ދ. ކުޑަހުވަދޫ ތަރައްގީކޮށް ފައްކާކޮށްފައި ވަނީ ރައީސް ޔާމީން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ވަނީ ގިނަ ރަށްރަށް ފައްކާ ކުރެވިފައި ކަމަށާއި ޒަމާންވީ ދަތި އުނދަގުލުން ކުޑަހުވަދޫ ފަދަ ރަށްރަށަށް އަރައިގަނެވުނީ ދަތި އުނދަގުލުން ކަމަށެވެ. ސައީދު ކުރެއްވި ޓްވީޓުގައި ވަނީ "ޖަޒީރާ" ދިރިއުޅުމަކީ ދަތި އުނދަގޫ ދިރިއުޅުމެއްކަން ފާހަގަކޮށްފައެވެ.

ސައީދު މިފަދަ ޓްވީޓެއް ކޮށްފައިވަނީ ކުޑަހުވަދޫއަކީ ވިޔަފާރީގެ މަރުކަޒަކަށް ހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވުމާ ގުޅިގެންނެވެ.

"ރ.ޔާމީންގެ 5 އަހަރު ތަރައްގީއަށް ވާނީ ގިނަ ރައްރަށް ފައްކާ ކުރެވިފައި، "ޖަޒީރާ" ދިރިއުޅުމުގެ ޒަމާންވީ ދަތިއުނދަގުލުން ކުޑަހުވަދޫ ފަދަ ރައްރަށް އަރައިގަތީ ލައްކަ ގޮންޖެހުމުގެ ތެރެއިން" ސައީދު ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އޭނާ ވަނީ އެރަށުގެ ތަރައްގީއަށް ރައީސް ޔާމީންގެ ދައުރުގައި ކޮށްފައިވާ ކަންކަމުގެ ލިސްޓެއް އާންމުކޮށްފައެވެ. އެ ލިސްޓުގައި މީގެ ކުރިން ސަރުކާރުން ނިންމައިފައިވާ މަޝްރޫތަކާއި މިހާރު ހިނގަމުންދާ މަޝްރޫތަކާއި ހަރަދުވި ފައިސާގެ މިންވަރު ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން މުޅި ޖުމްލަ 22 ޕްރޮޖެކްޓެއް އެ ލިސްޓުގައި ވަނީ ހިމަނާފައެވެ.

  • ހޮސްޕިޓަލު މަރާމާތު ކުރުން (434،825 ރުފިޔާ)
  • ދ. އަތޮޅު ތައުލީމީ މަރުކަޒުގެ 9 ކުލާސްރޫމް އިމާރާތްކުރުން (7.6 މިލިއަން ރުފިޔާ)
  • ސޮލާ ޕަވާ ސިސްޓަމް ގާއިމްކުރުން (8.3 މިލިއަން ރުފިޔާ)
  • ކުނި ނައްތާލާ ނިޒާމް ގާއިމް ކުރުން (684،557 ރުފިޔާ)
  • ފެނުގެ ނިޒާމް ގާއިމްކުރުން (34.4 މިލިއަން ރުފިޔަ)
  • ފުޓްސަލް ދަނޑުގެ މަސައްކަތް ކުރުން (1.3 މިލިއަން ރުފިޔާ)
  • ސްޕޯޓްސް އެރީނާގެ 2 ވޮލީ ކޯޓާއި، ނެޓްބޯޅަ ކޯޓާއި، ބަށިކޯޓު (836،154 ރުފިޔާ)
  • ކުޑަހުވަދޫ ހިމެނޭ ގޮތަށް 4 ރަށެއްގެ ބިން ހިއްކުން (571.3 މިލިއަން ރުފިޔާ)
  • މަގުހެދުން (76،166،861 ރުފިޔާ)
  • ދ. އެފް.ސީ.އެސް.ސީ ގެ ވަށައިފާރު ރޭނުން (428،500 ރުފިޔާ)
  • ޕޮލިސް ސްޓޭޝަންގެ ސެލްފް ބްލޮކް ގާއިމް ކުރުން (1،165،227 ރުފިޔާ)
  • ޕޮލިސް ސްޓޭޝަނުގެ މެސް ރޫމާއި ޕެއިންޓްރީ އޭރިއާ މަރާމާތުކުރުން (97،069 ރުފިޔާ)
  • ޕޮލިސް ސްޓޭޝަނުގެ ވަށައި ފާރު ރޭނުން (212،150 ރުފިޔާ)
  • މަގުބައްތި ޖެހުން (479،597 ރުފިޔާ)
  • އަތޮޅުގޭ މަސައްކަތް ކުރުން (ފޭސް 1) (873،513 ރުފިޔާ)
  • އަތޮޅުގޭ މަސައްކަތް ކުރުން (ފޭސް 2) (135،771 ރުފިޔާ)
  • އަތޮޅު އޮފީހު މަސައްކަތް ކުރުން (6،293،219 ރުފިޔާ)
  • ރިވަޓްމެންޓު ޖެހުން (17،213،183 ރުފިޔާ)
  • 53 ގެއަކަށް ނަރުދަމާގެ ހިދުމަތް ދިނުން (4،138،320 ރުފިޔާ)
  • 600 ކިލޯވޯޓުގެ ޖަނަރޭޓަރެއް ފޯރުކޮށްދިނުން (2،835،500 ރުފިޔާ)
  • 640 ކިލޯވޯޓުގެ ޖަނަރޭޓަރު ސެޓެއް ފޯރުކޮށްދިނުން (2،703،000 ރުފިޔާ)
  • ސިންކް ރޮނައިޒިން ޕެނަލް ފޯރުކޮށްދިނުން (1،065،367 ރުފިޔާ)

