މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުށި ނޫނީ ގުޅީފަޅަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މީޑީއާތަކަށް މައުލޫމާތުދެއްވަމުން ރައީސް އިބްރާޙިމް މުހައްމަދު ސާލިހު މިރޭ ވިދާޅުވީ، މިރޭ ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި މިކަހަލަ ކަންކަން ދިމާވަނީ މީހުން އުޅޭ ތަންތަނުގައި ކެމިކަލް ކަހަލަ އެއްޗެހި ރައްކާ ކުރާތީ ކަމަށެވެ.

އެކަމަށް ހައްލެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވީ، ރައީސް ވިދާޅުވީ، އެކަހަލަ އެއްޗެހި ގުދަން ކުރުމަށް ގުޅިފަޅު ނުވަތަ ތިލަފުށި ކަހަލަ ތަނެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.

މިރޭ 19:30 ހާއިރު އަލިފާން ރޯވީ ޓިނުން ހަދާފައި ހުރި ކެމިކަލް ރައްކާކުރާ ގުދަނެއްގައެވެ. ތިން ބުރިއަށް ހަދާފައި ހުރި އެގުދަން މިހާރު ވަނީ ވެއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢަލީކޮއި

    ދެން ތިވާހަކަ ދައްކާނެކަ މެއް ނެތް. 9 މަސް ކުރިން ކަ މާބެހޭ ފަރާތަށް އެންގު މުން އަޅާނުލީ މަ މިއަދު މިކާރިސާ ހިނގީ. ދެންކިޔާ ކުރާނަން، ހަދާނަން، ނަގާނަން، ބުނާނަން، ގެންދާނަން، ގެންނާނަން، މިކަ މުގެ ޒިން މާ ސަރުކާރުން ނަގަންޖެހޭ.

    53
    4
  2. މާލެ މީހާ...

    ސޯލިހުގެ ގެޔަށް ބަދަލުކޮށްބަލަ ހުރިހާ ކެމިކަލެއް....

    34
    4
  3. ރަދީފު

    މާލޭގަ އިންޑަސްޓްރިއަލް ޒޯނެއް ހަދަން ފަށާފަ އެބައޮތް މިހާރު ގޮނޑަކަށް ހަދާފަ. އެއި މުހިއްމު ތަނެއްކަން ވިސްނޭނީ ކިހާވަރެއް ވީމަތަ؟

    38
    1
  4. މީޓިިންގ ރޫމަށް

    2008 ވަނައަހަރުވެސް ވަރަށް ވާހަކަދެކެވުނު، ލަކުޑި ގުދަންތައް، ވޯކްޝޮޕްތައް، އަދި އެހެންތަންތަން ވެސް މީހުން އުޅޭ ސަރަހައްދުތަކުން ދުރަށް ގެންދަން... ނަމަވެސްވީކަމެއް ހަރާމް.
    ވީމާ މިކަމަށް އޮތް ހައްލަކީ ކެމިކަލް ގުދަންތައް މީޓިިންގ ރޫމަށް ނުވަތަ ތިލަފުށި ނޫނީ ގުޅީފަޅަށް ބަދަލު ކުރާނަން

    16
  5. އަހަރެން

    ދުރާލާ ލިބުނު އިންޒާރަށް ބީރުކަންފަތްދިން މީހުން މަޖިލީހަށް ހާޒިރުކޮށް، ކުށްވެރިކޮށް، ސަރީއަތަށް ފޮނުވަންޖެހޭނެއްނު. އެކަން އެއޮތީ ސާބިތުވެފަ. އަދިވެސް ސާބިތުނުވާކަންކަން ދޯ ސަރިޔަތްކުރަންވީ؟ މިއަދު ބެޗިދާނެ. ކޮންމެވެސް ދުވަހަކުން ގާނޫނުއަރާ ހަމަކުރާނެ. އަދަބުވެސް ލިބޭނެ.

