މަކަރާއި ޙީލަތް ހެދުމުގެ ކުށުގައި 25 އަހަރުގެ ޖަލު ޙުކުމެއް އައުމުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ގެއްލި، އެކަމުގައި އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު، އަޙްމަދު ނާޒިމް، އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.
ނާޒިމް އެ މައްސަލަ ހައިކޯޓަށް ވައްދާފައިވަނީ، އޭނާ ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން، ކޯޓުގެ އިހުތިސާސުން ބޭރުގައިވާ މައްސަލެއް ކަމަށް ބުނެ، އެ މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން ނިންމުމުންނެވެ. ހައި ކޯޓުގައި އެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް މިއަދު ވަނީ ފަށާފައެވެ.
ނާޒިމް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ދިއްގަރު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން އޭނާއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކުގެ އިތުރަށް ޕެންޝަން ފައިސާ އަދި ޖަލު ހުކުމެއް ތަންފީޒު ކޮށްފައިވާތީ އޭގެ ބަދަލުވެސް ހޯދުމަށެވެ.
އެނގިފައިވާ ގޮތުން ނާޒިމް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް ސިވިލް ކޯޓުން ނާޒިމްގެ މައްސަލައާއި ގުޅޭގޮތުން ގޮތެއް ނުނިންމޭނެ ކަމަށް ވަނީ ނިންމަވާފައެވެ. އެއީ ޝަރުއީ ކޯޓުތަކުން ނިންމާ އެއްވެސް ނިންމުމަކާ ގުޅޭ ގޮތުން ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލަތަކުގެ އިހްތިސޯސް އެ ކޯޓަށް ނޯންނާތީ އެވެ.
ނާޒިމްގެ މައްޗަށް 2015 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އުމުރު ދުވަހުގެ ޖަލު ޙުކުމެއް (25 އަހަރަށް) ކޮށްފައިވަނީ މަކަރާއި، ޙީލަތް ހެދުމުގެ ކުށުގައެވެ. އޭރު އޭނާއަކީ ވެރިކަން ކުރާ ޕާޓީގެ މެމްބަރެކެވެ. އޭގެ އެއް އަހަރު ކުރިން މަޖިލީހުގެ އާ ދައުރަކަށްވެސް ހޮވިގެން، ނާޒިމް ގެންދެވީ ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރުކަންވެސް ކުރައްވަމުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އެދުމުގެ މަތިން، ނާޒިމްގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ޙުކުމް އަލުން ރިވިއުކޮށް، މިދިޔަ ޑިސެމްބަރު 13 ވަނަ ދުވަހު ވަނީ އެ ޙުކުމް ބާތިލުކޮށްފައެވެ.
ބޮޑެތި ވަގުންވެސް މި ސަރުކާރުގައި ބަދަލު ހޯދުމަށް އެބަ ފައިވިއްދައެވެ. އިބޫ ޞާލިޙް ކަހައިގަނެގެން އެ އުޅެނީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުން ހިމާޔަތްކުރުމުގައެވެ.
ބަދަލުހޯދަން ތިޔައުޅެނީ މި ސަރުކާރު އިތުރަށް ބަނގުރޫޓު ކުރަންތާދޯ މި ނާގާބިލު ސަރުކާރުން ތިކަމެއް ނުކޮށްދޭނެކަން ހުދު ތިޔަބޭފުޅާވެސް ގަބޫލުކުރާނެ.
ރ. މައުމޫނުގެ ދުވަސްވަރާއި ތިނަދޫއިން މީހުން ބޭލި ޖަރީމާގެ ބަދަލް ހޯދަންވެސް ހުށަހަޅަންވީ.... ހޭހޭ ހަމަ ހިބަރު ވަދުގެ ބަލާ.. ގައްދާރުވެފަ އެތިބީ....މަކަރު ހިބަރު ވަދުގެ ސަބަބުން ޤައުމު ފަނާވަނީ
އޭނާގެހައްގުލިބެންއެބަޖެހޭ