ކުރީގެ ސަރުކާރުތަކުން ތިލަދުންމައްޗަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި، މި ސަރުކާރުން އެހެނެއް ނުވާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، މިއަދު މެންދުރު ފަހު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވިއަނުން ހަނިމާދޫ - ކޮޗިން ސީދާ ދަތުރުތައް ފެއްޓުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.

ޣަފޫރު ވިދާޅުވީ، މި ސަރުކާރުން ވަމުންދާ ވައުދުތައް ފުއްދަމުން އަންނަކަމަށެވެ.

"އިރާދަކުރެވިއްޔާ މި ސަރުކާރުން ތިލަދުންމައްޗަކަށް އިހުމާލެއް ނުވާނެ. މި ސަރުކާރުގެ ވައުދެއް ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލްކޮށް ތަރައްގީ ކުރުން ބޮޑު އެއާޕޯޓެއްގެ ގޮތުގައި، އެކަން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށިގެން ދާނެ. އެކަމުގެ ފޮނި މީރުކަން، މި ހަނިމާދޫގެ ރައްޔިތުންނަށާއި، ތިލަދުންމަތީގެ އެންމެ ރައްޔިތުންނަށް ލިބިގެންދާނެ". ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތިލަދުންމަތި ތަރައްގީ ކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި އައިލެންޑް އޭވިއޭޝަނުން މި ސަރަހައްދުގެ ރައްޔިތުންނަށްޓަކައި ކޮށްދެއްވަމުން ގެންދާ ކަންކަން ފާހަގަކޮށް ޝުކުރު ދަންނަވަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ތިއެންމެ ބޭފުޅުންނަށް ޔަގީންކަން މި އަރުވަނީ ތިލަދުންމަތީ ރައްޔިތުންގެ ފަރާތުން، އަދި ވަކިން ހާއްސަކޮށް ހަނިމާދޫ ރައްޔިތުންގެ ފަރާތުން އައިލެންޑް އޭވިއޭޝަނުން ކުރާ މަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދޭނަމޭ. އިރާދަކުރެވިއްޔާ އަޅުގަނޑުމެންގެ ފަރާތުން އެއްވެސް ކަމަކުން ދަތިވެގެން އެއްވެސް ކަމަކުން ހަމަ ނުޖެހިގެން އައިލެންޑް އޭވިއޭޝަނުން އުޅޭކަށް ނުޖެހޭނެ." ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ، ރާއްޖޭގައި ތިލަދުންމައްޗާއި އެއްވަރަަށް ޕްރޮޖެކްޓް ހިންގަމުންދާ އެއްވެސް ތަނެއް ނޯންނާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެންނަށް ވަރަށް ސާފްކޮށް ފެންނަން އޮންނަ އޮތް ކަމެއް އަދި ތިލަދުންމަތީ ހުރިހާ ރަށަކުންވެސް އަޅުގަނޑުމެންނަށް މި މަންޒަރު ފެނިގެން އެބަ ދޭ". ޣަފޫރު ވިދާޅުވިއެވެ.

އިއްޔެ މެންދުރު ފަހު ހަނިމާދޫ - ކޮޗިން ދަތުރު ރަސްމީކޮށް ފެށިގެންދިޔައިރު، މިއީ އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މީހާ

    ތިލަދުންމަތި އެކަނިތަ މިގައުމުގަ އޮންނަނީ.. އަދިވެސް ރައްޔިތުން ގުނބޯހެެއްދޭތޯބަލާ.. ކުރިޔަށް ކައުންސިލް އިންތިހާބު އަދި އެބައޮތް.. ހަމަ ތިހެން ގުނބޯހައްދައިގެން ވެރިކަމަށް އައިސް ދިމާއިދިކޮޅަށް ކަންކަން އެކުރަނީ.. މިގައުމަކީ މޮޔައިން އުޅޭ ގައުމެއްކަމަށް ހީނުކުރާތި..

    27
    • ދދދދދދ

      ލާދީނީ ބައިގަނޑު ވެރިކަމުގަ އޮތްއޮތުން އެއީ މި ގައުމުގަ މޮޔައިން އުޅޭކަމުގެ ވަރުފަދަ ހެއްކެއް. އެމޮޔަކަމެއް ނުވެސް ފިލާނެ.

  2. ޝާހް، ރ.ވާދޫ

    ކޮބާހޭ ރ.އަލިފުށީ އެއަރޕޯޓް؟ ސުމަކުން ފަށައިގެން މިސަރުކާރުން ކަމެއް ކޮށްބަލަ ނިކަން! އަބަދުވެސް %90 ކޮށްފައޮތް މަސައްކަތަކަށް ކާފޫރޮތޮޅިއެއް، ކަރަންފުލެއް ލައިގެން އެކަމެއް ޓީވީން ދައްކާތަން ނޫންކަމެއް ނުފެނޭ!

    26
  3. ހުސޭނުބޭ

    އެތާ ގޮނޑީގައި ނިދާފއި އިނދެފައި ހޭވެރިކަމެއްވެގެން އެއްޗެކޭގޮވަންފެށީ! މީނަކައިރީގައި އަހާބަލަ މީނަޔަށް އަޅެ ތިލަދުންމައްޗެއް އޮންނަކަންވެސް އެގޭހޭ! ޔަޤީން ނޭގޭނެކަން!

    26
    1
  4. ޖާޒީރާ ބޯއީ

    ކަރަޕްޝަންގެ ފައިސާއިން ބަޑުފުރާގެން ހުރެ ކީކޭތަ މިޖާހިލު މިކިޔަނީ.

    4
    1
  5. ބުރޯ

    ގުނބޯ ހައްދަން ނޫޅޭ ތިޔައީ ކަމެއްކޮށްދިނީކީ ނޫން ތިލަދުންމައްޗަށް ކަމެއްކޮށްދިނީ ވެސް ހަމަ ޔާމީނާ މައުމޫނު ، ނަސީދު އިބޫ ކުރި އެއްވެސް ކަމެއް އަދި ތިލަދުންމައްޗަކު ނެތް ހަނިމާދޫގަ އެއާޕޯޓެއްހެދީ މައުމޫނު ކުޅުދުއްފުށީގަ އެއާޕޯޓެއްހެދީޔާމީނު ހއ. ހދ ށ ގަވެސް ނަސީދު އިބޫ ގެސަރުކާރުން ތަރައްގީގެ ވަސްވެސް ގަނެފައެއް ނެތް ގަބޭއޮޅުވާނުލާ

    1
    1
  6. ދޮނާ

    މިހާރު ހަނިމާދު އެއާރ ޕޯޓް ބޮޑުކުރީތަ މިހާރު އަލިފުށީ ގަވެސް އެއާރ ޕޯޓްއަޅަންވީތަ

  7. އެކަމަކުދޯ

    އިހުމާލެއްނުވާނެ އެއްކަމެއްވެސް ކޮއްނުދޭނީދޯ؟