ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެތެރޭގެ އިގްތިސާދު ހުޅުވާލަން ޖެހޭ ކަމަށާއި ރައްޔިތުން ބަނޑަށް ނުޖެހި މިކަމުން އަރައިގަނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް ކުރިއަށް ދިޔަ މަޖިލިހުގެ ޖަލްސާގައި ޣަފޫރު ވިދާޅުވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގެންނެވި ގޮތަށް 4.2 ބިލިއަން ރުފިޔާ ދިނުމަކީ މުހިންމު ކަމެއް ކަމަށާއި މަޖިލިހުގެ އެއްވެސް މެމްބަރަކު މިކަމަކާ ދެކޮޅު ނުހައްދަވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ މިވަގުތު ކުރަން ޖެހޭ ކަމެކެވެ.

"ނަމަވެސް އަޅުގަނޑުމެން ހަނދާން ކުރަން އެބަޖެހޭ، ސުނާމީގައި ހަރަދު ކުރެވުނު ފައިސާގައި ހިނގި ކޮރަޕްޝަންގެ ކަންތައްތަކުން އަޅުގަނޑުމެން މިތިބީ އަރައިނުގަނެވި. ފައިސާ ދޫކުރެވެން ޖެހޭނެ. މަޖިލިހުން އެކަން ކޮށްދޭން އެންމެން ވެސް ތައްޔާރަށް މިތިބީ. ނަމަވެސް މީގެ ތެރޭގައި އެއްވެސް ކޮރަޕްޝަނެއް ނުހިނގާނެ ކަން ޔަގީން ކުރަން އެބަޖެހޭ. ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް އެރި ސުނާމީ އަށް އިޝާރާތް ކުރައްވައި ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ ވަކި އުސޫލުތަކެއްގެ ތެރެއިން އެތެރޭގެ އިގްތިސާދު ހުޅުވާލެވިއްޖެ ނަމަ، ކުރިއަށް ދެވޭނެ ކަމަށެވެ. ރާއްޖެ މިހާ ހިސާބަށް ދިޔައީ، އެތައް ކަމެއް ތަހަންމަލްކޮށްފައި ކަމަށާއި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ރައްޔިތުން ބަލައިގަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސަރުކާރަށް ފުރުސަތު ދޭން ޖެހޭނެ މިކަންކަން ކުރުމަށް. ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އަމަލެއް އިތުރު ފަރާތަކުން ހިންގިޔަ ދީގެން ނުވާނެ. ވަކިން ހާއްސަކޮށް މިފަދަ ދަނޑިވަޅުގައި ކޮރަޕްޝަން ހިންގުމަށްޓަކައި މަސައްކަތް ކުރާނެ ފަރާތްތައް އުޅޭނެ. އެ ފަރާތްތަކަށް އެކަންކަން ނުކުރެވޭނެ ގޮތަކަށް ކަންކަން އެކަށައަޅަން ޖެހޭ. އަޅުގަނޑު ވަރަށް ބޮޑަށް ތާއީދު ކުރަން ފިނޭންސް މިނިސްޓަރު އެދިލައްވާފައިވާ 4.2 ބިލިއަން ރުފިޔާ ވީހާވެސް އަވަހަށް މަޖިލިހުން ހުއްދައެއް ދިނުން،" ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ދަނީ ދަށްވަމުންނެވެ. އެހެންވެ، އިގްތިސާދު ހުޅުވާލައި ބޭންކްތަކުން ނިކުތީމަ ނޫނީ އިގްތިސާދުގެ ތެރޭގައި ފައިސާ އެނބުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީންނާއި ހެލްތު މިނިސްޓްރީން ރާއްޖެ އަލުން އޮޕަރޭޓް ކުރުމުގެ ވިސްނުން ގެންގުޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތާއި ސިއްހީ ހިދުމަތްތައް ދެމެހެއްޓުމަށް މިހާރުން މިހާރަށް 4.2 ބިލިއަން ބޭނުންވޭ

ކުުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ގާދިރު

    ޤައުމު މި ހާލަތުގާ މިވެއްޓެނީ ވަރަށް ބޮޑު ދަރަނި ތަކެއްގެ ތެރެޔަށް............ އަޅުގަނޑު ސަރުކާރަށް ގޮވާލަން މަޖިލިސް މުސާރަ ނުހިގާގޮތަށް ސަސްޕެންޑް ކުރުމަށް... އޭރުން ޒަރޫރީ ކަންކަމަށް އެ ސަލާމައި ކުރެވެނީ ވަރަށް ބައިވަރު ލާރި.... ހުރިހައި ދާއިރާއެއް ސަލާމަތް ކުރެވުނީ.......

