އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއި ގުޅިގެން ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.
މޮސްޓާ ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެމައްސަލައަށް ބަހުސް ކުރަން 55 މެންބަރުން ވޯޓް ދެއްވިއެވެ.
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވެސް މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. ނަމަވެސް މަޖިލީހުގެ އެއް ޖަލްސާއެއްގައި ކުއްލި ދެ މައްސަލައަކަށް ބަހުސް ނުކުރެވޭތީ އާދަމް ޝަރީފް ވަނީ އޭނާ ހުށަހެޅުއްވި މައްސަލަ އަނބުރާ ގެންދަވާފައެވެ.
މައްސަލަ ހުށަހެޅުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މެންބަރު މޮސްޓާ ވިދާޅުވީ ލާދީނީ ފިކުރާއި ހަރުކަށި ފިކުރު ވެސް ރާއްޖެ އިން ނައްތާލަން ޖެހޭ ކަމަށެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން އެމްޑީއެންގެ ރިޕޯޓް ނެރުނީ 2015 ވަނަ އަހަރު ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް އިޝާރާތް ކުރައްވާ މޮސްޓާ ވިދާޅުވީ މުހިއްމީ ރިޕޯޓް ނެރުނު ތާރީޚް ނޫންކަމަށާއި މުހިއްމީ ރިޕޯޓްގައި ހުރި މައުލޫމާތު ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ފާޑުކިޔުން އަމާޒުވުމުން އެމްޑީއެން ވަނީ އެ ރިޕޯޓްގައި ބައެއް ވާހަކަތައް އޮޅުން އަރާ ގޮތައް ގެނެވިފައިވާ ކަމަށާއި އެހެންކަމުން އެކަމަށް މަޢާފަށް އެދޭކަމަށް ބުނެފައެވެ.
ނަމަވެސް ގިނަ އަދަދެއްގެ އިލްމުވެރިންނާއި އާއްމުން ގެންދަނީ އެމްޑީއެން އަށް ފިޔަވަޅު އަޅައި އެޖަމިއްޔާ އުވާލަން ގޮވާލަމުންނެވެ.
ފުލުހުން ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓްގެ މައްސަލަ އާއި އެމްޑީއެންގެ މެންބަރުންނާއި މެދު ނަފްރަތު އުފެއްދުމަށް ކުރަމުންދާ ކަންކަން ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ.
ނަޝީދަށް ކެތްކުރެވޭނެބާ ތިވާހަކަތައް އަޑުއަހަން. މެމްބަރުން ތަޅުމުން ބޭރުނުކުރިއްޔާ ވަރަށް ރަނގަޅު. އަސްލު ލާދީނީ ރިޕޯޓް ނެރުނީ 2019ގައި. 2016ގައި ނެރުނީ އެހެން އެއްޗެއް. ޔާމީނުގެ ވެރިކަމުގައި ތިބުނާ ރިޕޯޓެއް ނެރޭކަށް ލާހިކެއްނޫން. އެމީހުންގެ ލާދީނީ ވެރިކަންލިބި ބާރުލިބުނީމަ ރިޕޯޓް ނެރުނީ. މިކަން ނަޝީދަށް ކޮންމެވެސް މެމްބަރަކު އަންގާލަދެއްޗޭ. ދުޢާދެންނެވި ރައީސް މިކަމާ ދެކޮޅަށް އެއްޗެކޭ އަދި ނުބުނޭ.
ކެތެއް ނުކުރެވޭނެ. ބަލައްޗޭ ތެޅޭ ވައްތަރު. ފުރަތަމަވެސް ރިޕޯޓު ނެރުނީވ2015 ގައޭ ކިޔާ ބޭކާރު ވާހަކައެއްނު އެ ފެށީ. މިއުޅެނީ އިރުވަރު ބަލާކަށް ނޫންވިއްޔަ.