ސައީދު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރު އެރަށަށް ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި ކަމަށާއި، އެރަށް ތަރައްގީ ވުމުގެ ފަހަތުގައި ހުންނެވީ ރައީސް ޔާމީން ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ާާާޢަލީ

    ޔަގީންތާ..ހުސް ފޮޑިޖަހާ ސަރުކާރެއް..ކީކޭ މިބުނެވުނީ ހުސްފޮނިކަނޑާ ސަރުކާރެއް..ދީނަށް ފުރައްސާރަ ކުރުން އެކަނި ކުރެވޭ ކަމަކީ...

    52
    4
  2. އާމިނަ

    ދީނަށް ފުރައްސާރަކުރުމާއި ކުރާމީހުންނަށް ސެކިއުރިޓީއާ ހިމާޔަތް ދިނުމާއި ރ.ޔާމީން ފަހާ ދުވުމާއި ފަލީހަތް ކުރަން ޓީވިން ޝަރީޢަތް ލައިވް ކުރުމާއި
    އެމަނިކުފާނު ހައްދަވާ ފައި ހުރި ތަންތަން ހަލާކު ކުރުމާއި ނަންބޯޑްތައް ބަދަލު ކުރުމާއި ހުޅުވާފަ ހުރިތަންތަން
    ހުޅުވުމާ ޤާބިލްކަންނެތް މީހުންނަށް މަޤާމު ދިނުމާއި ޢިލްމް ވެރިން އަނގަ ބަންދު ކުރަން ފާޑފާޑުގެބިލް ހެދުމާއި މަސްތުވާ ތަކެއްޗާއި ބަނގުރާ ކުރިއަށްވުރެ އެތައްގުނައެއް ޢާއްމު ކުރުމާއި
    ދައުލަތުގެ ހަޒާނާ ހުސްކުރުމާއި ފިޔާ އަގު ބޮޑު ކުރުމާއި މިހެންގޮސް .......
    ...

    41
    4
  3. ކުޑަހުވަދޫ މީހާ

    ކުޑަހުވަދޫގެ ތަރައްްްޤީގެ ބާނީއަކީ ރައިސް ޔާމީން ??