    49
  2. ހަނިމާދޫ ދާއިރާ

    ގަބޯ ކަލޭބަނޑަކައް ނުޖެހޭނެ ކަލެއަކީ ގަސްކާނާ އެތެރެކުރާއިރު އޭގެތެރޭގައި މަސްތުވާތަކެތި ގިނައަދަދަކައް އެތެރެކޮއް އޭގެވިޔާފާރި ކުރާފަރާތެކޭ ވަރައްގިނަމީހުން ކިޔާފަރާތެކޭ ވީމާގައްބަޅޭއަތުގަ ރުފިޔާހުއްނާނެ މިހާރުވެސް ވަރައްނިކަމެތިހާލުގައި އުޅޭމީހުންމިރަށުގައިވެސް އެބަތިބި

    25
  3. ފަރީޝާ

    މަޖިލީހުގެ ގޮތެއް ނޭގެ... ހަމަ ޔަޤީނުންވެސް އަންނިޔަކީ މިގައުމުގެ ހަލާކު އެއީ ގިނަބަޔަކު އެއްބަސްވާ ހަޤީގަތެއް މިހާރު..

    އެއްއިރަކު ތިވަރެއް ނެތިގެން އުޅުނަސް.. މިހާރު ވަނީ އުނދަގުލަކަށް..

    ބޮޑަށް ރަގަޅީ ކަންކަމާއި ނުބެހި ރާއްޖެ ދޫކޮށް ދިއުން.. ރައިޔަތުްންނޭ ކިޔައިގެން ދެއްކި ދަޅަތައް މީސްތަކުންނަށް ހާމަވެއްޖެ..ދޮގުހެދުމުގައި އެއްވަނަކަން ގަބޫލުކުރެވިއްޖެ..އަމިއްލަ އެދުމުން ފުރިފައިވާކަން ކަށަވަރުވެއްޖެ..

    އައްޑޫ މީހުން އޮޅުވާލައިގެން މިއޮތް ހާދުވަހު ވޯޓުހޯދަން ގުބޯހެއްދިކަން ވަރަ ބޮޑަށް ސާފުވެއްޖެ..

    ދެން ހެޔޮ.. ތިވަރުންވާނެ.. އަވަހަށް ބޭރަށް ވަޑައިގެން އެވެރިންގެ ގޮތުގައި އުޅުއްވާ..!

    31
    1
  4. ހަސަންބެ

    ޢަފޫރު ކޮންދިރާސާއެއްހަދާފަ ކޮން ސާވޭއަކުން.. ނުވަތަ ކޮން ފޯމިއުލާއެއް ބޭނުން ކުރީ ބަނޑަށް ޖެހޭތޯ ނުވަތަ ނޫންތޯ ނިންމަން..

    އެއްވެސް އެއްޗެއް ނޭގޭ ތަންދޮރު ނުދަންނަ ގަމާރުން ތަކެއް އަރާތިބެގެން ދޫހެލޭތީ އެއްޗެއްކިޔަނީ..

    ކޮބާ އިކޮނޮމިސްޓެއް..ސާވެޔަރެއް..ދިރާސާކުރާމީހެއް.. މައުލޫމާތު އެއްކުރާ ފަރާތެއް އެކްސްޕާރޓެއް..

    ހުސް އެގޯތި ކުދިން.. މަގޭޕާރޓީ މީހާ.. މަބުނާގޮތް ހަދާ މީހާ

    މީނޫންތޯ ތިމަޖިލީހުގެ ކޮމްޕޮސިޓަކީ.. ދެން ކޯޗެއް ނެރެވޭނީ..

    ކޮސްގޮވޭނީ.. ރައިޔަތުން ރުޅިއެރުވުން ނޫންކަމެއް.. ބަޖެޓަށް ބުރަބޮޑުކުރުން ނޫންކަމެއް ނޭގޭނެ..

    ތީ ނޫންތޯ ހުންނާންނަނީސް ރަޖާލާވަކަ، މި ކޮވިޑަކީ މާބޮޑު ކަމެއްނޫން.. ކޮވިޑް ފްރީ ކޮށްލާނަން.. ފަރުވާދޭނީ ހަމަ އާދައިގެ ކޮށް.. އިނތިޚާބު ބޭއްވޭނެ.. މިކަހަލަ ކޮސް ގޮވަގޮވަިއ އިއްޔެ އާއި ޖެހނެދެކަށް މިހެން ކީ މީހުންނެއްނު ތިތާ ތިތިބީ

