ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިމާރާތް ކުރަމުންދާ ކާގޯ ޓާމިނަލްގެ މަތިން މީހަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ޓާމިނަލްގެ މަސައްކަތުގައި އުޅެނިކޮށް މިއަދު ހެނދުނު ވެއްޓި އަނިޔާވެފައި ވަނީ ބަންގްލަދޭޝްގެ 27 އަހަރުގެ މީހަކަށެވެ.
ފުލުހުން ވިދާޅުވީ އޭނާ ވެއްޓިފައި ވަނީ ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕުން އެއާޕޯޓުގައި އަލަށް ހަދަމުންދާ ކާގޯ އިމާރާތުގެ އެއްވަނަ ފަންގިފިލާއިން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ އޭނާ ވެއްޓިގެން އެއާޕޯޓު ފަސްޓް އެއިޑް އަށް ގެންދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:20 އެހާކަށް ހާއިރު ކަމަށާއި އޭނާގެ ހަށިގަނޑުން އިންޓާނަލް ބްލީޑް ވާކަމަށާއި އަދި ފްރެކްޗާތަކެއް ހުރި ކަމަށް ފަސްޓް އެއިޑް ވިދާޅުވެފައިވާ ކަމަށެވެ.
އޭނާ ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗް އަށް ގެނެސްފައެވެ.
ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މައްސަލަ ތުހުގީގުކުރަނީ އޭނާ ނުވެއްޓޭކަން ޔަގީން ކުރަންތޯ؟