އިންޓަނޭޝަނަލް ޓާމިނަލްގެ ބުޑުތައް އެޅުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ އާ އިންޓަނޭޝަނަލް ޓާމިނަލްގެ ބުޑުތައް އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށާ، ދެން ކުރިއަށް ދާނީ ގްރައުންޑް ވޯކްސް ކަމަށެވެ.

"މިހާރު އެހުރީ 1،600 ޕައިލް ޖަހާފައި. ދެން އޮންނާނީ ގްރުންޑް ވޯކްސް. އެއީ ޕެސެންޖަރ ޓާމިނަލް ރޭވުވުމުގެ މަސައްކަތް،" ހަސަން އަރީފް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާޓާމިނަލްގެ މަސައްކަތް ކުރަނީ ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުންނެވެ.

އެ ކުންފުންޏަށް މި މަސައްކަތް ހަވާލު ކޮށްފައިވަނީ 21 މެއި، 2016 ގަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ދެ އަހަރު ތެރޭ ނިންމުމަށެވެ. ނަމަވެސް ކުރިން ލަފާކުރި ގޮތައް މަސައްކަތް ކުރިއަށް ނުގޮސް ވަނީ ލަސްވެފައެވެ. މިސަރުކާރުން ވަނީ 27 ޖޫން 2019، ގައި މަސައްކަތް އަލުން ސައޫދީ ބިންލާދިން ކުންފުންޏާ ހަވާލުކޮށްފަ އެވެ. މިހާރު އަމާޒު ހިފާފައި ވަނީ 2022 ވަނަ އަހަރު ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާ ބޭނުން ކުރަން ފަށާށެވެ.

ގާތްގަނޑަކަށް 78،000 ސްކުއާ މީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ.

މިމަޝްރޫއު ކުރިއަށް ގެންދަނީ މެދުއިރުމަތީގެ ތަފާތު ހަތަރު ފަންޑަކުން ލޯނު ހަމަޖައްސައިގެންނެވެ.

ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދޭ ގޮތަށް ތަރައްގީ ކުރާ އާ ޓާމިނަލަށް 680 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

އެއީ، އަބޫދާބީ ފަންޑުން 188.6 މިލިއަން ރުފިޔާ އާއި ސައުދީ ފަންޑުން ދޭ 185 މިލިއަން ރުފިޔާ އާއި ކުވައިތު ފަންޑުން 152.7 މިލިއަން ރުފިޔާ އާއި އޯޕިޑުން ދޭ 154 މިލިއަން ރުފިޔާ އެވެ.

އާޓާމިނަލްގެ މަސައްކަތަކީ ވެސް ކުރީގެ ރައީސް ޔާމީން އެއާޕޯޓް ތަރައްޤީ ކުރައްވަން ފެއްޓެވި އެއްބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަނިލް

    ޝުކުރިއްޔާ ރައީސް ޔާމީނަށް

    51
    2
  2. ދޮންބެ

    ޝުކުރިއްޔާ ރައީސް ޔާމިނު

    43
    3
  3. އޮރެންޖު

    ޝުކުރިއްޔާ ރައީސް ޔާމީން. ތީ ލީޑަރ އެއް.

    13
  4. ދީދީ

    ޝުކުރިއްޔާ ރައީސް ޔާމީނަށް

    14
    1
  5. ކަހަނބު

    މަސައްކަތުގެ ހުރިހާ ޝަރަފެއް ހައްގުވަނީ ޔާމީން އަށް މިސަރުކާރުން ކުރެޑިޓް ނަގަން މަސައްކަތް ކުރިޔަސް އެކަމެއް ވާނެ އެއްގޮތެއްވެސް ނެތް.

    17
    1
  6. ޢހ މލ

    ކޮބާހޭކުރެހުން

    4
    1
  7. އަބްދުއްލާ

    އާ ޓާމިނަލްގެ ބުޑުތައް އަޅައި ނިމިއްޖެ

    2 ގަޑިއިރު ކުރިން ( ސެޕްޓެމްބަރު 11, 2019 )

    އެ ކުންފުންޏަށް މި މަސައްކަތް ހަވާލު ކޮށްފައިވަނީ 21 މެއި، 2016 ގަ އެވެ.

    އެހެންވީމާ ޝުކުރިއްޔާ ރައީސް ޔާމިނު

    17
    1
  8. ސަރުކާރު

    2018 އޮކްޓޫބަރ ނިމުނު އިރު 1400 ބުޑު އަޅާ ނިމިފައި ހުރީ އާ ސަރުކާރު އައިސް ބަދަލް ގެންނަން އުޅެ ބަދަލް ނުގެނެވިގެން އަލުން ބިންލާދިނަށް ދޭން ޖެހުނީ .... ފަންޑު ކުރާމީހުން އެގޮތާ ގަބޫލު ނުވީ...... ބަދަލު ގެނެސް ތަން ކުޑަ ކުރަން ވެސް އުޅު އަދި ރައީސް ސާލިހު ވިދާލުވި ކުރެހުމެއް ވެސް ނެތޭ އަޅިފަހެ މީހަކު ހައިރާނެއް ނުވާނެތަ.... އިބްރާހިމް ނާސިރާ މައުމޫނާ އަދި ޔާމިނުގެ ނަން ތިޔަ އެއަރ ޕޯޓް ލިޔެވޭނީ ރަން އަކުރުން. ތާރީޚް އޮޅުވައެއް ނުލެވޭނެ. ކާރގޯ ނާޓާމިނަލްގެ މަސައްކަތް ވެސް ހުއްޓުވި އެކަމު ކީއްކުރާނީ ފަންޑު ކުރާނީ ޗައިނާ އަލުން އަނެއްކާ ދޭން ޖޭހުނީ މިހާރު ރަންވޭ ނިމިއްޖެ ފުއުލް ފާމު ނިމެނީ ކާރގޯ ޓާމިނިލް ނިމެނީ ވީ އައިޕީ ނިމެނީ ފޮނި ބޯނީ އަލީ ވަހީދު އެދުވަހާ ޖެހެންދެން ހުރިއްޔާ

  9. އަފީ

    އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލަން ދެއަތާ ދެފައި ޖަހާފައި މި ޕެސެންޖަރ ޓާމިނަލް ހުޅުވުމަށް

  10. އަހޫޖާ

    އެހެންވީމަ އަވަހަށް ޖީ އެމް އާރު އާއި ހަވާލުކުރޭ