    28
  5. ކުއްޖާފުޅު

    އާނ! އެއްގޮތަކަށްވެސް. ކަލޭމެންނަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ވާހަކަދައްކާ ބައެއްނޫން. އަހަރެމެން ވާހަކަ ދައްކަނީ ހެކިތަކެއްގެ މައްޗަށް ބިނާކޮށް އެގޮތުން ރާއްޖެ ބަނޑަށް ޖެހޭނީކީއެއް ނޫން، ޖައްސުވާނީ.. އެއީ 32 ބިލިޔަން ރުފިޔާގެ ބަޖެޓުން ފެށިގެން ހެދިއްޔާ ހެދި ބަޖެޓެއްގެ ލާރި ވަންތަނެއް ނޭނގެ. ހިލޭ އެހީގެ ގޮތުގައި ވަލިއްޔުލް އަމްރާއި ހިސާބުން ފެށިގެން ފޮރިން މިނިސްޓަރު އާހަމައަށް ލިބުނުކަމަށް ބުނެ އިއުލާން ކުރި ފައިސާއަށްވީ ތަނެއް ނޭނގެ. ރިޒާވްގަ ހުރި އެއްޗެއް އަވަސް އަރުވާލައިގެން ބަދަލްގެ ނަމުގަދީ ހުސްކުރީ. އެހެން ނޫންނަމަ ގައުމު 6 މަސްދުވަސް ވަންދެން އެހެން ގައުމަކަށް ނުދަރާ ހިނގާނެކަން ކަށަވަރު. ކޮބާ ކޯލިޝަންގެ މަހުޖަނުން. ބަހެއް ނުބުނާތާ އެމީހުންގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ގެޔަށް ފޮނުވަނީ. ގައުމު މިފެތުރޭ ނުރައްކާ ބަލިމަޑުކަމަށް ފުރިހަމަޔަށް ތައްޔާރު ކަމަށް ބުނެ ދެއްކި ވާހަކަ އަކީ ދޮގެއްކަން މިއޮތީ ހާމަވެފައި. ބަލިވި މީހުންގެ އަދަދު 100 އަށް ނާރައިގެން އުޅެނިކޮށް ގޮވަންފަށައިފި ފަރުވާ ނުދެވި ދޫކޮށްލަން ޖެހިދާނެއޭ. އެހާލަތާ ކައިރިޔަށްވެސް ނުދޭ. ޗައިނާ މިގައުމަށް އެހީވާން އޮއްވަ އަޅާވެސްނުލާ ތެބެނީ. ތިއުޅެނީ ގައުމު އެއްކޮށް ފުނޑާފައި އިންޑިއާސިފައިން އަރުވަންކަން ވެސް ފާހަގަކުރަން.އެވިސްނުން ހިތަށް ނާރުވާތި އެދުވަހަކީ އަހަރެމެން ކަލޭމެންނާ ރަސްމީ ހަނގުރާމަ އިއުލާންކުރާ ދުވަސްކަން ދަންނާތި. ގަފޫރު. އިހަށް ކަލޭ ދޭބަލަ ދަތްއު ގުޅަން. އަނގަ ނުތަޅުވާ.

    20
    1
  6. ހަނިމާދޫ އީސަ

    މި ބޭފުޅާއަށް ވަރަށް ބޮޑަށް އެނގިލައްވާ ދެއްތޯ ކޭސްތައް ވާނެ ގޮތް. މަނިކުފާނު ފަދަ މުއްސަނދިން ބަނޑަކަށް ނުޖެހޭނެ، ތެދެއް. ތިޔަ ގޮވާލައްވަނީ މީހުން ވަޒީފާތަކަށްނެރެ ބައްޔަށް ހުށަހެޅުމަށް...

    23
  7. ދަލޭކަ ދައިތަ.

    ތިހެން ޅެން ކިޔަކިޔަ ތިއްބާ ކީހާޅެމެއް ފަރިއްސަށް ވެގެން މިދިޔައީ! ހަގީގަތް ފޮރުވާ ރައްޔިތުންނަށް އޮޅުވާލުމާއި ނުފޫޒާއި ބާރުހޯދުމަށް މަކަރާއިހީލައްހެދުމަކީ ތިޔަބައިމީހުން ގެ ކަށިގައި ހިފާފައި ހުރިކަމެއް! ޢެހެންވެ މިކަހަލަ ހާލަތްތައް މެދުވެރިކުރައްވަނީ!

    22
  8. އަސީ

    ކަރުންނާރުނަގާ ބަންޑަކައްނުޖެހޭނެޔޭގޮވާއިރު މެޖޯރިޓީރައްޔިތުން މިހާރުއުޅެނީ ވަރައްހާލުގަ މިއަހަރު ސަރުކާރުންފާސްކުރިބަޖެޓް އައްވީގޮތެއްނޭންގުނު މީއަދި އެޕްރިލްމަސް މިހާރުތިޔައުޅެނީ ކުރިޔައްއޮތް 3މަހައް މުސާރަޔާ ދައުލަތް ހިންގާނެފައިސާނެތިގެން އެކަމުގަ ބަންޑައްޖެހޭނީ ދެން މިހާކައްވަރައް.