    25
  6. ާައަސްލަމް

    ދެން އަނގަފަތާ ކުރާނެކަމެއްނެތް މިހާރު އިސްތިއުފާދޭން މުޅިގައުމް އެމްޑީޕީ ވެރިކަމަށް އައިފަހުން ހަލާކުވެ ބިރުވެރިކަމެއް ނުހިގާ ދުވަހެއްނުދެ ދައްޖާލުތަށް ވެރިކަމުން ފައިބާ

    16
  7. ަަަަައަނީދާ

    ކެމިކަލ ް ގުދަން އެކަނި ބަދަލު ކުރުމަކުން ނުނިމޭނެ . ގަރާޖުތަައް ވެސް މީހުން އުޅ ޭ ސަރަހައްދާ ދުރަށް ބަދަލު ކުރަން ޖެހ ޭ

    12
  8. ނޫރު

    ރައީސް ޔާމީން ފެއްޓެވި އިންޑަސްޓްރިއަލް ޒޯންއަކީ މިކަހަލަ ކަންކަމަށް ޚާއްޞަކޮށް އިޢުލާނުކޮށް ފެއްޓެވި މަޝްރޫޢެއް! ބޮޑުބައި ނިމި އެތަނުގެ ބޭނުން ނުކުރަން ތިތިބީ ރައީސް ޔާމީން ފެއްޓެވި ކަމަކަށް ވާތީނޫންހެއްޔެވެ؟ ދެން އަލުން ތިބާގެ ފޭރިގަތް ވެރިކަމުގައި ޤަވްމު ނާމާންވެ ކޮންމެ ދުވަހަކުހެން މިދަނީ ހިތްދަތި ހާދިސާތައް ހިގަމުންނެވެ. ދިވެހިންނަށާ ޤަވްމަށް ކަމެއްކޮށްދެއްޏާ އިސްތިޢުފާދީފަ ގެޔަށް ވަޑައިގަންނަވާށެވެ.

    10
  9. ޖަބީން

    ކުރަންވީ ކަމީ ތިއެއްނޫނެވެ. ދިވެހިންނަށްޓަކައި މަޤާމުން އިސްތިޢުފާ ދޭންވީއެވެ.

    10
  10. ހަގީގަތްމީ

    ކެމިކަލް ގުދަން އެކަނި ބަދަލު ކުރުމަކުން ނުނިމޭނެ .މީހުން ދިރިއުޅޭ ތަންތަނުގަ ހަދާފަހުރި ބޮޑެތި ގުދަން ތައް އެބަހުރި އަދި ގަރާޖުތަައް ވެސް މީހުން އުޅޭ ސަރަހައްދާ ދުރަށް ބަދަލު ކުރަން ޖެހޭ މުޅި ލޮނުޒިޔާރަތް މަގުގަ ގިނައިން ހުރީ ވެލިގާ އޭއެޗް ބްރަދާސް ޓެޕްކޯން ލިލީ
    މިތަން ތަނުގަ ދަވާދު ތިނަރު ލަކުޑި ފިލާ އެސްލޯން ހޮޅި މިހެން ގޮސް ކިޔާނެކަމެނެތް ރޯވީމަ އަބަދުވެސް ބަދަލު ކުރާވާހަކަ އަޑުއިވޭ ދުވަހަކުވެސް އަމަލީ މަސައްކަތެނުފެނޭ މާދަން ހަދާން ނެތޭނެ ބޮޑުންގެ ތަންތަނަށް ކުލިނުލިބޭނެ ވިޔާދޯ.........

    6

  11. ބިރުން ހަލާކު

    މާލޭތެރޭގައި މިހިރަ ހުރިހާ ވޯކްޝޮޕް ތަކާ ގުދަން ތަށް ތިލަފުއްޓަށް ބަދަލު ކޮށްފާ ސެލްފީއެެއް ނެގުމަށް ވައުދުވެބަލަ! މަގޭވެރިކަމެއްގައި އެކަން މަކުރާނަން،