ކޮން ބިލެއްތަ؟ އިސްލާމް ދީނުގަ އޮންނަ ހައްޤު އަދަބު ދީ
ތި ހުށަހެޅުއްވުމަކީ ކުރައްވަންވަރަށްރަގަޅުކަމެއް ނަމަވެސް މަޖިލީުހުގެ މެޖޯރިޓީމިހާރުއޮތްގޮތުން
ތިހުށަހެޅުއްވުން ބަލައިގަނެ ބަހުސްކުރެއްވުމަކީ ނުވެދާނެކަމެއް އެއީ މަޖިލީހުގެ މެޖޯރިޓީލިބިފައިވާފަރާތާ، މަޖިލީހުގެ މިހާރުގެ ރައީސްއަކަށްހުންނެވިފަރާތަށް ބަލާލުމުން މިއީޓެސްޓެއްދިވެހިރަށްޔިތުން ރަގަޅަށް ވިސްނާލައްވާ މަޖިލީހަށް މެންބަރުން ޢައްޔަންކުރެއްވީ ރަށްޔިތުން ޒަމާނުންސުރެ ދިވެހިރަށްޔިތުންނަށް ﷲ ދެއްވާފައިވާ ބޮޑުނަސީބުކަމުގައިވާ އިސްލާމްދީނުގެ ދިފާއުގައި މަޖިލީހުގެމެންބަރުންނާ،މަޖިލީހުގެ ރައީސްހުންނެވިގޮތެއްއެގޭނެ އިންތިޒާރުކޮށްލައްވާ ވަރަށްގިނަ ދިވެހިރަށްޔިތުން ބޭނުންވެލައްވާނީ ގަޅުގޮތަކަށްނިމެންކަންޔަގީން ނަމަވެސް މިފަދަފަރާތްތަކަކަށްވޯޓްދެއްވުން އެއީ ހިތާމަހުރިކަމެއް
ކު އްލި މަ އްސަލަ މަޖިލީހަށް ހުށަ އެޅު އްވި ނޮޅިވަރަމް ދާ އިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ދަންނަވާލަން ބޭނުންވަނީ ނިމިދިޔަ 5 އަހަރު ވެރިކަމުގަ އި ހުންނެވި އަނިޔާވެރި ވެރިޔާ ދީނާ ހިލާފް އެތަ އް ވާހަކަތަކެ އއް ދެ އްކެވި އިރު ތިބޭފުޅާ އޮށްނެވީ ޖާހިލް ކަމުގެ ނިދިން ނިދާފަ އިތޯ؟؟ ނޫނީ ލިބެމުންދިޔަ މާލީ މަންފާތަކުގެ ސަބަބުން އަނގަ ބަންުދުވެފަ އިތޯ؟؟؟
ތިޔަބުނާ ވެރިޔާ ދީނާ ޚިލާފު އެތައް ވާހަކައެއް ދެއްކިއްޔާ އެއިން އެންމެ ވާހަކައެއް އަޅެ ބުނެލަބަލަ ނިކަން. ތިހެން އަދި ބުންޏަކަސް ނުފުދެއޭ. މިތާ މިދެކެވެނީ ފެންނަން ހުރި ހަގީގަތުގެ ވާހަކަ. ހަދައިގެން ދައްކާ.ވާހަކައެއް.ނޫން. ކަލެއަށްވެސް ދޮގެކޭ.ނުބުނެވިގެން ތިއުޅެނީ އެހެންވެ.
އިސްލާމްދީނަށް ގަސްދުގައި ފުރައްސާރަ ކޮށް މަލާމާތް ކޮށް ކީރިތި ޤުރްއާނު ގައި ކަނޑައެޅިގެން ބަޔާންވެފައިވާ ކަން ކަމަށް އިންކާރުކޮށް މިއުއްމަތަށް ކައުކުރެއްވި މާތް ނަބިއްޔާ އަށާއި މަތިވެރިވަންތަ ޖައްބާރުވަންތަ މާތްﷲ އަށް ބަދު ބަސް ރައްދު ކުރަމުން އެމްޑީއެން އޭ ކިޔާ ބައިގަނޑު މި ހިންގާ ފިތުނައަކީ މިހާތަނަށް މިގައުމު ދުށް އެންމެ ބޮޑު ފިތުނައެވެ. މިނުބައި ނުރައްކައުތެރި ޖަރީމާ އަކީ ސީދާ ވެރިކަން ހިންގާ ޕާޓީކަމަށްވާ ލާދީނީ ސެކިޔުލަރ ފިކުރުގެ ބައިގަނޑުން ގަސްދުގައި ދުރާލާ ރާވައިގެން ހިންގާ ޖަރީމާ އެކެވެ. އެހެންވީމާ ލާދީނީ ރީނދޫ ޕަޕެޓުންނަށް ގަދަކަމުން މެޖޯރިޓީ ހޯދާދީފައިވާ މަޖްލިހެއްގައި އިސްލާމް ދީނުގެ ދިފާޢު ގައި ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ.