    26
    • ހަނިމާދޫ އީސަ

      ދޫންޏާ، ބަޖެޓަކކީ ފައިސާއެއް ނޫން، ލަފާކުރާ ހިސާބު އަދަދުތަކެއް. ލިބޭނެކަމަށް ޖެހި އާއްމުދަނީ ނުލިބޭ. އެކަމު، ހަރަދު ހިނގާވަރަށް ހިނގާ. ދެންވާނެގޮތް އިނގޭދޯ.

      8
      1
  9. ދިވެހިން

    ކަލޭގެ4، ގިނަމީހުން އުޅެނީ އޮޓަރުކުރެއްވި ކާއެއްޗެއްނުކައި

    11
  10. ދުންތަރި

    ޣަފޫރަކީ ވަރަށްމޮޅު އޤުތިޞާދީ ޢިލްމުވެރިއެއް އަދި ހަމައެހެންމެ އެންމެ ފައިދާބޮޑު ތަކެތީގެ ވިފާރިވެރިއެއް ޣަފޫރަށް ނޭނގޭ ހަމަ އެއްވެސް ކަމެއް ނޯންނާނެ ތިއީ މިޤައުމަށް ޖެހިފަވާ ބާލާތަކުގެތެރެއިން ބަލާއެއް

    6
    1
  11. ޑަބިޔާ

    އީވާ އަނގަ ފުޅާކޮއްފަ އެބުނާ ލާރިތައް ގުޔައްލީ ކަލޭމެން. ދެންކޮން ކޮރަޕްސްންއެއް ކިޔާކަށް. ތިވެސް ކާލާނީ ހަމަކަލޭމެން. މަރެއްނުވާނެ ކަލޭމެން ދުވަހެއްވެސް ކަލޭމެންނައްނެތް

  12. ވައިހޭ މުހައްމަދު

    ބަލަގަ އިއްޒަތްތެރި މެމްބަރު ތިޔަދެއްކި ވާހަކައި ގައި ފިރޮވިގެން ވާމާނަޔަކީ ނިކަމެތި ދަނޑު ވެރިންނަށް ސަރުކާރުން ދޭ ލޯން މަނިކުފާނުގެ ވިޔަފާރި ކުރި އެރުވުމައްޓަކައި ކެތްމަދުވެފައި ހުރި ވަރެވެ، 2012 ވަނަ އަހަރުގައި ވެސް ސަރުކާރުން ދޫކުރި ސަބްސިޑީ މަނިކުފާނު ބޭނުން ކުރެއްވި ގޮތް އަދި ދަނޑު ވެރިންގެ ހަދާނުން ނުފިލައެވެ، އެފަހަރު ހިންގި ކޮރަޕްޝަން އައްވުރެން މިފަހަރު ހިންގާނޭ ޖަރީމާ މާބޮޑެވެ، ވާނީ ވެސް އެހެންތާ މިއަދު މަޖުލީހުގައި ވާހަކަ ދެއްކި ބައެއް މެންބަރުން ބުނާގޮތުން ސަރުކާރު ތެރޭ އޮތީ ހުސް ކޮރޮޕްޝަނެވެ، މި ސަރުކާރު ދޮހަޅި ސިޔާސަތުގެ ސަބަބުން ނިކަމެތި ރައްޔަތުން ބަޑަށް ޖެހޭނެ، ޜައީސް އަކީ ރުޔަސް ރައްޔަތުން ދެކެ ލޯބިވާ ވެރިޔެއް ނޫން. މި ކޮމެންޓް ޖަހާނެހެން ހީ ނުވޭ އެކަމަކުވެސް މީ ހަޤީޤަތް.

  13. ކެޔޮޅު

    ކަލޭމެން މާތްﷲ ގެ އި ރާދަލައިފަ ބުނަން ލަދުގަންނަނީތަ ނޫނީ ދެރަވީކަމައް ބަލަނީތަ ބުރާންޗާ؟

  14. ބުއްޅަ ގެރިބެ ލދ

    ކެނަރީ ބުއްޅައާއި މި ބީތާއިންގެ ބަލާވެރިކަން ކޮރޯނާ އައްވުރެ ބޮޑު. މިހާރުވެސް ގަދަ ބަސްބުނާއިރު ރައްޔިތުންއުޅޭ ނިކަމެތިހާލު މިބީތާއިންނައް ނުފެނެ

  15. ?

    އިންޝާﷲ