ރައްޔިތުންގެ މަޖިލީހަށް ފާރިސް މައުމޫން ހޮވަން ދެއްކި ވާހަކަ ދެން ހަނދާނަށް ގެންނަން ވެސް ބޭނުން ނުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ފާރިސްގެ ބޮޑުބޭބެ ވިދާޅުވެއްޖެއެވެ.
ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ ބައި އިލެކްޝަންގައި ފާރިސް އިންތިޚާބު ކުރަން ޔާމީން ގިނަ މަސައްކަތްތަކެއް ކުރެއްވެވިއެވެ. ފާރިސް މެންބަރުކަމަށް ވަޑައިގެން، މަޖިލީހުގެ ގިނަ މެންބަރުންތަކެއް އިދިކޮޅަށް އަނބުރާލުމުގައި އެންމެ އިސްދައުރެއް އަދާކުރީ ފާރިސްއެވެ. ނަމަވެސް އެންމެ ފަހުން އޮތް މަޖިލިސް އިންތިޚާބު ފާރިސް އަށް ވެސް ކާމިޔާބެއް ނުކުރެވުނެވެ.
މ.އަތޮޅު ދިއްގަރަށް މިއަދު ވަޑައިގެން ޕީޕީއެމްގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ފާރިސް ހޮވަން ގިނަ ވާހަކަތަކެއް ދެކެވުނު ކަމަށާއި ނަމަވެސް މިއަދު ދެން އެވާހަކަތައް ހަނދާންކުރަން ބޭނުން ނުވާ ކަމަށެވެ.
މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކުރިކަން ވީރާނާވާން ފަށައިފި ކަމަށެވެ.
"އަޅުގަނޑުމެންގެ ހާލަތު ބަދަލު ކުރާނީ އަޅުގަނޑުމެން. އެމަސައްކަތް އަޅުގަނޑުމެން ކުރަން ޖެހޭ. އަޅުގަނޑުމެން މިއީ ހަމައެކަނި އެއްކޮޅުގައި މަސައްކަތް ކުރާ ޕާޓީ. ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް ރައްޔިތުންނާއި އެއްކޮޅުގައި މަސައްކަތް ކުރާ ޕާޓީ. އަދި އިދިކޮޅުގައި މަސައްކަތް ކުރާ ޕާޓީ. އިދިކޮޅުގައި އަޅުގަނޑުމެން މިކުރަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް." ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ރައްޔިތުން ބޭނުންވާ އެއްވެސް މަސްދަރެއް ދެމެހެއްޓޭނެ ކަމުގެ އެއްވެސް އުއްމީދެއް މިއަދު ނެތް ކަމަށެވެ.
މިސަރުކާރުގެ ތަރައްޤީގެ ސްޕީޑަށް މަލާމާތް ކުރައްވާ ޔާމީން ވިދާޅުވީ ސަރުކާރުގެ ސްޕީޑްބާރު ކަމުން "ހަމަ އޮބިނޯވޭ" ކަމަށެވެ.
"އަތޮޅުތެރޭގައި ހުރި ކަންކަން ކުރެވެން ޖެހޭނެ ކަމަށް އަދިވެސް ބައެއް ބޭފުޅުން ގަބޫލުފުޅެއް ނުކުރައްވާ. މަގުހެދުމާއި ކަރަންޓްގެ މައްސަލައަށް ވެސް ހައްލެއް އައީ އަޅުގަނޑުގެ ވެރިކަމުގައި ކަމަށް ރައްޔިތުން ގަބޫލު ކުރާނެ." ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ރައްޔިތުން ބޭނުންވާ މަސައްކަތެއް ކުރާނެ ފައިސާއެއް ނެތް ކަމަށް ސަރުކާރަށް ނުބުނެވޭނެ ކަމަށާއި ފައިސާ ހޯދުމަކީ ވެރިކަމުގައި ތިބި ބަޔަކު ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
ފާރިސްހޮވަން ދާއިރާގެ ރައްޔަތުން ވޯޓްދިނީ ރައީސް މައު މމމމމމމމމޫނު ވިދާޅުވެގެން އޭގެ ކްރިޑިޓް ނަންގަވަން ނޫޅުއްވާ އަޑީބުއާ މަނިކުފާނު މަސައްކަތް ކުރެއްވީ ފާރިސްއާ ދެކޮޅަށް.
ނާހަމަ ތެދެއް! މައުމޫނު މިފަހަރު އޭނަ ހޮވަން ވާހަކަ ނުދައްކަނީތާ އެހެންވީމާ..
