ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބާ ކައުންސިލުން މިއަދު ކުރި އިއުލާެނެއްގައި ބުނެފައި ވަނީ، އެ ކައުންސިލްގެ އެގްޒެކެޓުވް ކޮމެޓީގެ ސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، ސެޕްޓެމްބަރ 28 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށެވެ.

އަދި އެ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތުތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ 15:00 އާ ހަމަޔަށް ހުޅުވާލާފައިވާކަަމަށް ބާ ކައުންސިލުން ބުނެފައި ވެެެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހެނީ އިންތިހާބާއި ބެހޭ މަރުކަޒު(ބައު ޖަމާދުއްދީން) އަށެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް ކުރިމަތިލާ ފަރާތަކީ ގާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގެ ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް ބާ ކައުންސިލުން ބުނެއެވެ.

އަދި ނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައިވެސް ވެގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ.

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީއަށް މެންބަރު އިންތިހާބު ކުރުމަށް ނިންމާފައި ވަނީ އެ ކޮމެޓީއަށް އިންތިހާބުވި އައިޝާ ޝުޖޫނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ލިބިވަޑައިގަތުމާއި ގުޅިގެން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.