އަޅެ މަބަލާނަން ތީގެނަ ކަމެއް މިސަރުކާރުން ބަލާ ފިޔަވަޅެއް އަޅާތޯ. ބޯގަންވިލާ މީހެއްވީމަ ޢަޅައެއް ނުލާނެ ކަން ޔަގީން. އިބްރާމެން އެހެންމީހުނާ ދިމާލަށް ޓްވިޓަރގަ އެއްޗެހި ކިޔަން ލަދެއް ނުގަންނާނެ. އެ ޝަހިންދާ ހިމާޔަތް ކުރުމުގަ މިއެންމެން ތިބޭނީ. ދެން ވެރިކަން ދަމަހައްޓަން އެއްބައި ވާކަމަށް ހެދިލައިގެން ރިޕޯޓް ގޯހޭ ކިޔާލަކިޔާލަ ތިބޭނީ ފިޔަވަޅެއްނާޅާ.
ލާދީނީންނަށް ނަފްރަތު ކުރުން ފުލުހުންނަކަށް ނުހހުއްޓުވޭނެ އިނގޭ. ނަފްރަތުވެސް ކުރާނަން. އެއޗިހިވެސް ގޮވާނަން. މައްސަލަ ބަލަބަލާ ތިބޭ.
ލާދީނީންނަށް ނަފްރަތު ކުރުން ފުލުހުންނަކަށް ނުހުހުއްޓުވޭނެ އިނގޭ. ނަފްރަތުވެސް ކުރާނަން. އެއޗިހިވެސް ގޮވާނަން. މައްސަލަ ބަލަބަލާ ތިބޭ
އެމް ޑި އެން.... އެމް ޑީ ޕ.. އެއް މަންމައެއްގެ ދަރިން ކަންނޭގެ.
މަޖުލިހުގެ ރައީސްގެ ހަސަދަވެރިކަމާ ލާދީނީކަން މިއަދު އިތުރަށް ހާމަވެއްޖެ.. މެދުހެންވޭރު ދާއިރާގެ އަލީ އާޒިމު ކަޑައެޅިގެން މައުލޫންބޭރުން މަޖުލިހުގެ ގަވާދާހިލާފަށް އަމަލުކުރަމުން ދިޔައިރު އެކަންނުހުއްޓުވާ ނާފަރުދާއިރާގެ މެމްބަރުގެ ނިޒާމީނުކުތާ ހުއްޓުވާ ރޔާމީން ދައްކާފަހުރި ވާހަކަތަކޭބުނެ ވާހަކަތަ އޮޅޭގޮތަށް ވަކިތަންކޮޅެނަގާ އަޑުޖައްސަންފެށުމުން އަދީބުއަތުން ފައިސާނެގިވާހަކަ ބުނަންއުޅުމުން އެކަންހުއްޓުވީ އަދީބާ ބެހޭގޮތުން ހުށަހެޅިފައޮތް މައްސަލައެނޫނޭބުނެ ރޔާމީނާ ބެހޭގޮތުންތަ މައްސަލަ ހުށަހެޅީ.. މިއީ ނަޝީދުގެ މުނާފިގުކަން.. ވަލިއްޔުލް އަމުރަކު ދައްކާފަހުރި ލާދީނީ ވާހަކައޭބުނެ ރނަޝީދު ލަދުކޮބާ މަނިކުފާނު ހުއްޓުމެނެތި ދީނަށްކުރާ ފުރައްސާރައާ އިސްލާމްދީން ނޫންދީނެ މިތާ ބޭއްވިދާނެތޯ ސުއާލުކޮށް ހައްދުޖެހުމާ އަތްކެޑުމާ މަރަށް މަރުހިފާ ރަސޫލާ އުމުރުން ހަގުކުދިންނާ ކައިވެނިކުރާވާހަކަޔާ ޒިނޭއަށް ހިއްވަރުދީ މުލީއާގެއިން ނަޝީދާ ނަޝީދުގެ އެކުވެރިންނަ އެޑްރެސްކޮށް ރާފުޅިތައްހުއްޓާ ކޮންވާހަކައެ ޑެންމާކުގަ ދެއްކިވާހަކަތަކާ ރާބޯން ހިއްވަރުދީ.. ހަދާން ނެތްނަމަ ރައްޔިތުން މީނަޔަށް ހަދާންކޮއްދޭންވެއްޖެ.ކިތައްމެ ވަރެވިޔަސް ތިއީ ލާދީނީ މީހަކަށް ނުވާނެގޮތެނެތް.. ރޔާމީނަކީ ލާދީނީ މީހަކަށް ހަދަންއުޅުނަސް އެކަމެނުވާނެ.. .
އެމްޑީޕީ އުވާލެވުނު ދުވަހަކުން މިކަން ސަލާމަތް ވާނީ އެމްޑީއެން އުވާލުމަކުން އަދި ނުވާނެ.
ސާބަސް މޮސްޓާ ތިހުށައެޅުއްވި ޤަރާރުގެ ސަބަބުން ތި ލާދީނީބައިގަޑުގެ ޙަޤީގީ ސޫރަ ފާޅުވެ މިބައިގަޑު އިސްލާމުދީނާހުރީ ކިހާދުރުމިނެއްކަން ރައްޔިތުންނަށްހާމަވެ އެގިގެން ހިގައްޖެ.ރަށްޔިތުންނޭ މިބައިގަޑައް ސަޕޯޓުކުރުންހުއްޓާލާ އިސްލާމުދީނުގެ ޙިމާޔަތުގައި އެއްމެން އެކަތިގަޑަކައްވެ އަތުގުޅާލައްވާ. އަދިވެސް އެއްފަހަރު މޮސްޓާއައް މަރުހަބާ ދަންނަވަން.
މިހާތަނައް ފެނި ތާއަބަދު ކުރަމުންދާ ކަންތަކައް ބާލާފަ ދެއްނެވޭނީ ތީ ދީނައްވުރެ ސިޔާސީ ފިކުރުގަލީ ބިލެކޭ! ބައްލަވާ އިހައްދުވަހު ބަނގުރާ ހުއްޓުވަންލީ ބިލައް ބަހުސްކޮއްލަން ނުކެރުނު! އެކަލާންގެ ކަނޑައެޅިގެން ހަރާކަމެއްކަން ބަގުރާ ވިކުމަކީ އެނގެން އޮތްއިރު އަދި އެކަން ހުއްޓުވޭނެ ބާރު ފުރިހަޔައް އޮވެ، ނުހުއްޓުވާ އެހެންބަޔަކުރި ނުބައި ކަމަކާ ތެގަތަސް އިލާސްތެރިން ކަމުގަނުބެލެވޭނެ!
ލާދީނީ ފިކުރާ ދެކޮޅަށް އިޚްލާޞްތެރިކަމާއެކު ހުށަހެޅޭ މިފަދަ ހުށަހެޅުންތަކަށް މުސްލިމަކު ދެކޮޅެއް ނުހަދާނެ. ޒާތީގޮތުން މީހަކާއި ޖައްސާލައިގެން އުޅުމުގެ ބަދަލުގައި މުސްލިމް މުޖުތަމަޢު އެއްގައި މުސްލިމުންގެ ފަރާތުން ފެންނަންޖެހޭ ހުރިހާކަމެއް މަޖިލީހުގެތެރެއިން މިއަދު ފެނިގެންދާނެކަމަށް އުންމީދުކުރަން.