮމް ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަންގެ އާންމު މެމްބަރުންގެ ތާޢީދު ހޯދައި ޕާޓީ އާއި އެކު ގަދަޔަށް މަސައްކަތް ކުރުމުން، އެ ޕާޓީގެ އާންމު މެމްބަރުން އެކަން ބަލައިގަންނާނެ ކަމަށާއި، އެކަން ޑރ. ޖަމީލަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް މާފަހުން އޮޑިޔަށް އަންނައިރު ލައްވާލާނީ ކޮންމެވެސް އެހެން ހިސާބަކުން ކަމަށާއި، މިވަގުތު އައިސިއްކަމަށްވާނަމަ އޮޑީގެ ރަނގަޅު ހިސާބެއްގަ ހިފަހައްޓާލެވިދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ޓޮމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެދެނީ އެމްޑީޕީގެ ލާދީނީ ފިކުރާއި ދެކޮޅަށް ތިއްބެވި ހުރިހާ ބޭފުޅުން މި ޕްލެޓްފޯމަސް ވަޑައިގަތުމަށް" ޓޮމް ވިދާޅުވިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ރޭ މަހިބަދޫގައި ބޭއްވި ޖަލްސާއަކީ ޕީޕީއެމްގެ ސަރުކާރު ނިމުމަކަށް އައި ފަހުން އެ ޕާޓީން އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ޖަލްސާއެވެ. ޕީޕީއެމް އާއި ޕީއެންސީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މިހާރު އެ ޕާޓީގެ އިސް ބޭފުޅުން އަތޮޅުތަކަށް ފަށާފައިވާ ދަތުރުގައި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އާއި ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުރީގެ ވަޒީރުންނާއި ޕާޓީގެ އިސް ބޭފުޅުން ދަނީ ބައިވެރިވަމުންނެވެ. މީގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް އަހުމަދުވެސް މި ދަތުރުފުޅުގައި ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
ކަލޯ ޔާމީން ކަމަކުނުދޭ...އެއްވެސް ޗާންސެއް ނެތް އެހެންމީހަކަށް...ޔާމީން ހުރެގެން.
ޔާމީން ވަރުގެ ޝަޚްސިއްޔަތެއް ނެތްކަން ކަލެއަށްވެސް އެބައެނގޭތާ.
އެމްޑީޕީ ސެކިއުލަރިސްޓުންނަކައް ޗާންސެއް ނެތް.. އަމިއްލަ އަތް ފައިންއެރި ފަލީހަތްވެއްޖެ.. މިރާއްޖެއަކު ލާދީނީ ވެރިކަން ހިންގާކައް ދުލެއްް ނިކުރެވޭނެ.
ނޫން ޓޮމް. އަޅުގަނޑުމެން ބޭނުމެއް ނޫން އެ ޚާއިނުން. އެއީ ފައިސާއަށް ދީން ވިއްކާ ފިތުނަ އުފައްދާ ނުބައި ނުލަފާ ބައެއް. އެބައިމީހުން ކައިރި ކުރާކަށް ނުވާނެ.
ތިހެން އެހެންމީހުނާ ދިމަޔަށް ގޮވާއިރު އަދިވެސް ގޭކުދިންކޮޅު އެތިބީ ސިޔާސީގޮތުންްް ހަމަޖެއްސި ވަޒަިފާތަކު އެއްވެސް ޒިންމާއެއްނެތި ސަރުކާރުގެ މުސާރަ ނަގަނަގާ