ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ނާޒިމް ވަނީ އޭނާ އިސްތިއުފާ ދެއްވި ކަން ބަޔާންކޮށް މިއަދު ޖޭޕީގެ ލީޑަރު ގާސިމަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ނާޒިމް ވިދާޅުވީ، ޖޭޕީއަށް މިވަގުތު މަަސައްކަތް ހުރިގޮތުން ވަގުތު ނުދެވޭތީ އެ މަގާމުން އިސްތިއުފާ ހުށައަޅުއްވާ ކަމަށެވެ.
ޖަލުން މިނިވަންވުމަށްފަހު ޖޭޕީއާއި ގުޅިވަޑައިގެން އެ ޕާޓީގެ ޓިކެޓުގައި ދަނގެތީ ދާއިރާއަށް ވާދަކުރައްވައި ގޮނޑި ފަސޭހަކަމާއި އެކު ކާމިޔާބު ކޮށް ގާސިމްގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ނާޒިމް ވަނީ އެ ޕާޓީން އޭނާ އަށް ދިން އެހީތެރިކަމާއި ޕާޓީގެ ލީޑަރު ގާސިމް އޭނާ އާއި ބެހެއްޓެވި ގާތްކަން ފާހަގަކުރައްވާފައެވެ.
ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ އިރު ފަހަކަށް އައިސް އެކި ފަރާތްތަކުން އަންނަނީ ޖޭޕީއާއި ގުޅެމުންނެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އިދިކޮޅު ޕީޕީއެމްގެ މެމްބަރުންނެވެ.
ނާޒިމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރެވެ. ނާޒިމް އެމަގާމުގައި ހުންނަވަނިކޮށް ރެއެއްގެ ދަންވަރު އެމަނިކުފާނުގެ ގެކޮޅަށް ފުލުހުން ވަދެ، ފިސްތޯލައެއް ހޯދައި އޭނާގެ މައްޗަށް ދައުވާކޮށް 11 އަހަރަށް ވަނީ ޖަލަށް ލުމަށްފަހު މިހާރު ވަނީ މިނިވަން ވެފައެވެ.
ނާޒިމް އިސްތިއުފާ ދެއްވުމުން، މިހާރު އެމަގާމަށް ވަނީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އައްޔަން ކޮށްފައެވެ.
އެޑްވައިޒް ދީ ދީ ބަލިވެގެން އެންމެ ފަހުން ހުއްޓާލީދޯ! ތެންކްޔޫ ފޯ ދަ ލައުރާ!
މިނިސްޓަރ ކަން ކުރި މީހާ ވެސް އެޑްވައިޒަރެއް. މަޖްލިހުގަ ވައިއަނގަ ތެޅި މީހާ ވެސް އެޑްވައިޒަރެއް. މީނާ އަކީ ޑޮނަލްޑް ޓްރަންޕް ވިއްޔަ. ފުލުފުލުން އެޑްވައިޒަރުން ތިބެން ވާނެ އެއްނު. ބޮޑުގުޅަ އެޑްވައިޒަރު.