ޔާމީނު ވެރިކަމަށް ގެންނަން މައުމޫނު އެއްވެސް ވާހަކައެއް ނުދައްކާތޯ ޒނުވަތަ އެއްވެސް ކަމެއް ކޮށްނުދޭތޯ؟ އެކަަަންކަން ޔާމީނު ހަނދާން ހުރިތަ ނުވަތަ އެބަހުރިތަ؟ އެއްވެސް މީހެއްގެ ވެރިކަމުގެ ފުރަތަމަ އަހަރުގައި ތިބުނާ ސްޕީދެއްގައި ސްޕީޑެއްގއި އެއްކަމެއްވެސް ނުދޭ! ކޮންމެ ބައެއްގެވެސް މަޤުސަދަކީ އޭރަކު އޮނނަ ވެރިކަމެއްގެ ނާ ޤާބިލުކަނ ް އާންމުންނަށްވިސްނަދީ ނަފުރަތު އުފެއްދޭތޯ އުޅުން! އެއީތޯ އިދިކޮޅޮއްގެ ޒިންމާއަކީ؟
ހަމަ ތެދުފުޅެއް. ރާއްޖެތެރެ ތަރައްގީކުރާކަށް މިސަރުކާރުން ބޭނުމެއްނުވޭ. ހަމައެކަނި މާލެ މީހުންނަށް ހުރިހާކަމެއްވެސް އޮންނަށްޖެހޭނެކަމަށް އެމީހުން ގަބޫލުކުރަނީ. ރައީސް ޔާމީނު ވަރެއްހަމަނެތް. މުޅިގައުމު ތަރައްގީކޮށްފި ރައްޔިތުން ބޭނުންވިވަރަށްވުރެ ބޮޑަށް. ވޯޓުން ވައްކަން ނުކުރިނަމަ ޔާމީން ހޮވޭނެ.
ހަނދާން ހުރެގެންނެއްނުން ހަނދާނަށް ގެނެވޭނީ !! ތިޔައީ ވަރަށް އަވަހަށް ހަނދާންނެތޭ ކުރީގެ ރައީސްއެއް !
އިބޫ ސޯލިހަށް ކުރިމަގު އޮތީ ރައީސް ޔާމިންއާއިއެކު. ހަމަގައިމުވެސް ދެފުށަކަށް ނުކެނޑޭނެ. ތިޔަ ގާސިމް އާއެކު ވާނީ ކަނޑު.
ރައްޔިތުންނަށް ދެއްކޭ ބައެއް ހުވަފެން ހަގީގަތަކަށްވާނީ އެކަމަކު މަނިކުފާނު ދެއްކެވި ގިނަ ހުވަފެން ވަނީ ހަގީގަތަކަށްވެފައި.
އަރެމެން ދުވަހަކުވެސް ހަދައިނުން ނުނެތޭނެ ގައުމުގެ ހަޒާނާ ކަހާލިގޮތް އެޙެންވީމަ އަރެމެން ޔާމީނާ ގައިކޮޅު ގައިގާދުރު ދުވަހަކު ސަރުކާރާ ވައިޅޭ މަގާމަކައް ވެސް ގެންނަވަރު މީހެއް ނޫންތިއީ
އެއްކަލަ ގަންޖާބޯ. ކަލެއަކީ ވަގެއް. ޓެރަރިސްޓެއް. ހުކުމްވެސް އޮތީ ކޮށްފަ. މުޅި އާއިލާއަކު ބަޣާވާތް ހުކުން ނެތް ގޮލައެއް ނެތް. ދެން ކޯޗެކޭ ކިޔާކަށް. ކަލޭ ލަދުގަނެބަލަ. ކަލޭ ތީ ދިވެހި އަބޫޖަހުލު.
މިސަރުކާރުން މިއަހަރައްކަނޑައެޅި 32 ބިލިއަން ކައިރިއައުވާނުންނައް ބަހާހުސްކޮއްލީ ގައުމަކައް ރައްޔިތަކައް ވީހަމައެއްފައިދާއެއްވެސްނެތް ގައުމުދަނީ ސުއިފިލަނޑާދުވެއްޔައް ގައުމު ވަނީވީރާނާ ހަދަނީހުސްދޮގު
ސިޔާމޫ ދެންކީއްވެގެން މިފަހަރު މައުމމމމމމމޫނު ބުނެގެން ފާރިސް ނުހޮވީ
އަހަރެމެން ދުވަހަކުކޮޅުންވެސް ހަނދާނަކުން ނުނެތޭނެ ރޯމާދުވާލު އިބުރާހިމް ސޯލިހުު ލާރިގަނޑު ކައްވާލިގޮތް މަދަކަބައިވަރެއްނޫން 800000 މިލިޔަންޑޮލަރު ދެންކިހިނެއްތަ ގައުމުގައި ތަރަށްގީއަށް ކަމެއްކޮށްދެއްވާނީ ޓީވީބަލާލިއަސް މިހާރުފެންނަނީ ލޮލުގައި އަނދުން އެޅުވުމަށް ޖަލްސާތަށް ބާއްވާ މަންޡަރު.