ކ.ގުޅީ ފުއްޓަރު ފަރާތައް މަހަށް ނުކުމެ އުޅުނު ޑިންގީއެއް އޭގައި ތިބި ހަތް މީހުންނާއި އެކު ބަންޑުން ޖަހާލައިފި އެވެ. ބަންޑުން ޖަހާލިއިރު ޑިންގީގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެންމެން ވެސް ވަނީ މިހާދިސާ އިން ސަލާމަތް ވެފައެވެ.

ފުލުހުން ވިދާޅުވީ އެ ޑިންގީ ބަންޑުން ޖަހާލީ ނެގި ރާޅަކާއެކު ކަމަށާއި އެހާދިސާގެ މައުލޫމާތު ފުލުހަށް ލިބުނީ މިރޭ 8:50 ހާއިރު ކަމަށެވެ.

ހާދިސާގައި މައުލޫމާތު ލިބުމާއެކު ފުލުހުން، ރައްޔިތުންނާއި ކައުންސިލާ ގުޅިގެން އެ ޑިންގީ އަނެއް ފުށުން ޖަހާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭރު ހަތް މީހުން ވެސް ތިބީ ތޮށިމައްޗަށް އަރައެވެ.

މީގެ ދެހަފްތާ ކުރިން ހަނިމާދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާއެއްގައި ވެސް ފަސް މީހަކު ނިޔާވެފައި ވެއެވެ. އެހާދިސާ އަށް ފަހު ކަނޑު ދަތުރުކުރާއިރު ލައިފް ޖެކެޓް އެޅުން އެއީ މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅަން ގިނަ ބަޔަކު ގޮވާލިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ މިމަސް ނިމުމުގެ ކުރިން ލައިފް ޖެކެޓް އެޅުން އެއީ މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލަފް

    އަލްހަމްދުލިއްލާހް... އެވެސް މީހަކަށް ގެއްލުމެއް ނުލިބި ސަމާތް ވީތި.

    23
  2. ޢިބުރާ

    މި މީހުން ލައިފް ޖެކެޓު އެޅިކަމެއް އެނގޭބާ....

  3. ތަފާތު

    ތިޑިންގީ ބސންޑުންޖަހާލީމަވެސް ޑިންގީ ފެނިއްޖެ. އެކަމަކު ލ އަތަޅުންގެއްލުނު ޝިމާ ނުފެނުނުތަނުގަ ޑިންގީވެސް ނުފެނުނު..

    • ހަކީމް

      އެޑިންގީ ދިޔައީ އަޑިޔަށް ދިޔަ ދިމާލުން ކަނޑު އަޑީގެ ވެލިގަނޑުގެވެސް އަޑިޔަށް.