ބޭރުގެ ޤައުމުތަކަށް ހަނގުރާމައަށް ދާ މީހުން ރިހެބްލިޓޭޓް ކުރާ ސެންޓަރު ކ. ހިންމަފުށީީގައި ގާއިމް ކުރުމަށް ބަޖެޓުގައި ހިމަނައިފިއެވެ.
މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ވަނީ ޑީ-ރެޑިކަލައިޒޭޝަން އެންޑް ރިހެބްލިޓޭޝަން ސެންޓަރެއް ހިންމަފުށީގައި ގާއިމްކުރުމަށް ހިމަނާފައެވެ. އެގޮތުން އެ ސެންޓަރ އިމާރާތްކުރުމަށާއި އެހެނިހެން ހަރަދުތަކަށް ހޯމް މިނިސްޓްރީގެ ޕީއެސްޕީ ބަޖެޓުގައި ވަނީ 1.96 މިލިއަން ރުފިޔާ ހިމަނާފައެވެ. އެބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި 2021 ވަނަ އަހަރުވެސް އެމަރުކަޒަށް 500،000 ރުފިޔާ ހޭދަވާނެއެވެ.
ސީރިއާއަށް ހަނގުރާމައަށް ގޮސް ތިބޭ މީހުންގެ އަނބިންނާއި ދަރިން ރާއްޖެގެނެސް އެމީހުން މުޖްތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ.
މީގެ އިތުުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ސީރިއާގައި ތިބި މީހުން އަނބުރާ ގެނައުމަށް ބާރުދީ ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ސީރިއާ އަށް ހަނގުރާމައަށް ގޮސްފައިވާ އެތައް ބައެއްގެ ދަރިން ހާލުގައި ޖެހިފައި އެބަތިއްބެވެ. އަދި އޭގެ ތެރެއިން އެތައް އަންހެނުންނެއް އަޅުވެތިކަމުގެ ދަށުގައި އެބަތިއްބެވެ. އަދި އެމީހުން ނިސްބަތްވާ އާއިލާ ތަކުން އެމަނިކުފާނަށް ގުޅުއްވައި އެހީވުމަށް އެދިފައިވާކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 37.5 ބިލިއަން ރުފިޔާ އެވެ. އަދި ޚަރަދުގެ ގޮތުގައި 35.6 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ދަރަނިތައް އަދާކުރުމަށް 1.9 ބިލިއަން ރުފިޔާ ހުށަހަޅާފައިވެއެވެ. ބަޖެޓުގައި އިސްކަން ދީފައިވާނީ ރައީސް ސޯލިހްގެ ވައުދުފުޅުތައް ފުއްދުމަށް ކަމަށް ފިނޭންސް މިނިސްޓްރީ އިން ވިދާޅުވެއެވެ.
ޜަނގަޅު. ތިކަހަލަ ރިހެބް އަކަށް ހުރިހާ ލާދީނީ މީހުންވެސް ލާންޖެހެ.
ތީ މިޤައުމައް ދިމާވާނެ 2 ވަން ސުނާމީ ،،،،،،،؟
އަމިއްލަޔަށް ދިޔައީ! ދެން އަހަރުމެން ދަރަމުން ދާއިރު އަހަރުމެން ރައްޔިތުންގެ ލާރިން މިމީހުން އަލުން އޯކޭ ކުރުވަން ވީ؟ އެމީހުން އޯކޭ ނުވެސް ވާނެ!
އަސްތާ ބަލަ ހަކުރުވެސް ބޮނީ އަމިއްލަޔައް. ކީށްވެއޯ ކަލޭމެން ލާރިން ހަރަދު ކޮއްގެން ރިހެބު ހިންގަނީ.
އަސްތާ ބަލަ ހަކުރުވެސް ބޮނީ އަމިއްލަޔައް. ކީށްވެއޯ ކަލޭމެން ލާރިން ހަރަދު ކޮއްގެން ރިހެބު ހިންގަނީ.