ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ޕްލެޓްފޯމަކަށް ރައްޔިތުންގެ މަޖިލިސް ހަދާފައިވާ ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ހޫނުވެ ބައެއް މެންބަރުންގެ ނަން އިއްވައި މަޖިލީހުގެ ޖަލްސާއިން ނެރެފައިވާއިރު ބައެއް މެންބަރުން ދަނީ ޖަލްސާ ހުއްޓުވަން މަސައްކަތް ކުރަމުންނެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޣަފޫރު ވިދާޅުވީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ޕްލެޓްފޯމަކަށް ރައްޔިތުންގެ މަޖިލިސް ހަދާފައިވާ ކަމަށެވެ. އަދި އެކަން ކުރަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރިޔާސަތު ބަލަހައްޓަވާ ހަސަން އަފީފު ގުޅިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޣަފޫރު އެ ވާހަކަ ހުއްޓުވައި، ރިޔާސަތުން އެންގެވީ މައުޟޫއަށް ވާހަކަ ދެއްކެވުމަށެވެ. އަފޫރުގެ ވާހަކަ ރިޔާސަތުން ހުއްޓުވުމުން މަޖިލީހުގެ މެމްބަރުން ރިޔާސަތަށް އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ. އެ މެމްބަރުންގެ ތެރޭގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހިމެނިވަޑައިގެންނެވިއެވެ. ފަލާހަށް ތިން ފަހަރަށް ނަސޭހަތްތެރިވުމަށްފަހު، އޭނާގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ވަނީ ނެރެފައެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަނީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަމާ

    އެމްޑީޕީއިން މަޖިލީހުގެ އަގުވައްޓާލާ މުޅި ސަރުކާރަށް ބަލާބޮޑުކުރި ހަނދާނެއް ނެއް ދޯ؟

    47
    • ދުފުންގަނޑު

      ދެން ހަމަ ތިން ބާރު އެއްކޮއްގެން ސޯލިހު ގައުމު ވިއްކާލަން ފޮނުވާ ބިލުތަކަށް ވެސް ޔެސް ސޯ ޖަހާލަ ޖަހާލަ ތިބެންވި ދޮގެ ގަދައަށް ދުފާ ރައްކޮއްގެން؟

      19
      1
  2. ޑައެލޯގް

    ޣަފޫރުމެން އިދިކޮޅުގައި އުޅުނުއިރު އަހަރެމެންދުށީމެވެ. އެއިރު ޣަފޫރުމެންވެސްވަނީ ސަރުކާރާ ދެކޮޅަށް ދުންމާރިވެސް ފުމެފައެވެ. ދެންމިއަދު އިބޫ ޣަފޫރު ގަނެލާފައިވާތީ ސަރުކާރުގެ އެއްވެސް ގޯހެއް ގަފޫރަކަށް ނުފެންނާނެއެވެ.

    47
  3. އަލީ

    އަލޭތީ އެހާޔައް ބިސްޅާއެކަކު

    41
  4. އަލީ

    ޕްލެޓްފޯމް އެނގޭތޯ

    39
  5. މަބޭ

    ދައުލަތުގެ މިސްރާބުއޮޅި ދިވެހިންނައްވުގެ އެހެންގައުމެއްގެ މަސްލަހަތު އިސްކުރާތަންފެނި ލޯމަރައިގެން ބީރުކަމައްހެދިގެން ތިބުމައްވުރެ އިސްތިއުފާދީފަ ގެއައްދިއުން މާބުއްދިވެރިވާނެ

    26
  6. ހަސަން

    ތީ ދަސްކޮށްދިންގޮތް. މިހާރު އެނގޭދޯ ހޭވުނު ހަޑި

    30
  7. ޚަލީލު

    ތިޔައީ ތިޔަ ލުއްޗާއިން އިދިކޮޅުގައި ތިބިއިރު ވެސް ކަންތައް ކުރަމުން ދިޔަގޮތް. އެހެން ބަޔަކު ކުރީމާ ހަޖަމު ނުވެގެން ތެޅިބާލަނީ.

    28
    1
  8. ޙުސެންބެ

    ޓިޔަ ގަފޫރަކީ ހަޔާތް ކުޑަ ފައިސާއައްބޫތުކައިފަ ހުރިމީހެއް އޭނާ ކޮއްފަނުކުރާނެ ކަމެއްނެތް ޖުމްލަކޮށް ކުޅުދުއްފުށީ މީހުންނަކީ ކާންދޭ އަތުގައި ދަތް އަޅާ ވިޔާނުދާބައެއްކަން ވަރައްރަނގަޅައް އިނގޭނެ މީނަގެރަހުމަތް ތެރިންނައް މީނާއަތުގަ ހިޔެއްނުވޭ ރަނގަޅު އެއްވެސް ފައިސާއެއް ހުންނާނެހެން މީކީ ތަނެއްދޮރެއް އިނގޭ މީހެއްނޫން…

  9. ޢިސްމާއިލް

    ތީއައްޑަބޯ އެއްތަ

  10. ކޮމެންޓްކުރާމީހާ

    މީހަކު އަލަށް ދުނިޔެއަށް އުފަންވެގެން އުޅޭކަހަލަ