    60
    5
  4. ހަސަނު

    ތަރައްގީގެ ބާނީ އަދި އިގުދިސޯދީ މާހިރު ރައީސް ޔާމީނަށް ސުކުރު އެމްޕީ ސައީދައް ގައިމް މާވައް ދާއިރާގެ ފަޙްރ ތިޔައީ

    34
    3
    • އިބަ

      ސައީދު އަށް ގެނެވޭނީ ކޮންތަރައްގީއެއް.. މިނިސްޓާރ ކަމުގަ ހުއްޓައެއް ނޫންތޯ މުޅި ގައުމު ޖީބަށް އަޅާ ހުސްކުރީ

      2
      2
  5. ލަކީ

    ޙެހެ މުހައްމަދު ސައީދު މޮޔަގަވަނީތަ ނޫންނަމަ ކަލަ ގޮވަނީތަ ބައްލަވާ ޔާމީނު ޖީބުންތޯ ކުޑަހުވަދޫ ފައްކާކުރީ

    8
    37
  6. ÷ޕިޔޯނު

    ކުޑަހުވަދޫ އައް ސޯލިހު އަރައި ފައި ފުރަތަމައިންވެސް. ތަލިން ހިކުނީ ކުޅު. ބުނެ ލެވުނީ ނޫނޭވާ ޔާމީން ކިހިނެއް ހޯދި ރުފިޔާ. އަކުންހޭ މިރައް މިވަރު މިކުރީ

    38
    6
  7. ހިބަރުވަދު

    ލަދުގެ ކުނޑިފަށެއްހުރިނަވެސް ކުޑަހުވަދޫގަ ހުރެފާ ތަރައްގީގެވާހަކަދައްކަން އަނގަހުޅުވާލާކައްވެސްނުކެރުނީސް!

    34
    2
  8. ޙަޤީޤަތް

    ކުޑަހުވަދޫ އެކަންޏެއްނޫން މުޅިރާއްޖެ ހިމެނޭގޮތައް ކުޑަދުވަސްކޮޅެއްތެރޭ ލިޓްލްސިންގަޕޯއަކައްބަދަލުކުރަން މަސައްކަތްކޮއްދެއްވި ހަމައެކަނި ރައީސަކީ ރައީސްޔާމީން މިހެންބުނީމަ ހަޖަމްނުވާބަޔަކުވެސްތިބޭނެ އެކަމަކު ޙަޤީޤަތަކީމީ

    3
    2
  9. އާޝޯހު

    ކުޑަހުވަދު ތަރައްގީ ކުރީ ،ކުޑަހުވަދޫ ރައްޔިތުން. މައުމޫނުގެ ވެރިކަމުގެ ކުރީކޮޅުގައި ކުޑަހުވަދުއަށް ވަޑައިގެން ވިދާޅުވި މީ ކުޑަމާލެ އޭ. މި ބަސްފުޅުން ވެސް

  10. ރާޅު ބޯއީ

    މި ލާދީނީ މީހުންނަށް މި އޮންނަނީ ރ. ޔާމީން ފަ އްޓަވަ އި ދީފަ ހުރި ޕްރޮޖެކްޓްތަކުގެ ރިބަން ކެނޑުން.

    2
    1
  11. މިއާ

    ތިޔަސޯލިހުތަރައްޤީކުރަނީ އޭނަގެއަންބޮޑީގަހުރި ރުފިޔާއިންތަ ކޮންމެމީހަކުވެސްކުރާނީ ދައުލަތުގެފައިސާއިން އެކަމުކޮންމެކަމެއްވެސްކުރެވޭނީކަމެއްކުރަންއެނގޭ މީހަކައް ތަނަކުހުނނަހާމީހަކައްނުވާނެސޯލިހު ކޮންމެރަށަކައްގޮސް ފޮނިކަޑާސަޅިބައިސާކަޑާނެ ވޯޓެއްކައިރިވާތީ ރަށްތަކުގެ މީހުންގެ ބޯކާންވެގެން އަދިވެސްމިވެރިންގެބޮލުތެރެއައްހަމަކޮންމެމީހަކައްވެސްބަރާބަރައް އެރެވޭ އެހާވެސް ގަމާރުބައެއްތަމިރަށްތަކުގައުޅެނީ އެހެންޏަމީއަޅެފަހެތަރައްޤީނުވެއޮތްރަށެއްތަ ތާކުންތާކު ނުޖެހޭވާހަކަދައްކަން